Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ޖަރުމަނުގައި "ނެގެޓިވް" އެއްވެސް ކަމެއް ނެތް!

19 ޖޫން 2024 | ބުދަ 06:52

ނާގަލްސްމަން ބުނީ ޖަރުމަނުގެ ޓީމުގައު ތަޖުރިބާ ހުރި ކުޅުންތެރިންނާާއެކު، ޒުވާން ކުޅުންތެރިން ތިބުމަކީ ޓީމަށް ވެސް އަދި އޭނާ އަށް ވެސް ހަމަޖެހުމެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޖޫން 2024 | ބުދަ 06:52
ޖަރުމަނުގެ ފަރިތަކުރުމުގައި ކުޅުންތެރިންނާއެކު ނާގަލްސްމަން

ޖަރުމަނުގެ ފަރިތަކުރުމުގައި ކުޅުންތެރިންނާއެކު ނާގަލްސްމަން

އަމިއްލަ ޤައުމުގައި ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ހަންގޭރީއާ ދެކޮޅަށް ނިކުންނައިރު، ޖަރުމަނުގައި ނެގެޓިވް އެއްވެސް ކަމެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފި އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޖަރުމަނުން ވަނީ ސްކޮޓްލެންޑުގެ މައްޗަށް ކުރި ހޯދައިފަ އެވެ. ދެ ވަނަ މެޗަށް ނިކުންނައިރު، ޖަރުމަނަކީ މުބާރާތުގެ ފޭވަރިޓުންގެ ލިސްޓުގައި ވެސް ހިމެނޭ ޓީމެކެވެ.

ހަންގޭރީ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ނާގަލްސްމަން ބުނީ، އެ މެޗުގެ ކުރިން އިއުލާން ކުރަން ޖެހޭ އެއްވެސް ނެގެޓިވް ކަމެއް ނެތް ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި މިވަގުތު ޖަރުމަނު ޓީމު އޮތީ ވަރަށް ރަނގަޅަށް އަދި އެހާމެ ފުރިހަމަ ކޮށެވެ.

އެގޮތުން ޖަރުމަނުގެ ހުރިހާ ކުޅުންތެރިން ވެސް ތިބީ ޞިއްޙީ ގޮތުން ވަރަށް ރަނގަޅަށް ކަމަށާއި، ހުރިހާ ކުޅުންތެރިން ވެސް ފިޓު ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ފުރަތަމަ މެޗުން ލިބުނު މުހިންމު މޮޅާއެކު، ދެ ވަނަ މެޗަށް ނިކުންނާނީ ވެސް މޮޅުވުމުގެ ރޫޙުގައި ކަމަށެވެ. އަދި ހަންގޭރީ މެޗުގެ ކުރިން ކުރިއަށް ގެންދިޔަ ފަރިތަކުރުން ވެސް ވަރަށް ރަނގަޅު ކަމަށް ނާގަލްސްމަން ބުންޏެވެ.

މީގެ އިތުރުން ނާގަލްސްމަން ބުނީ ޖަރުމަނުގެ ޓީމުގައު ތަޖުރިބާ ހުރި ކުޅުންތެރިންނާާއެކު، ޒުވާން ކުޅުންތެރިން ތިބުމަކީ ޓީމަށް ވެސް އަދި އޭނާ އަށް ވެސް ހަމަޖެހުމެއް ކަމަށެވެ. އެ ކުޅުންތެރިންގެ މެދުގައި އޮންނަ ގުޅުން ވަރަށް ރަނގަޅުކަން ފާހަގަކޮށް ނާގަލްސްމަން ބުނީ، މުސްތަޤުބަލަށް އަދި ވެސް ބޭނުން ވަނީ ގިނަ ޒުވާން ކުޅުންތެރިން ކަމަށެވެ.

ހަންގޭރީއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ނާގަލްސްމަން ބުނީ، އޭނާ އަށް އެ ޓީމު ފެންނަނީ ސްކޮޓްލެންޑާ ދާދި އެއް ފެންވަރެއްގައި ކަމަށެވެ. ޖަރުމަނަށް ވުރެ މެޗުގެ ޕްރެޝަރު ބޮޑު ވާނީ ހަންގޭރީ އަށް ކަމަށް ވެސް ނާގަލްސްމަން ބުންޏެވެ. ސަބަބަކީ މެޗުން ބަލިވެއްޖެ ނަމަ، ހަންގޭރީ އަށް މުބާރާތް ނިމުން ކައިރިވާތީ އެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފަ އެވެ.

ޖަރުމަނުން ހަންގޭރީއާ ދެކޮޅަށް ނިކުންނާނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

30 މާރިޗު 2017

ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

30 މާރިޗު 2017
ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ
22 މާރިޗު 2017

ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

22 މާރިޗު 2017
ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ
10 މާރިޗު 2017

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017
ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި
09 މާރިޗު 2017

ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް

09 މާރިޗު 2017
ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
11 ފެބުރުއަރީ 2017

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް