Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

އަލްބޭނިއާ ކައިރިން ލިބުނު މޮޅާއެކު، ސްޕަލެޓީ އަށް ހަމަޖެހުމެއް

އޭނާ ބުނީ މެޗުގައި އަލްބޭނިއާ އަށް ނުރައްކާ ކުރެވޭނެ ގިނަ ފުރުސަތުތަކެއް އިޓަލީ އަށް ލިބުނު ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޖޫން 2024 | އާދީއްތަ 06:31
އިޓަލީން ކުޅުނު މެޗުގައި ސްޕަލެޓީ

އިޓަލީން ކުޅުނު މެޗުގައި ސްޕަލެޓީ

ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި އަލްބޭނިއާއާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ އަށް ލިބުނު މޮޅާއެކު، ހިތްހަމަ ޖެހުމެއް ލިބިއްޖެ ކަމަށް އެ ޓީމުގެ ކޯޗު ލޫސިއާނޯ ސްޕަލެޓީ ބުނެފި އެވެ.

އަލްބޭނިއާއާ ދެކޮޅަށް ކުޅުނު މެޗު އިޓަލީން ކާމިޔާބު ކުރީ، ފަހަތުން އަރަ އެވެ. އެއީ މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި އަލްބޭނިއާ އިން ލަނޑު ޖަހައި، ލީޑު ނަގާފައި ވަނިކޮށެވެ. އިޓަލީން ވަނީ ގާތް ގާތުގައި ދެ ލަނޑު ޖަހައިފަ އެވެ.

މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސްޕަލެޓީ ބުނީ، މެޗުގައި އޭނާ އަށް ފެނުނީ އިޓަލީގެ ކުޅުންތެރިން ވަރަށް ބޮޑަށް މަސައްކަތް ކުރި މަންޒަރު ކަމަށާއި، މެޗުން މޮޅުވާން ކުޅުންތެރިން ބޭނުންވެފައި ތިބި މިންވަރު ވެސް ފެނުނު ކަމަށެވެ.

ޚާއްސަކޮށް މެޗުގައި އަލްބޭނިއާ އިން ލަނޑު ޖަހާ ލީޑު ނަގާފައި ވަނިކޮށް، އިޓަލީން ފަހަތުން އަރައި ދެ ލަނޑު ޖެހުން ވެގެން ދިޔައީ، މުޅި މެޗު އެ ޓީމު ކޮޅަށް އެނބުރު ސަބަބެއް ކަމަށް ވެސް ސްޕަލެޓީ ވަނީ ބުނެފަ އެވެ. އޭނާ ބުނީ މެޗުގައި އަލްބޭނިއާ އަށް ނުރައްކާ ކުރެވޭނެ ގިނަ ފުރުސަތުތަކެއް އިޓަލީ އަށް ލިބުނު ކަމަށެވެ.

މީގެ އިތުރުން ސްޕަލެޓީ ބުނީ، ކުރިއަށް އޮތް ދެ މެޗަކީ ގްރޫޕް ސްޓޭޖުގައި އިޓަލީން އެންމެ ބޮޑަށް ވިސްނަން ޖެހޭ ދެ މެޗު ކަމަށެވެ. މުބާާރާތުގައި އިޓަލީން ފުރަތަމަ އަމާޒަކީ ގްރޫޕް ސްޓޭޖު ފަހަނައަޅާ ދިޔުން ކަމަށް ވާއިރު، އެކަން ކުރެވޭނެ ކަމުގެ ބޮޑު ޔަގީންކަމެއް ލިބިއްޖެ ކަމަށް ވެސް ސްޕަލެޓީ ވަނީ ބުނެފަ އެވެ.

ސްޕަލެޓީ ފާހަގަ ކުރި ގޮތުގައި އިޓަލީގެ ކުޅުންތެރިން މެޗު ތެރެއަށް ރަނގަޅަށް ވަދެ، ކުޅުމުން އަންނައިރު، ހަމަ ޖެހިލައިގެން މެޗު ބަލަން ހުރެވޭ ކަމަށެވެ. އަދި އޭނާގެ ކުޅުންތެރިންނަކީ ވަރަށް ރަނގަޅަށް މަސައްކަތް ކުރާ ބައެއް ކަމަށާއި، މުބާރާތުގެ ފޭވަރިޓުންނަށް ނުވި ނަމަވެސް، އިޓަލީ އަށް ކުރިއަށް ދެވޭނެ ކަމަށް ސްޕަލެޓީ ވަނީ ބުނެފަ އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިޓަލީގެ ދެ ވަނަ މެޗުގައި އެ ޓީމު ނިކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

20 މެއި 2017

އިންޑިއާއާ ކުޅެގެން ލިބުނު ފިލާވަޅުގެ ނަތީޖާ ކުރިއަށްހުރި މެޗުގައި ފެނިގެންދާނެ:ޒިލާ

20 މެއި 2017
އިންޑިއާއާ ކުޅެގެން ލިބުނު ފިލާވަޅުގެ ނަތީޖާ ކުރިއަށްހުރި މެޗުގައި ފެނިގެންދާނެ:ޒިލާ
02 މެއި 2017

އިބްރާހިމޮވިޗް އަށް ލިބުނު އަނިޔާއާއެކު ކެރިޔަރު ނިންމާލަން ނުޖެހޭ: އެޖެންޓް

02 މެއި 2017
އިބްރާހިމޮވިޗް އަށް ލިބުނު އަނިޔާއާއެކު ކެރިޔަރު ނިންމާލަން ނުޖެހޭ: އެޖެންޓް
30 އެޕްރީލު 2017

ވެލެންސިޔާ އަތުން ލިބުނު މޮޅަކީ ރަނގަޅު ފެށުމެއް: ސުޒޭން

30 އެޕްރީލު 2017
ވެލެންސިޔާ އަތުން ލިބުނު މޮޅަކީ ރަނގަޅު ފެށުމެއް: ސުޒޭން
29 އެޕްރީލު 2017

ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ އެކު ބްރާވޯ އަށް ސީޒަން ނިމިއްޖެ

29 އެޕްރީލު 2017
ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ އެކު ބްރާވޯ އަށް ސީޒަން ނިމިއްޖެ
22 އެޕްރީލު 2017

ބެޔާންއަށް މެއިންޒް ކައިރިން ސަލަމާތެއް ނުވެވުނު

22 އެޕްރީލު 2017
ބެޔާންއަށް މެއިންޒް ކައިރިން ސަލަމާތެއް ނުވެވުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު