Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޔޫރޯ 2024

ޔޫކްރެއިން އިން ޔޫރޯ ދެކެނީ މުބާރާތަކަށް ވުރެ ބޮޑަށް، ދުނިޔެއަށް ހާލަތު ދައްކާލަން ލިބޭ ފުރުސަތެއްގެ ގޮތުގައި!

މިއީ ޔޫކްރެއިން އަކީ އަދިވެސް ހަނގުރާމަ ހިނގަމުން އަންނަ ތަނެއް ކަމާއި، ރަޝިޔާ އިން ހިންގަމުން އަންނަ ލާއިންސާނީ އަމަލުތައް އަދިވެސް ކުރިއަށްދާކަން ދުނިޔެ އަށް ދައްކަން ލިބޭ ފުރުސަތެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 ޖޫން 2024 | ހޯމަ 04:57
ޔޫކްރެއިން ޤައުމީ ޓީމުގެ ބައެއް ކުޅުންތެރިން

ޔޫކްރެއިން ޤައުމީ ޓީމުގެ ބައެއް ކުޅުންތެރިން

މިއަހަރު ޖަރުމަނުގަައި ފެށިގެން ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ މާނަ ޔޫކްރެއިން އިން ނަގާ ގޮތަކީ ކޮބައި ހެއްޔެވެ؟ މި ސުވާލަށް ސާފު ޖަވާބެއް ދީފައި ވަނީ ޔޫކްރެއިންގެ ޖިއޯޖީ ސުޑަކޮވް އެވެ. އެހެންނަމަވެސް، އެ ސުވާލު ވެގެން ދިޔައީ އޭނާ އަށް ޖަވާބު ދިނުމަށް ވެސް އުނދަގޫ ސުވާލަކަށެވެ. އޭނާ ބުނީ އެ ސުވާލަށް ޖަވާބު ދިނުމުގައި އެހާ ފަސޭހައިން ބަސް ކިޔޭނެހެން ހީނުވާ ކަމަށެވެ. އެހެންނަމަވެސް، އެ ސުވާލަށް ޖަވާބު ދިނުމުގައި އޭނާ އަށް އުނދަގޫވާ ސަބަބު، ސާފުވެ އެވެ. ޤަބޫލު ކުރެވެއެވެ.

ރަޝިޔާ އިން ޔޫކްރެެއިންނާ ދެކޮޅަށް ހަނގުރާމަކޮށް، އެ ޤައުމަށް އަރައިގަންނަން ފެށިތާ މިވަނީ ދޮޅު އަހަރެއްހާ ދުވަސް ވެފަ އެވެ. އޭރު، ސުޑަކޮވްގެ އުމުރަކީ އެންމެ 19 އަހަރެެވެ. އޭރު އޭނާގެ އަންހެނުން އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެ އެވެ. އެކަމަކީ، ސުޑަކޮވް އަށް ވަރަށް ބިރުވެރިކަން ކުރިމަތި ކުރުވި ކަމެކެވެ. އެހެންނަމަވެސް، ސުޑަކޮވް އަށް ވިސްނުނު ގޮތުގައި އޭނާގެ އަންހެނުން އަދި ދަރިފުޅު ވެސް ބާރޯސާ ވާނީ އޭނާ އަށެވެ.

ހުރިހާ ތަނެއްގައި ވެސް ޔޫކްރެއިންގެ މީހުން.

ސުޑަކޮވް އަކީ ޔޫކްރެއިންގެ ރައްޔިތުންގެ އުއްމީދުތައް ގުޅިފައިވާ، ޔޫކްރެއިން ޤައުމީ ޓީމުގެ މުހިއްމު ކުޅުންތެރިޔެކެވެ. އޭނާ އަކީ ޔޫކްރެއިން ރައްޔިތުންގެ އުންމީދުތައް ހާސިލު ކޮށްދިނުމަށް އަޒުމު ކަނޑައަޅައިގެން ހުރި ހިތްވަރު ގަދަ ޒުވާނެކެވެ. ބައިނަލްއަޤުވާމީ މުބާރާތްތަކާއި، މެޗުތަކުގައި ޔޫކްރެއިން ކުޅެމުން އަންނަނީ ޒުވާން ކުޅުންތެރިންގެ މައްޗަށް އެކުލެވިގެންވާ ޓީމަކާ އެކުއެވެ.

ޔޫކްރެެއިން އަށް އެންމެ ބޮޑު އިހުސާސެއް ކުރެވެނީ ކޮންމެ ތަނެއްގައި ކުޅެން ޖެހުނު ނަމަވެސް، އެމީހުންނަށް މީހުން ދެމުން އަންނަ ސަޕޯޓެވެ. ޓްރަނާވާ، ވްރޯކްލޯ، ޕްރާގް ނުވަތަ ލެވަކޫސަންގައި ކުޅެން ޖެހުނަސް، ޔޫކްރެއިން އަށް އޮންނަ ސަޕޯޓު ފެންނަ ކަަމަށް ސުޑަކޮވް ބުންޏެވެ. ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ އަށް ޔޫކްރެއިން ކޮލިފައިވި އެންމެ ބޮޑު އެއް ސަބަބަކީ ވެސް އެއީ ކަަމަށް އޭނާ ފާހަގަ ކުރި އެވެ.

މުސްތަޤުބަލު ގުޅިފައި އޮތީ ޔޫރޯއާ.

ސުޑަކޮވް އެންމެ ކަންބޮޑުވާން ޖެހެނީ، އެނބުރި ދާން ޖެހޭނެ ވަގުތަކާ މެދު އެވެ. ބައިނަލްއަޤުވާމީ މެޗުތަކަށް ޤައުމީ ޓީމާއެކު އާއިލާއާ ދުރުގައި ހޭދަކުރަން ޖެހޭ ދުވަސްތައް އޭނާ އަށް ހިތްދައްޗެވެ. އަދި އެހާމެ ބިރުވެރި އެވެ. ސުޑަކޮވް ބުނީ ބައެއް ދުވަސް ދުވަހު އޭނާ އަށް ހޭލެވޭއިރު، އަންހެނުންގެ ޓެކްސްޓް މެސެޖެއް ލިބިފައި އޮވެދާނެ ކަމަށެވެ. އެއީ ރަޝިޔާ އިން ދީފާނެ އިތުރު ހަމަލާއެއްގެ އިންޒާރަށް ސައިރިން އަޅާތީ، އަންހެނުން އަދި ދަރިފުޅު ވެސް ގޭގެ ފާޚަނާގެ ތެރޭގައި ފޮރުވިގެން ތިބި ކަމަށް ބުނާ މެސެޖެކެވެ.

މިފަދަ ބިރުވެރި އަދި ހިތަށް އުނދަގޫވާ ހާލަތްތަކުގައި ސުޑަކޮވް ފުޓުބޯޅަ އަށް ފޯކަސް ކުރީ ކިހިނެއް ކަމެއް ވެސް ބުނެދޭން ނޭނގެ އެވެ. އެ ބިރުވެރި ހާލަތުގައި އާއިލާ، ހާއްސަކޮށް އަންހެނުނާއި ދަރިފުޅާ މެދު ވިސްނަމުން، ޤައުމާމެދު ވިސްނަމުން، ޒުވާން ސުޑަކޮވްގެ ސިކުނޑި "ސުމަކަށް" ނުދާންވީ ސަބަބެއް ނެތެވެ.

އެހެންނަމަވެސް، ސުޑަކޮވް ބުނީ އޭނާ އަކީ ޕްރޮފެޝަނަލް ކުޅުންތެރިޔެއް އަދި މީހެއް ކަމަށެވެ. އޭނާ ބުނެފައިވާ ގޮތުގައި، ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ކުޅުމަކީ އެންމެ ކުޑަ ދުވަހުން ފެށިގެން ވެސް، ސުޑަކޮވް ދެކެމުން އައި ހުވަފެނެކެވެ. ތިން ވަނަ ކަމަކަށް އޮތީ އޭނާގެ މުސްތަޤުބަލެވެ. ސުޑަކޮވް އާއި އޭނާގެ އާއިލާގެ މުސްތަޤުބަލު ބިނާވެފައި ވަނީ ނުވަތަ ބަރޯސާ ވެފައި ވަނީ ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ މައްޗަށެވެ.

ޔޫކްރެއިން ކޮންމެހެން ވެސް ކޮލިފައިވާން ޖެހޭ.

ޒުވާން ސުޑަކޮވް އަށް ޔޫރޯ މުބާރާތަކީ އޭނާގެ އަމިއްލަ ލަނޑުދަނޑިތަކާއި، އުއްމީދުތައް ހާސިލު ކުރުމަށްވުރެ މާބޮޑު މުބާރާތެކެވެ. ޔޫކްރެއިންގެ ރައްޔިތުންނަށް، މިއީ ހުވަފެނުގެ ފުރުސަތެެކެވެ. ހަނގުރާމައިގެ އަނިޔާވެރިކަމުން ސަލާމަތް ވުމަށް ލިބިފައިވާ އުއްމީދެއް ކަމަށް ވެސް ސުޑަކޮވް ދެކެ އެވެ. އަދި މިއީ މުޅި ދުނިޔެއަށް ވެސް، ޔޫކްރެއިން އޮތީ ކަންކަން ތަހައްމަލު ކުރުމުގައި އެކަނި ނޫން ކަމާއި، ކުރިއަށް ދިޔުމުގައިކަން ދައްކައިދޭން އެ ޤައުމުގެ ކުޅުންތެރިންނަށް ލިބިފައިވާ ފުރުސަތެކެވެ.

ސުޑަކޮވް ބުނި ގޮތުގައި ޔޫރޯ ކޮލިފިކޭޝަންގައި އައިސްލެންޑާ ދެކޮޅަށް މިއަހަރުގެ މާޗު މަހުގެ ތެރޭގައި ކުޅުނު މެޗުގެ ކުރިން، ޓީމުގެ ތެރޭގައި ކޮންމެ ވެސް ވަރެއްގެ ނުތަނަވަސްކަމެއް އޮތެވެ. ޔޫކްރެއިންގެ ކުޅުންތެރިން ދެކުނީ، ޔޫރޯ އަށް ކޮލިފައިވުމަކީ ހަމައެކަނި އަމިއްލަ ނަފްސާއި، އާއިލާ އަށް ކޮށްދެވޭނެ ކަމެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ޔޫކްރެއިން އާއި، އެ ޤައުމުގެ ހައްގުގައި ހަނގުރާމަ ކުރާ ސިފައިންނަށްޓަަކައި ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ދެކުނެވެ.

އިތުރަށް އޭނާ ބުނީ، މިހާރު ލިބިފައިވާ ފުރުސަތަކީ، ޔޫކްރެއިން އަކީ އަދިވެސް ހަނގުރާމަ ހިނގަމުން އަންނަ ތަނެއް ކަމާއި، ރަޝިޔާ އިން ހިންގަމުން އަންނަ ލާއިންސާނީ އަމަލުތައް އަދިވެސް ކުރިއަށްދާ ކަމާއި، މުބާރާތުގައި ކުރިއަށްދާއިރު ވެސް އެތައް ވޭނަކާއި، ހިތްދަތިތަކެއް ތަހަންމަލު ކުރަމުންދާކަން ދުނިޔެ އަށް ދައްކަން ލިބޭ ފުރުސަތެއް ކަމަށެވެ.

ވާހަކަ ދައްކަން އުނދަގޫވެ، ބަސް ހުއްޓޭ ހިސާބަށް ދިޔަ އިރު ވެސް، ސުޑަކޮވްގެ ދުލަށް އެންމެ ބުނަން ބޭނުންވާ ބަސް ގެންނަން އުނދަގޫވި އެވެ. ހިތްދަތިކަމާއެކު ވެސް، ހިތްވަރުކޮށްފައި އޭނާ ބުނީ، މިއަހަރުގެ ޔޫރޯ މުބާރާތަކީ ޔޫކްރެއިން އަށް ހުރިހާ މާނައެއްގައި ވެސް ވަރަށް މުހިއްމު އަދި ބޭނުންތެރި މުބާރާތެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިޔާދު ގާސިމް ޖަލުގައި 100 އަށްވުރެ ގިނަ ދުވަސް، ޕީޖީ ސަމާސާ ކުރުމުގައި!

ސިޔާދު ގާސިމް ޖަލުގައި 100 އަށްވުރެ ގިނަ ދުވަސް، ޕީޖީ ސަމާސާ ކުރުމުގައި!

22 މެއި 2018
ނުކުޅެދޭ މީހާގެ ހިތްވަރު، ކުޅެދޭ މީހުންނަށް ވުރެ ވަރުގަދަ!

ނުކުޅެދޭ މީހާގެ ހިތްވަރު، ކުޅެދޭ މީހުންނަށް ވުރެ ވަރުގަދަ!

09 މާރިޗު 2018
ރަސްގެފާނުގެ ގަނޑުވަރުގެ ފާރަށް ކުޅުޖެހި ތަކުރަށްވުރެ ނިހާނުމެންގެ ހާލު ނިކަމެއްޗެވެ!

ރަސްގެފާނުގެ ގަނޑުވަރުގެ ފާރަށް ކުޅުޖެހި ތަކުރަށްވުރެ ނިހާނުމެންގެ ހާލު ނިކަމެއްޗެވެ!

01 މާރިޗު 2018
ސިވިލް ކޯޓުން އަނެއްކާ ވެސް ރެކޯޑަކާ ދިމާލަށް: ހުށަހެޅި އަދަދަށް ވުރެ ގިނަ އިން ނިންމާނަން!

ސިވިލް ކޯޓުން އަނެއްކާ ވެސް ރެކޯޑަކާ ދިމާލަށް: ހުށަހެޅި އަދަދަށް ވުރެ ގިނަ އިން ނިންމާނަން!

02 ޖެނުއަރީ 2018
ފުލުހުންނަށް އަހަރަކު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދެނީ ހަމައެކަނި ރައީސް ޔާމީން ޙިމާޔަތްކުރާކަށް ނޫން!

ފުލުހުންނަށް އަހަރަކު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދެނީ ހަމައެކަނި ރައީސް ޔާމީން ޙިމާޔަތްކުރާކަށް ނޫން!

28 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު