Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮޕާ އެމެރިކާ 2024

ކޮޕާ އެމެރިކާގައި ތަރިންގެ ގޮތުގައި ފާހަގަކޮށްލެވޭ ކުޅުންތެރިން!

ޖޫން މަހާއި ޖުލައި މަހުގެ ތެރޭގައި ދެކުނު އެމެރިކާ ސަރައްދުގެ ކުޅިވަރު އީދު ކުރިއަށްދާއިރު، ޔޫރަޕުގައި ކުޅެމުން އަންނަ ކުޅުންތެރިންނާއި، އެކި ސަރަހައްދުތަކުގައި ކުޅެމުން އަންނަ ކުޅުންތެރިންގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ޤައުމީ ޓީމާ އެކު ކާމިޔާބު ދަތުރެއް ކުރުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 ޖޫން 2024 | ބުދަ 04:05
ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތުގެ ތަރިންގެ ގޮތުގައި ފާހަގަކޮށްލެވޭ ބައެއް ކުޅުންތެރިން

ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތުގެ ތަރިންގެ ގޮތުގައި ފާހަގަކޮށްލެވޭ ބައެއް ކުޅުންތެރިން

ދެކުނު އެމެރިކާ ސަރަހައްްދުގެ ފުޓުބޯޅަ މުބާރާތް އެމެރިކާގައި ފަށަން ތައްޔާރުވެފައިވާއިރު، މިއީ 2016 ވަނަ އަހަރުގެ ފަހުން އެމެރިކާގައި ބޮޑު މުބާާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. މިއަހަރުގެ ދެކުނު އެެމެރިކާ ސަރަހައްދުގެ މުބާރާތާ ކުރިމަތިލާއިރު، މިއަހަރު ވެސް އެންމެންގެ ސަމާލުކަން ހުއްޓިފައި ހުންނާނެ އެއް ކުޅުންތެރިޔަކީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާގެ ކެޕްޓަން އަދި އެންމެ ފަހުގެ މުބާރާތުގެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީ އެވެ.

އެއީ ވަރަށް ގިނަ ސަބަބުތަަކެއް ވެސް ހުރީތީ އެވެ. އާޖެންޓީނާގެ ކެޕްޓަން މެސީ އަކީ ފުޓުބޯޅައިގެ ދުނިޔޭގައި އަބަދު ވެސް އެންމެ ކުރީގައި ހުންނަ އެއް ކުޅުންތެރިޔާ އެވެ. ދެކުނު އެމެރިކާ ސަރަހައްދުގެ ތަށި ދިފާާއު ކުރަން އާޖެންޓީނާ އަަދި މެސީ މަސައްކަތް ކުރަމުން އަންނައިރު، މެސީ މިހާރު ކުޅެމުން އަންނަނީ ވެސް އެމެރިކާގަ އެވެ.

އެކަމަކު މި ހޫނު މޫސުމުގައި އެމެރިކާގައި ވިދާލާނެ ހަމައެކަނި ކުޅުންތެރިޔަކީ ވެސް މެސީ އެއް ނޫނެވެ. ޖޫން މަހާއި ޖުލައި މަހުގެ ތެރޭގައި ދެކުނު އެމެރިކާ ސަރައްދުގެ ކުޅިވަރު އީދު ކުރިއަށްދާއިރު، ޔޫރަޕުގައި ކުޅެމުން އަންނަ ކުޅުންތެރިންނާއި، އެކި ސަރަހައްދުތަކުގައި ކުޅެމުން އަންނަ ކުޅުންތެރިންގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ޤައުމީ ޓީމާ އެކު ކާމިޔާބު ދަތުރެއް ކުރުމެވެ.

މެސީގެ އިތުރުން، ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވިނީޝިއުސް ޖޫނިއާ، ރޮޑްރީގޯ އަދި ފެޑެރިކޯ ވަލްވާޑޭ ފަދަ ކުޅުންތެރިންނަކީ ލޮލުގައި އަޅައި ގަންނާނެ ކުޅުންތެރިންނެވެ. ހަމައެހެންމެ، މެންޗެސްޓަރ ސިޓީ، ލިވަޕޫލް އަދި ބަޔާ ލެވަކޫސަންގައި ކުޅެމުން އަންނަ މުހިންމު ކުޅުންތެރިން ވެސް، މިއަހަރުގެ މުބާރާތުގައި ފާހަގަކޮށްލެވޭނެ ކަމަށް ބެލެވެ އެވެ.

1. ލިއޮނަލް މެސީ (އާޖެންޓީނާ)

އިތުރު އެހެން އެއްވެސް ކަމެއް މި ނަމަށް ބޭނުމެއް ނުވާނެ އެވެ. އިންޓަ މިއާމީގައި މެސީ ކުޅެމުން އައި ނަމަވެސް، އޭނާ އަކީ އަދިވެސް ފުޓުބޯޅައިގެ ޚާއްސަ ނަމެކެވެ. އެހެން ނަމަވެސް، މި ފަހުން މެސީ އަަށް ވަނީ އަނިޔާގެ މައްސަލަތަކާ ވެސް ކުރިމަތިލާން ޖެހިފަ އެވެ. އެހެން ނަމަވެސް، އަދި ވެސް މެސީ ހުރީ އޭނާގެ އެންމެ ރަނގަޅު ފޯމުގަ އެވެ. އާޖެންޓީނާ އިން ތަށި ދިފާއުކޮށް، އެހެން ކާމިޔާބެއްގެ އުންމީދުގައި ނިކުންނައިރު، މި މުބާރާތުގައި ވެސް އެ ޓީމުގެ ތަރި އަކަށް ވާނީ މެސީ އެވެ. އެ ޓީމު ބަރޯސާވާނެ އެއް ކުޅުންތެރިޔަކީ ވެސް މެސީ އެވެ.

2. ވިނީޝިއުސް ޖޫނިއާ (ބްްރެޒިލް)

މެސީގެ ނަން ނުހިމަނައި، ދެކުނު އެމެރިކާ ސަރަހައްދުގައި އެހެން ކުޅުންތެރިޔެއްގެ ނަން ނަގާ ނަމަ، މިވަގުތަށް ނެގޭނީ ވިނީޝިއުސް އެވެ. ބްރެޒިލްގެ ސްކޮޑުން އެ ޓީމުގެ ތަރި ނޭމާ ޖޫނިއާ ބާކީވުމުން، މިއީ ވިނީޝިއުސްގެ ވަގުތު ކަަމަށް ގިނަ ބަޔަކު ދެކެ އެވެ. ޔަގީނުން ވެސް، ސްޕެއިންގެ ރެއާލް މެޑްރިޑުގައި އޭނާ ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު، ވިނީޝިއުސް އަކީ ހުނަރުން ފުރިގެންވާ މޮޅު ކުޅުންތެރިޔެކެވެ. ކުލަބުގައި ދެއްކި ކުޅުމަށް ބަލާއިރު، ދެކުނު އެމެރިކާ ސަރަހައްދުގެ މުބާރާތުގައި މިފަހަރު ބްރެޒިލްގެ ތަރި އަކަށް ވާނީ ވެސް ވިނީޝިއުސް އެވެ.

3. ފެޑެރިކޯ ވަލްވާޑޭ (އުރުގުއޭ)

ރެއާލް މެޑްރިޑުގައި ވަލްވާޑޭ ވަނީ އެއް އަހަރުން އަނެއް އަހަރަށް އޭނާގެ ކުޅުން ރަނގަޅުކޮށްފަ އެވެ. އަދި އޭނާ ވަނީ ޤައުމީ ޓީމުގައި ވެސް މީހުން ބަލައި ގަންނަ، އަދި ދެކެން ބޭނުންވާ ފަދަ ކުޅުމެއް ދައްކަން ފަށައިފަ އެވެ. އެޑިންސަން ކަވާނީގެ އުޖާލަ ދުވަސްތަކަށްފަހު، އުރުގުއޭގައި އެ ކުޅުންތެރިޔެއްގެ ވާހަކަ ދައްކާނެ ކުޅުންތެރިޔަކަށް ދެން ވާނީ ވެސް ވަލްވާޑޭ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. މިއަހަރުގެ ދެކުނު އެމެރިކާ ސަރަހައްދުގެ މުބާރާތުގައި ވެސް އުރުގުއޭ އިން ވަރަށް ބޮޑަށް ވަލްވާޑޭ އަށް ބަރޯސާ ވާނެ އެވެ.

4. އެލިސަން (ބްރެޒިލް)

ކުރިމަތިވި އަނިޔާާގެ ސަބަބުން، މިއަހަރުގެ މުހިންމު މެޗުތަކެއް އެލިސަން އަށް ގެއްލުނެވެ. އެހެން ނަމަވެސް، އެލިސަން އަކީ އަދި ވެސް ދުނިޔޭގެ އެންމެ މޮޅު ގޯލު ކީޕަރުންގެ ތެރޭގައި ގުނާލެވޭނެ ކީޕަރެކެވެ. އޭނާ ހުރެއްޖެ ނަމަ، ބްރެޒިލްގެ ގޯލުގައި ވަރަށް ބޮޑު އިތުބާރެއް އޮންނާނެ އެވެ. ލިވަޕޫލްގައި ވެސް އެކަން އޮންނަނީ ހަމަ އެ ބީދައިންނެވެ. އޭނާ އަށް އޮންނަ އިތުބާރާ އެކު، ބްރެޒިލްގެ ގޯލުގައި މިފަހަރު އިތުބާރު އޮންނާނެ އެވެ.

5. ލައުޓާރޯ މާާޓިނޭޒް (އާޖެންޓީނާ)

ކުލަބު ފުޓްބޯޅައިގައި އޭނާގެ އެންމެ މޮޅު އެއް ސީޒަން ހޭދަކުރި މިދިޔަ ސީޒަންގަ އެވެ. މާޓިނޭޒް ވަނީ ލީގުގައި އިންޓަ މިލާނަށް 24 ލަނޑު ޖަހައިދީފަ އެވެ. ޔޫރަޕްގެ ރަން ބޫޓުގެ ރޭހުގައި އޭނާ ނިންމާލީ ހަ ވަނައިގަ އެވެ. އެކަމަކު ޤައުމީ ޓީމަށް އެކަން ކޮށްދެވޭނެކަމާ މެދު ސުވާލު އުފެދޭ އިރު، ސިލްސިލާކޮށް ދެއްކި ދަށް ކުޅުމުގެ ސަބަބުން ސްކަލޯނީގެ ޓީމުން ޖާގަ ހޯދުމަށް އޭނާ އަށް ބޮޑު މަސައްކަތެއް ކުރަން ޖެހުނެވެ. އެހެން ނަމަވެސް، މިހާރު މާޓިނޭޒް ހުރި ފޯމަށް ބަލާއިރު، އާޖެންޓީނާގެ އެޓޭކުގައި އޭނާ މިފަހަރު ތަފާތެއް ދައްކާނެ ކަމަަށް ބެލެވެ އެވެ.

6. ރޮޑްރީގޯ (ބްރެޒިލް)

ރޮޑްރީގޯ އަކީ މެޑްރިޑުގައި ހަނދާން ނައްތާލެވޭނެ ކުޅުންތެރިޔެއް ނޫނެވެ. ރެއާލްގައި މިދިޔަ ސީޒަނަކީ ރޮޑްރީގެ ކެރިއަރުގައި އޭނާ ހޭދަ ކުރި އެންމެ ކާމިޔާބު އަދި އެންމެ މޮޅު ކުޅުން ފެނުނު ސީޒަނެވެ. ފުޓުބޯޅައިގައި އަލުން ކުރިއަށް ދާން ބްރެޒިލް ކުރާ މަސައްކަތުގައި އޭނާ އަށް ބޮޑު އެހީއެއް ވެވިދާނެ އެވެ. އެމެރިކާއާ ދެކޮޅަށް އޭނާ ޖެހި ލަނޑުން ސާބިތުވީ، ބްރެޒިލްގައި އޭނާ އަށް އަދާ ކުރެވިދާނެ މުހިންމު ދައުރެވެ.

7. ކްރިސްޓިއަން ޕުލިސިޗް (އެމެރިކާ)

އެމެރިކާގެ ހުރިހާ އުންމީދެއް ގުޅިފައިވާ ކުޅުންތެރިޔެކޭ ވެސް ބުނެވިދާނެ އެވެ. މީގެ ދެ އަހަރެއްހާ ދުވަސް ފަހުން، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އެމެރިކާގައި ބާއްވަން ތައްޔާރުވަމުން އަންނައިރު، މިއަހަރުގެ ޔޫރޯގައި އެ ޤައުމުން އެދެވޭ ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެ އެވެ. ޕުލިސިޗް އަކީ އެމެރިކާ ޓީމުގައި ހުރި އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. އެމެރިކާ އިން ބަރޯސާވާނެ އެއް ކަމަކީ، އަބަދު ވެސް ޕުލިސިޗް ފޮނުވާލާ ބޯޅަތަކެވެ.

8. ހޫލިއަން އަލްވަރޭޒް (އާޖެންޓީނާ)

އާޖެންޓީނާ އިން، 2022 ވަނަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކާމިޔާބު ކުރިއިރު، ވިދާލި ކުޅުންތެރިންގެ ތެރޭގައި އަލްވަރޭޒް ހިމެނޭނެ އެވެ. އާޖެންޓީނާ އާއެކު ދުނިޔޭގެ ތަށި އުފުލާލިތާ 18 މަސް ދުވަސްވީއިރު ވެސް، އޭނާގެ ދުވެއްޔަށް މަޑު ޖެހުމެއް ނައެވެ. އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ އެކުލަވާލާ ޓީމުގައި ކެޕްޓަން ލިއޮނަލް މެސީ އާއެކު، ދެން ގުނޭނެ އެއް ކުޅުންތެރިޔަކީ ވެސް އަލްވަރޭޒް އެވެ. ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތަށް އާޖެންޓީނާ އިން ކުރިމަތިލާއިރު، އަލްވަރޭޒް ފޯމުގައި ހުރެއްޖެ ނަމަ، އާޖެންޓީނާ އަށް އިތުރު ހިތްވަރެއް ލިބޭނެ އެވެ.

9. ޑާވިން ނޫނޭޒް (އުރުގުއޭ)

ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތުގައި ނޫނޭޒްގެ އަސްލު ސިފަ ފެނިދާނެ ހެއްޔެވެ؟ ނޫނޭޒް އަކީ އޭނާގެ ދުވުމުގެ ބާރު މިނާއި، ނުރައްކާތެރި ބޯޅަތައް ބޭނުންކޮށްގެން މެޗު ބަދަލު ކުރުމުގެ ޤާބިލުކަން ލިބިފައިވާ ކުޅުންތެރިޔެކެވެ. އުރުގުއޭ އިން މުބާރާތުގައި ރަނގަޅު ކުޅުމެއް ދެއްކުމަށް ކުރާ މަސައްކަތާއި، ރަނގަޅު ކާމިޔާބެއް ހޯދުމަށް ކުރާ މަސައްކަތުގައި ލިވަޕޫލަށް ކުޅެމުން އަންނަ ނޫނޭޒްގެ ދައުރު ބޮޑުވާނެ އެވެ. އޭނާ ރަނގަޅު ފޯމެއްގައި ހުރެއްޖެ ނަމަ، އުރުގުއޭ އަށް އެކަމުގެ ފައިދާ އިންތިހާ އަށް ކުރާނެ އެވެ.

10. އެލެކްސިސް މެކެލިސްޓާ (އާޖެންޓީނާ)

މިދިޔަ ހޫނު މޫސުގައި އެންމެ ނަން ހިނގި އެއް ކުޅުންތެރިޔަކީ މެކެލިސްޓާ އެވެ. އޭނާ އަކީ ޓީމުގެ މެދު ތެރޭގައި ކޮންމެ ކަމެއް ވެސް ކުރުމުގެ ޤާބިލުކަން ހުރި ކުޅުންތެރިޔެކެވެ. އެހެންކަމުން މެކެލިސްޓާ އަކީ އާޖެންޓީނާގައި ވެސް އަދި ލިވަޕޫލްގައި ވެސް މުހިންމު ކުޅުންތެރިޔެކެވެ. އާޖެންޓީނާގެ ސްކޮޑުގައި ތިބި ކުޅުންތެރިންގެ ތެރެއިން ކޯޗު ލިއޮނަލް ސްކަލޯނީ އެންމެ އިތުބާރު ކުރާ އަދި އެންމެ ޔަގީން ކުރާ ކުޅުންތެރިންގެ ތެރޭގައި މެކެލިސްޓާ ހިމެނޭނެ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޔޫނިއަން ޓެރިޓަރީއެއްގެ ގޮތުގައި ކަޝްމީރަށް އެއް އަހަރު، އޭރު ދެއްކި ވާހަކަތަކުގެ ހަގީގަތަކީ ކޮބާ؟

ޔޫނިއަން ޓެރިޓަރީއެއްގެ ގޮތުގައި ކަޝްމީރަށް އެއް އަހަރު، އޭރު ދެއްކި ވާހަކަތަކުގެ ހަގީގަތަކީ ކޮބާ؟

31 ޖުލައި 2020
އެމެރިކާގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 2.5 މިލިއަނަށް

އެމެރިކާގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 2.5 މިލިއަނަށް

28 ޖޫން 2020
ރައީސް ޞޯލިހުގެ ރިޔާސީ ބަޔާން - ފާހަގަކޮށްލެވޭ އުސްއަލިތައް

ރައީސް ޞޯލިހުގެ ރިޔާސީ ބަޔާން - ފާހަގަކޮށްލެވޭ އުސްއަލިތައް

03 ފެބުރުއަރީ 2020
މާފަރު އެއަރޕޯޓް: ރައްޔިތުން ސިފަ ކުރަނީ "ރަން ބިސް އަޅާ" ކުކުޅެއްގެ ގޮތުގައި!

މާފަރު އެއަރޕޯޓް: ރައްޔިތުން ސިފަ ކުރަނީ "ރަން ބިސް އަޅާ" ކުކުޅެއްގެ ގޮތުގައި!

02 ޑިސެމްބަރު 2019
ރައީސް ޔާމީން : ސިޔާސީ މަންފާއަށް ދީން އައްޑަނައެއްގެ ގޮތުގައި ނެގުން ހުއްޓާނީ ކޮން އިރަކުންތޯ؟

ރައީސް ޔާމީން : ސިޔާސީ މަންފާއަށް ދީން އައްޑަނައެއްގެ ގޮތުގައި ނެގުން ހުއްޓާނީ ކޮން އިރަކުންތޯ؟

12 އޮކްޓޯބަރު 2019

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު