Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2024

ތުރުކީގެ އަމާޒަކީ ޕޯޗުގަލް ބަލިކޮށް، ގަދަ 16 އަށް ދިޔުން

ޚާއްސަކޮށް މިއީ، ތުރުކީ އަށް މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރުކަން ވެސް އޭނާ ވަނީ ފާހަގަކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ޖޫން 2024 | ހޮނިހިރު 05:59
ތުރުކީގެ ކޯޗު މޮންޓެލާ

ތުރުކީގެ ކޯޗު މޮންޓެލާ

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ޕޯޗުގަލާ ދެކޮޅަށް ނިކުންނައިރު، ތުރުކީގެ އަމާޒަކީ އެ ޓީމު ބަލިކޮށް މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދުން ކަމަށް ކޯޗު ވިންޗެންޒޯ މޮންޓެލާ ބުނެފި އެވެ.

ގްރޫޕް އެފް ގައި ތުރުކީގެ ދެ ވަނަ މެޗުގައި ޕޯޗުގަލާ ދެކޮޅަށް ނިކުންނައިރު، އެ ޓީމުން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފަ އެވެ. އެހެންކަމުން ޕޯޗުގަލް ބަލިކޮށް، ގަދަ 16 އިން ޖާގަ ޔަގީން ކުރުމުގެ ފުރުސަތު ތުރުކީ އަށް އޮންނާނެ އެވެ.

އެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ތުރުކީގެ ކޯޗު މޮންޓެލާ ބުނީ، އެންމެ ފަހުން އޮތް ޔޫރޯ ތިން މުބާރާތުގައި ވެސް ތުރުކީ އަށް ގްރޫޕް ސްޓޭޖު ފަހަނަ އަޅާ ދެވޭ ގޮތް ނުވި ކަމަށެވެ. އަދި ޚާއްސަކޮށް މިއީ، ތުރުކީ އަށް މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރުކަން ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން ތުރުކީގެ ފުރަތަމަ އަމާޒަކަށްވީ، ފުރަތަމަ މެޗުން މޮޅުވުން ކަމަށާއި، އެކަން ޙާސިލު ކުރެވިފައިވާ ކަަމށް އޭނާ ބުންޏެވެ. އެހެންކަމުން، ދެން ތުރުކީން ބޭނުން ވަނީ ދެ ވަނަ މެޗު ވެސް ކާމިޔާބުކޮށް، މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ ޖާގައެއް ޔަގީން ކުރުން ކަމަށް މޮންޓެލާ ބުންޏެވެ. ޕޯޗުގަލާ ދެކޮޅަށް ތުރުކީން ނިކުންނާނީ އެކަން ޙާސިލު ކުރުމަށް ހުރިހާ މަސައްކަތެއް ކުރުމަށެވެ.

މީގެ އިތުރުން މޮންޓެލާ ބުނީ، ފުރަތަމަ މެޗުގައި ލަނޑު ޖެހި އާޑާ ގުލާ، ޕޯޗުގަލް މެޗުގެ ފުރަތަމަ 11 ގައި ހިމެނުމާމެދު ގޮތެއް ނިންމާނީ ފަހު ވަގުތު ކަމަށެވެ. އޭނާ ބުނީ ގުލާ ހުރީ މުޅިން އެއްކޮށް ފިޓުކޮށް ނޫން ކަމަށެވެ. އެހެން ނަމަވެސް، އޭނާ ބޭނުން ވަނީ ގުލާ އަށް ފުރުސަތު ދޭން ކަމުގައި ވެސް މޮންޓެލާ ބުންޏެވެ.

ޕޯޗުގަލާ ދެކޮޅަށް ނިކުންނައިރު، އެ ޓީމުގެ ފެންވަރު ވެސް ތުރުކީ އަށް އިނގޭ ކަމަށާއި، މެޗަށް ތައްޔާރުވީ އެކަންކަމަށް ސަމާލުކަން ދީގެން ކަމަށް ވެސް މޮންޓެލާ ބުންޏެވެ. ޚާއްސަކޮށް ތުރުކީ ކުޅުންތެރިންގެ ރޫޙު މިވަގުތު ހުރީ ވަރަށް ރަނގަޅަށް ކަމަށާއި، ކުޅުންތެރިން ވެސް ބޭނުން ވަނީ ހަމައެކަނި މޮޅުވާން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

މިވަގުތު ގްރޫޕް އެފްގެ އެއް ވަނައިގައި އޮތް ތުރުކީން، ޕޯޗުގަލާ ދެކޮޅަށް ނިކުންނާނީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

ޔޫރޯ 2024 (ޖަރުމަނު)ތުރުކީ ޤައުމީ ފުޓުބޯޅަ ޓީމުވިންޗެންޒޯ މޮންޓެލާ

ކޮމެންޓް

އިތުރަށް ކިޔާލަން

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024
އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

08 ޖުލައި 2024
މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

08 ޖުލައި 2024
އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް

އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް

07 ޖުލައި 2024
އަހަރެން ކުޅުނީ އިންޖަރީވެފައިހުރެ: ޒަކާ

އަހަރެން ކުޅުނީ އިންޖަރީވެފައިހުރެ: ޒަކާ

07 ޖުލައި 2024

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު