Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ނޭޝަންސް ލީގު

ޕެނަލްޓީގައި ކްރޮއޭޝިއާ ބަލިކޮށް، ފްރާންސް ސެމީ ފައިނަލަށް

ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ފްރާންސް އިން ވަނީ 2-0 އިން އެގްރިގޭޓް ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެހެންވެ ކުޅުނު 15 މިނެޓުގެ ދެ ހާފުގައި ވެސް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުމުން ނަތީޖާ ނެރުމަށް ވަނީ ޕެނަލްޓީ ޖަހައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 މާރިޗު 2025 | ހޯމަ 04:56
ކުއާޓާ ފައިނަލްގެ ދެ ވަަނަ ލެގުގައި ޕެނަލްޓީން މޮޅުވުމުން ފްރާންސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ކުއާޓާ ފައިނަލްގެ ދެ ވަަނަ ލެގުގައި ޕެނަލްޓީން މޮޅުވުމުން ފްރާންސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި ޕެނަލްޓީ ޖަހައިގެން ކްރޮއޭޝިއާ ބަލިކޮށް، ފްރާންސް އިން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

މިދިޔަ ހަފުތާގައި މި ދެ ޓީމު ބައްދަލު ކުރި ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގު ކްރޮއޭޝިއާ އިން ކާމިޔާބު ކުރީ 2-0 އިންނެވެ. އެހެންކަމުން، މުބާރާތުގެ ސެމީ ފައިނަލް އިން ފުރުސަތު ހޯދުމަށް، ފްރާންސް އަށް އޮތީ ކްރޮއޭޝިއާ ބަލި ކުރުން މަޖުބޫރުވެފަ އެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގެ ފުރިހަމަ ވަގުތު ހަމަވީއިރު، ފްރާންސް އިން ވަނީ 2-0 އިން އެގްރިގޭޓް ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެހެންވެ ކުޅުނު 15 މިނެޓުގެ ދެ ހާފުގައި ވެސް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުމުން ނަތީޖާ ނެރުމަށް ވަނީ ޕެނަލްޓީ ޖަހައިފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި ފްރާންސް އަށް ލީޑު ނަގައިދިނީ މައިކަލް އޮލައިސޭ އެވެ. އޭގެ ފަހުން މެޗުގެ 80 ވަނަ މިނެޓުގައި އޮސްމާން ޑެމްބެލޭ ވަނީ ފްރާންސްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށް، އެގްރިގޭޓް ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

ނަތީޖާ ނެރުމަށް ޖެހި ހަތް ޕެނަލްޓީގެ ތެރެއިން ފްރާންސް އިން ވަނީ ފަސް ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. އެއީ ކީލިއަން އެމްބާޕޭ، އައުރެލިއަން ޗުއަމެނީ، ރަންޑަލް ކޯލޯ މުއާނީ، ޑިސެއާ ޑޯވް އަދި ޑަޔޮޓް އުޕެމަކާނޯގެ ޕެނަލްޓީ އެވެ. އެ ޓީމުގެ ޖޫލްސް ކޫންޑޭ އަދި ތިއޯ ހެނާންޑޭޒްގެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.

ހަތް ޕެނަލްޓީގެ ތެރެއިން ކްރޮއޭޝިއާ އަށް ކާމިޔާބު ކުރެވުނީ ހަތަރު ޕެނަލްޓީ އެެވެ. އެއީ ނިކޮލާ މޮރާ، މާރިއޯ ޕަސްލިޗް، ކްރިސްޓިއަން ޖަކިކް އަދި ޑޫކް ކަލެޓާ ކާގެ ޕެނަލްޓީ އެވެ. އެ ޓީމުގެ މާޓިން ބަޓުރިނާ، ފްރަންހޯ އިވަނޯވިޗް އަދި ޖޮސިޕް ސްޓަނިޗްގެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައި އެވެ.

ފްރާންސް އިން ވަނީ މީގެ ކުރިން 2021 ވަނަ އަހަރު ޔުއެފާ ނޭޝަންސް ލީގު ކާމިޔާބު ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު