Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ކުރަން ޖެހިފައި އޮތީ އުނދަގޫ މަސައްކަތެއް: ޑަލިކް

ޑަލިކް ބުނީ ކްރޮއޭޝިއާގެ އަތް މަތިން އެއްވެސް ކަމެއް ނުގެއްލޭ ކަމަށާއި، އެ ޓީމަށް އުންމީދު ވެސް ނުގެއްލޭ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޖޫން 2024 | ބުދަ 04:09
ކްރޮއޭޝިއާގެ ކޯޗު ޑަލިކް

ކްރޮއޭޝިއާގެ ކޯޗު ޑަލިކް

ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ކުރިއަށް ދިޔުމަށްޓަކައި ކްރޮއޭޝިއާ އިން ކަރަން ޖެހިފައި ވަނީ ވަރަށް އުނދަގޫ މަސައްކަތެއްކަން އިނގޭ ކަމަށް އެ ޓީމުގެ ކޯޗު ލަޓްކޯ ޑަލިކް ބުނެފި އެވެ.

އޭނާ މިހެން ބުނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކްރޮއޭޝިއާގެ ދެ ވަނަ މެޗުގައި އަލްބޭނިއާއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. އެ މެޗަށް ނިކުންނައިރު، ކްރޮއޭޝިއާ އިން ވަނީ ފުރަތަަމަ މެޗުގައި ސްޕެއިންއާ ވާދަކޮށް ބަލިވެފަ އެވެ. އެހެންކަމުން މުބާރާތުގައި ކުރިއަށް ދިޔުމަށް އެ ޓީމަށް އަލްބޭނިއާ މެޗުން މޮޅުވުން މަޖުބޫރު ވާނެ އެވެ.

ޑަލިކް ބުނީ ކްރޮއޭޝިއާގެ ކުރިމަތީގައި އޮތް ޗެލެންްޖު ވަރަަށް ރަނގަޅަށް އިނގޭ ކަމަށެވެ. ގްރޫޕް ސްޓޭޖުގައި ކްރޮއޭޝިއާ އަށް ބާކީ އޮތް ދެ މެޗަކީ ވެސް ވަރަށް އުނދަގޫ ދެ މެޗު ކަމަށް ޑަލިކް ސިފަ ކުރި އެވެ. ނަމަވެސް ކްރޮއޭޝިއާގެ އުންމީދު ނުގެއްލޭ ކަމަށާއި، އެހެންކަމުން ހިތްވަރު އެލުވާލަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ޑަލިކް ބުންޏެވެ.

އިތުރަށް އޭނާ ބުނީ ކްރޮއޭޝިއާގެ ފުރަތަމަ އަމާޒަކީ މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނަ އަޅާ ދިޔުން ކަމަށެވެ. އެހެންކަމުން އެކަން ޙާސިލު ކުރުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ވެސް، ގަދަ އަޅާ ކުރާނެ ކަމަށް ވެސް ޑަލިކް ވަނީ ބުނެފަ އެވެ. އޭނާ ބުނި ގޮތުގައި ކްރޮއޭޝިއާގެ ކުޅުންތެރިންނަށް އޭނާގެ ފުރިހަމަ އިތުބާރު އޮންނާނެ އެވެ.

މީގެ އިތުރުން ޑަލިކް ބުނީ ކްރޮއޭޝިއާގެ އަތް މަތިން އެއްވެސް ކަމެއް ނުގެއްލޭ ކަމަށާއި، އެ ޓީމަށް އުންމީދު ވެސް ނުގެއްލޭ ކަމަށެވެ. ކްރޮއޭޝިއާ އިން އެ ޓީމު ކުރަމުން އަންނަ މަސައްކަތް ރަނގަޅުކޮށް، އިތުރު ހިތްވަރެއް ލައިގެން ދެން އޮތް ދެ މެޗު ވެސް ކާމިޔާބު ކުރެވޭނެ ކަމަށް ޑަލިކް ބުންޏެވެ. އެހެންކަމުން އަލްބޭނިއާއާ ދެކޮޅަށް ކްރޮއޭޝިއާ އިން ނިކުންނާނީ ފުރިހަމަ އަށް ތައްޔާރުވެ ތިބެ ކަމަށް ވެސް އޭނާ ބުންޏެވެ.

ކްރޮއޭޝިއާ އިން އަލްބޭނިއާއާ ދެކޮޅަށް ނިކުންނާނީ ބުދަ ދުވަހުގެ ހަވީރު އެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

22 މާރިޗު 2017
ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ
21 މާރިޗު 2017

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް
20 މާރިޗު 2017

ފަލަސްތީން ކުޅުނު މެޗުތައް ބަލައިފިން، ބަލިކުރަން އުނދަގޫވާނެ: ރާއްޖޭ ކޯޗު

20 މާރިޗު 2017
ފަލަސްތީން ކުޅުނު މެޗުތައް ބަލައިފިން، ބަލިކުރަން އުނދަގޫވާނެ: ރާއްޖޭ ކޯޗު
11 މާރިޗު 2017

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު
02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު