Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިއާ ރައީސްގެ އުތުރު ކޮރެއާ ދަތުރުފުޅު

އުތުރު ކޮރެއާ އިން ޕޫޓިން އަށް ހޫނު މަރުހަބާއެއް، މަގުތަކާ މައިދާން ތަކުން އިވެނީ "މަރުހަބާ ޕުޓިން" ގެ އަޑު

މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި މުހިންމު ސްޓްރެޓިޖިކް ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި. ޕުޓިން ވަނީ ކިމް ރަޝިއާ އަށް ދަތުރުފުޅެއް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައި.

ރާއްޖެ އެމްވީ | 19 ޖޫން 2024 | ބުދަ 12:55
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ޕިއޮންޔޮންގްގެ ކިމް އިލް ސަންގް ސްކޮއާގައި ބޭއްވި މަރުހަބާ ދެންނެވުމުގެ ހަފްލާއިން ނުކުމެވަޑައިގަންނަވަނީ

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ޕިއޮންޔޮންގްގެ ކިމް އިލް ސަންގް ސްކޮއާގައި ބޭއްވި މަރުހަބާ ދެންނެވުމުގެ ހަފްލާއިން ނުކުމެވަޑައިގަންނަވަނީ

މި ދިޔަ 24 އަހަރުގެ ތެރޭގައި ރަޝިއާގެ އެންމެ މަތީ ވެރިއަކު އުތުރު ކޮރެއާ އަށް ކުރައްވާ ރަސްމީ ދަތުރު ފުޅުގައި ރަޝިއާ ގެ ރައީސް ވުލެޑިމިއަރ ޕުޓިން އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންގޔަންގ އަށް ވަޑައިގަތުމުން ރަތް ދޫލައިގެ ހޫނު މަރުހަބާ އެއް ދަންނަވައިފިއެވެ.

އުތުރު ކޮރެއާ އަށް ޕުޓިން ކުރައްވާ ދަތުރުފުޅުގައި ޕުޓިން ވަޑައިގެންނެވި މަތިންދާބޯޓު ޕިޔޮންގޔަންގ ގައި ޖެއްސީ ބުދަ ދުވަހު ވަރަށް ހެނދުނުގެ ވަގުތެއްގައެވެ.

ޕުޓިން ގެ ދަތުރުފުޅަށް ޕިޔޮންގޔަންގ ގެ މަގުތައް އެއްކޮޅުން އަނެއް ކޮޅަށް ރައީސް ޕުޓިން އާއި އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮން އުން ގެ ފޮޓޯތަކުން ވަނީ ވަރަށް ބޮޑަށް ޒީނަތްތެރި ކޮށްފައެވެ.

ޕުޓިން ދަތުރުފުޅު ކުރައްވާ މަގުތަކުގަ އާއި އެ މަނިކުފާނު ވަޑައިގެންނެވި މައިދާން ތަކަށް ދެ ގައުމުގެ ދިދަ އާއި މާބޮނޑިތައް ހިފައިގެން ތިބި އެތައް ހާސް އާއްމުން ޖަމާވެ "މަރުހަބާ ޕުޓިން" އަޑު ހަރުކޮށް ގޮވަމުން ގެންދިޔައެވެ.

ޕުޓިން އަށް މަރުހަބާ ދެންނެވުމުގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ބައިވެރިވެފައި ވެއެވެ.

ޕުޓިން އުތުރު ކޮރެއާ އަށް ވަޑައިގަތުމުން އެ މަނިކުފާނަށް ޓަކައި ފަތުރާލެވުނު ދިގު ރަތް ދޫލައިގެ މަތީގައި މަރުހަބާ ދެންނެވުމަށް އުތުރު ކޮރެއާގެ ލީޑަރު އެއަރޕޯޓަށް ވަޑައިގެން ހުންނެވިއެވެ.

ރަޝިއާ އިން ޔޫކްރެއިން ގައި ހިންގަމުންދާ ހަނގުރާމައިގައި ރަޝިއާ ކޮޅަށް ތާއީދު ހޯއްދެވުމަށް އެއް ވިސްނުމުގެ ގައުމުތަކާ އެކު ގުޅުން ބަދަހި ކުރެއްވުމަށް ޕުޓިން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން އުތުރު ކޮރެއާ އަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި، އެންމެ އިސްވެރިންގެ ފެންވަރުގައި ވަނީ "ކޮމްޕްރިހެންސިވް ސްޓްރެޓިޖިކް ޕާޓްނަރޝިޕް" އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.

މި އެއްބަސްވުމަކީ މި ރޮނގުން މީގެ ކުރިން ދެ ގައުމުގެ ދެމެދުގައި 1961، 2000 އަދި 2001 ވަނަ އަހަރު ސޮއި ކުރެވުނު އެއްބަސްވުން ތަކުގެ ބަދަލުގައި ސޮއި ކުރެވުނު އެއްބަސް ވުމެއް ކަމަށް ރަޝިއާގެ ދައުލަތުގެ ނޫސް އޭޖެންސީ ޓާސް އިން ބުނެފައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ގައުމަކުން ކުރެ ގައުމަކަށް އެހެން ފަރާތަކުން ހަމަލާއެއް ދީފިނަމަ އެއް ގައުމުން އަނެއް ގައުމަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށް ދިނުން ހިމެނޭ ކަމަށް ޕުޓިން ވިދާޅުވިއެވެ.

ޕުޓިން އިޝާރާތް ކުރެއްވި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ރަޝިއާ އިން އުތުރު ކޮރެއާ އަށް އަސްކަރީ އެހީ ފޯރުކޮށްދިނުމުގެ މަގު ތަނަވަސް ވެގެން ދާނެއެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ޕުޓިން ދެއްކެވި ވާހަކަފުޅުގައި އުތުރު ކޮރެއާ އާ ދެކޮޅަށް އެމެރިކާ އިން އިސްނަގައިގެން އދ ގެ ސެކިއުރިޓީ ކައުންސިލުން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ގޮވާލައްވާފައި ވެއެވެ.

ޕުޓިން އަށް ރަސްމީ ގޮތުން މަރުހަބާ ދެންނެވުން އޮތީ، ވެރި ރަށުގެ މެދުތެރޭގައި އޮންނަ ކިމް އިލް ސުން ސުކުއަރ ގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައެވެ. މައިދާނުގައި ޕުޓިން އަށް މަރުހަބާ ދެންނެވުމަށް އަސްކަރީ އޮފިޝަލުންނާއި، އާއްމުންނާއި، ފުއްޕާހަން ހިފައިގެން ތިބި ގިނަ އަދަދެއްގެ ކުޑަކުދިން ޖަމާވެފައި ތިއްބެވެ.

ދަތުރުފުޅުގައި ކިމް އަށް ހަދިޔާ އަކަށް އަގު ބޮޑު އައުރަސް ކާރެއް ޕުޓިން ދެއްވިއެވެ. މިއީ ޕުޓިން ކިމް އަށް ހަދިޔާ އަކަށް ދެއްވި މި ބްރޭންޑުގެ ދެވަނަ ކާރު ކަމަށް ޚަބަރުތައް ބުނެއެވެ. ރަޝިއާގެ އޮފިޝަލުން ބުނެފައިވަނީ ކިމް ވެސް ޕުޓިން އަށް ރަނގަޅު ހަދިޔާ އެއް ދެއްވި ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން އެއްޗެއް ކަމެއް ހާމަ އެއް ނުކުރެއެވެ.

ރަޝިއާ އާ އުތުރު ކޮރެއާގެ ގާތް ގުޅުން ހާމަ ވެގެން ދާ ޕުޓިންގެ މި ދަތުރުފުޅު ކުރިއަށް ދާއިރު، ޔޫކްރެއިން ގައި ރަޝިއާ އިން ހިންގާ ހަނގުރާމައިގައި، ޕިޔޮންގޔަންގެ މަދަދު މިހާރުވެސް ރަޝިއާ އަށް ދޭ ކަމަށް ހުޅަނގުގެ އެތައް ގައުމުތަކުން އަންނަނީ ބުނަމުންނެވެ. މިގޮތުން ރަޝިއާ އަށް ހަތިޔާރު ފޯރު ކޮށްދޭ ކަމުގެ ހެތްކާ އެކު އެވާހަކަތައް އާއްމު ވެފައި ވީ ނަމަވެސް ދެ ގައުމުންވެސް އެ ވާހަކަ ތައް ވަނީ ދޮގު ކޮށްފައެވެ.

ދެ ވެރިންގެ ދެ މެދުގައި ބޭއްވުނު ރަސްމީ ވާހަކަފުޅު ތައް ފެށުމުގެ ގޮތުން ކިމް ވިދާޅުވީ، ރަޝިއާގެ މިނިވަންކަމާ އިސްތިގްލާލު ދެމެހެއްޓުމަށް ރަޝިއާގެ އަސްކަރިއްޔާ އިންނާ ރައްޔިތުން ވަމުންދާ ގުރުބާނީ އަށް އުތުރު ކޮރެއާގެ ފުރިހަމަ ތާއީދާއި އެއްބާރު ލުން ދޭނެ ކަމަށެވެ. ޔޫކްރެއިން ގައި ރަޝިއާ އިން ކުރަމުންދާ ހަނގުރާމައިގައި އުތުރު ކޮރެއާގެ ތާއީދު ރަޝިއާ އަށް އޮތް ކަމަށް ވެސް ކިމް ވިދާޅުވިއެވެ.

އުތުރު ކޮރެއާ އާއި ރަޝިއާގެ އެންމެ މަތީ ވެރިންގެ ފެންވަރުގައި ބަދަހި ވަމުންދާ ގުޅުމާ މެދު އެމެރިކާ އާއި ދެކުނު ކޮރެއާ އިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. އެ ކަންބޮޑުވަމަކީ އުތުރު ކޮރެއާ އިން ހަތިޔާރުގެ އެހީ ރަޝިއާ އަށް ފޯރުކޮށް ދިނުމަށް ވުރެ ބޮޑަށް، ރަޝިއާގެ ޒަމާނީ އަސްކަރީ ޓެކްނޮލޮޖީ ދެކުނު ކޮރެއާ އަށް ލިބޭ ގޮތް ހަމަ ޖެހިގެން ހިނގައިދާނެއަތީ ކަމަށް ވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ

20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ

23 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 މާރިޗު
ސޮސެޖް ޕޮޓޭޓޯ ކެސެރޯލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
20197 އަހަރު ކުރިން
ރާއްޖެ

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން
20188 އަހަރު ކުރިން
ރިޕޯޓު

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު