Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީން އިސްރާއީލް ހަނގުރާމަ

އިޒްރޭލުން ގާޒާ އަށް ހޮނިހިރު ދުވަހު ދިން ހަމަލާތަކުގައި މަދުވެގެން 42 ފަލަސްތީނު މީހުން މަރާލައިފި

މި ހަމަލާތައް ދިނުމަށް ފަހު އިޒްރޭލުން ނެރުނު ކުރު ބަޔާނެއް ގައި ބުނެފައިވަނީ އިޒްރޭލްގެ ޑިފެންސް ފޯސް ގެ ފައިޓަރ ޖެޓް ތަކުން ގާޒާ ސިޓީގައިވާ ހަމާސްގެ އަސްކަރީ ދެ މަރުކަޒަކަށް ހަމަލާ ދީފައިވާނެ ކަމަށް.

ރާއްޖެ އެމްވީ | 23 ޖޫން 2024 | އާދީއްތަ 04:01
ގާޒާ އަށް އަރާ ހުއްޓުމެއް ނެތި އިޒްރޭލުގެ އަނިޔާވެރި ސިފައިން ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާ ދެމުން ދާތާ 8 މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފައި

ގާޒާ އަށް އަރާ ހުއްޓުމެއް ނެތި އިޒްރޭލުގެ އަނިޔާވެރި ސިފައިން ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާ ދެމުން ދާތާ 8 މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފައި

ގާޒާގެ އެކި ޑިސްޓިރިކްޓް ތަކަށް ހޮނިހިރު ދުވަހު އިޒްރޭލު ސިފައިން ދިން ހަމަލާ ތަކުގައި މަދުވެގެން ފަލަސްތީނުގެ 42 މީހުން މަރާލައިފި ކަމަށް ގާޒާގެ މީޑިއާ އޮފީހުން ބުނެފިއެވެ.

އިޒްރޭލުން ހޮނިހިރު ދުވަހު ދިން އެއް ހަމަލާ އަކީ އަލް-ޝާތީ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާއެވެ. މި ހަމާލާގައި 24 މީހުން ވަނީ މަރުވެފައި ކަމަށާއި، އަލް-ތޫފާ ގެ އާއްމުން ދިރިއުޅޭ ގޭގެ އަށް ދިން އަނެއް ހަމަލާގައި 18 ފަލަސްތީން މީހުން މަރުވެފައިވާ ކަމަށް ގާޒާގެ މީޑީއާ އޮފީހުން ރޮއިޓާސް އަށް މައުލޫމާތު ދީފައިވެއެވެ.

މި ހަމަލާތަކުގައި ވަރަށް ގިނަ އަދަދެއްގެ މީހުން ޒަޚަމްވެފައިވާ ކަމަށް ރެޑްކްރޮސް އިން ބުނެފައިވެއެވެ.

މި ހަމަލާތައް ދިނުމަށް ފަހު އިޒްރޭލުން ނެރުނު ކުރު ބަޔާނެއް ގައި ބުނެފައިވަނީ އިޒްރޭލްގެ ޑިފެންސް ފޯސް ގެ ފައިޓަރ ޖެޓް ތަކުން ގާޒާ ސިޓީގައިވާ ހަމާސްގެ އަސްކަރީ ދެ މަރުކަޒަކަށް ހަމަލާ ދީފައިވާނެ ކަމަށެވެ. އިތުރު ތަފްސީލް ފަހުން ހާމަ ކުރާނެ ކަމަށް މި ބަޔާނުގައި ބުނެފައި ވެއެވެ.

އިޒްރޭލުގެ ބަޔާނަށް ހަމާސް އިން ރައްދު ދީފައި ނުވި ނަމަވެސް، ހަމާސް އިން މި ހަމަލާ ތަކާ ބެހޭ ގޮތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިޒްރޭލުން ފަލަސްތީނުގެ އާއްމު ރައްޔިތުންނަށް ޓާގެޓް ކޮށް ހަމަލާ ދީފައިވާ ކަމަށާއި، ފަލަސްތީނު ރައްޔިތުންނަށް ދިން ހަމަލާތަކުގެ އަގު ބިންތައް ހިސާރުކޮށްގެން ތިބި ޔަހޫދީ ލީޑަރުން އަދާ ކުރަން ޖެހޭނެ ކަމަށެވެ.

އިޒްރޭލުން ހޮނިހިރު ދުވަހު ގާޒާ އަށް ދިން ހަމަލާތަކާ ގުޅިގެން އާންމު ވި މަންޒަރުތަކުގައި ފެންނަ ގޮތުން އިމާރާތްތައް ފުނޑުފުނޑުވެފައިވާ މަންޒަރާއި، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި މީހުން ތާށިވެފައި ތިބިތޯ ބެލުމަށް އާންމުން ކޮޅުކޮޅު މައްޗަށް ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ.

އަނެއް ކޮޅުން ހުޅަނގު އައްސޭރީގެ ޖެނިން އަށް އިޒްރޭލް ސިފައިން އަރާ ރެއިޑް ކުރަމުން ދިޔައިރު އިޒްރޭލުގެ އަސްކަރީ އުޅަނދެއްގެ ބޮނެޓް މަތީގައި ޒަޚަމްވެފައިވާ ފަލަސްތީނު މީހަކު ބަނދެފައި ބާއްވައިގެން އެ އުޅަނދު ރަށުތެރޭގައި ދުއްވަމުންދާ މަންޒަރު ފެންނަ ވީޑިއޯ އެއް ވަނީ އާއްމު ވެފައެވެ. އަލްޖަޒީރާ އިން ބުނެފައިވާ ގޮތުގައި ބެލެވެނީ ޒަޚަމްވެފައިވާ މީހާ އިޒްރޭލު ސިފައިން ބޭނުން ކުރަމުން ދިޔައީ ނިވާފަތްގަނޑެއްގެ ގޮތުގައި ކަމަށެވެ.

ގާޒާ އަށް އަރާ ހުއްޓުމެއް ނެތި އިޒްރޭލުގެ އަނިޔާވެރި ސިފައިން ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާ ދެމުން ދާތާ 8 މަސް ދުވަހަށް ވުރެ އިތުރުވެފައި ވާއިރު، އިޒްރޭލުގެ ހަމަލާތަކުގައި ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ފަހުން ފަލަސްތީނުން މަދުވެގެން 37،551 މީހުން މަރުވެފައިވާ ކަމަށް ބެލެވެއެވެ. އެ މުއްދަތުގައި ފަލަސްތީނުން ޒަޚަމްވި މީހުންގެ އަދަދު އެންމެ މަދުވެގެން ވެސް 85،911 އަށް އަރާނެ ކަމަށް ބެލެވެއެވެ. މި މުއްދަތުގައި ހަމާސްގެ ހަމަލާތަކުން އިޒްރޭލުން މަރުވެފައިވަނީ 1،139 މީހުންނެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންޣައްޒާފަލަސްތީނު

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު