Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ކްރޮއޭޝިއާ އަތުން ސްޕެއިން އަށް ފަސޭހަ މޮޅެއް

ކްރޮއޭޝިއާގެ މައްޗަށް ސްޕެއިނުން ކުރި ހޯދީ 3-0 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޖޫން 2024 | އާދީއްތަ 03:21
މެޗުގައި ލަނޑު ޖެހުމަށްފަހު ސްޕެއިންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ސްޕެއިންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ބީ ގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުން ސްޕެއިން ފަސޭހަ މޮޅެއް ހޯދައިފި އެވެ.

ސްޕެއިން، ކްރޮއޭޝިއާ، އިޓަލީ އަދި އަލްބޭނިއާ ހިމެނިފައި އޮތް މި ގްރޫޕަކީ މުބާރާތުގެ އެންމެ ވަރުގަދަ ގްރޫޕް އެވެ. ޖަރުމަނުގެ އޮލިމްޕިއަސްޓޭޑަން ބާލިންގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ސްޕެއިން އިން ކާމިޔާބު ކުރީ

މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިނުން ވަނީ ތިން ލަނޑު ޖަހައި، މެޗުގެ ފުރިހަމަ ކޮންޓްރޯލް ހޯދައިފަ އެވެ. މެޗު ފަށައިގެން 29 ވަނަ މިނެޓުގައި ސްޕެއިން އަށް ލީޑު ނަގައިދިނީ އަލްވާރޯ މޮރާޓާ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަަސްކޮށްދިނީ ފަބިއަން ރުއީޒް އެވެ. އޭގެ ތިން މިނެޓު ފަހުން ސްޕެއިންގެ ދެ ވަނަ ލަނޑު ރުއީޒް ޖެހީ، ޒުވާން ކުޅުންތެރިޔާ ޕެޑްރީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސްޕެއިންގެ ތިން ވަނަ ލަނޑު ޖެހީ ޑެނީ ކާވަހާލް އެވެ. އެއީ ލަމީން ޔަމާލް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅުނު ސްޕެއިންގެ ޔަމާލް އަކީ، ޔޫރޯ ފުޓުބޯޅަ މުބާރާތެއްގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. ސްޕެއިންގެ ފުރަތަަމަ 11 ގައި ހިމެނިގެން މި މެޗުގައި ކުޅުނު ޔަމާލްގެ އުމުރަކީ 16 އަހަރާި، 338 ދުވަހެވެ. މެޗުގައި ސްޕެއިންގެ ތިން ވަނަ ލަނޑު ޖަހަން އޭނާ ފުރުސަތު ތަނަވަސްކޮށްދިންއިރު، ޔަމާލް އަކީ ޔޫރޯގައި ލަނޑެއް ޖެހުމަށް އެހީތެރިވެދިން އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ކްރޮއޭޝިއާ އަށް ލަނޑު ޖަހާނެ ފުރުސަތު ލިބުނެވެ. މެޗުގެ 80 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ ބްރޫނޯ ޕެޓްކޮވިޗް ފޮނުވާލި ނަމަވެސް، ސްޕެއިންގެ ގޯލު ކީޕަރު ވަނީ އެ ބޯޅަ ހުއްޓުވައިފަ އެވެ. އޭގެ ފަހުން ކުޅުމުގެ ތެރެއަށް ބޯޅަ އައިއިރު، އިރުކޮޅެއް ފަހުން ޕެޓްކޮވިޗް ލަނޑެއް ޖެހި ނަމަވެސް، ވިއޭއާރުން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ.

ކްރޮއޭޝިއާ އަތުން ހޯދި މޮޅާއެކު ސްޕެއިނުން ވަނީ އިތުބާރު ހޯދައިފަ އެވެ. މުބާރާތުގައި ސްޕެއިންގެ ދެ ވަނަ މެޗުގައި މި މަހުގެ 21 ވަނަ ދުވަހު ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީއާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު