Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ބޮޑު މޮޅާއެކު ނާގަލްސްމަން ހިތްހަމަ ޖެހިފައި

ނާގަލްސްމަން ބުނީ، މެޗުގައި ޖަރުމަނުގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް ރަނގަޅު ރިއެކްޝަނެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖޫން 2024 | ހޮނިހިރު 05:18
ޔޫރޯ މުބާާރާތުގެ ފުރަތަމަ މެޗުގައި ޖަރުމަނުން ކުޅުނު މެޗުގައި ނާގަލްސްމަން

ޔޫރޯ މުބާާރާތުގެ ފުރަތަމަ މެޗުގައި ޖަރުމަނުން ކުޅުނު މެޗުގައި ނާގަލްސްމަން

ހުކުރު ދުވަހު ޖަރުމަނުގައި ފެށި ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފުރަތަަމަ މެޗުގައި ޖަރުމަނުން ހޯދި ފުރިހަމަ މޮޅާއެކު، ހިތްހަމަ ޖެހިފައި ހުރި ކަމަށް އެ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފި އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ޖަރުމަނުން ނިކުތީ ސްކޮޓްލެންޑާ ދެކޮޅަށެވެ. އެ މެޗު ޖަރުމަނުން ކާމިޔާބު ކޮށްފަައި ވަނީ 5-1 ގެ ބޮޑު ތަފާތަކުންނެވެ.

އެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ނާގަލްސްމަން ބުނީ، މެޗުގައި ޖަރުމަނުގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް ރަނގަޅު ރިއެކްޝަނެއް ކަމަށެވެ. ނާގަލްސްމަން ބުނީ މެޗުގައި ޖަރުމަނުގެ ކޮޅަށް ލަނޑެއް ވަންނަން ކުޅުންތެރިން ބޭނުން ނުވި ކަމަށެވެ. މެޗުގައި ހަތަރު ލަނޑުގެ ލީޑެއް ޖަރުމަނަށް އޮތްއިރު ވެސް، ކުޅުންތެރިން ތިބީ އިތުރަށް ލަނޑު ޖަހަން ވަރަށް ބޭނުންވެފައި ކަމަށް ވެސް ނާގަލްސްމަން ބުންޏެވެ.

މީގެ އިތުރުން ނާގަލްްސްމަން ބުނީ، އޭނާ ހުރީ ވަރަށް ހިތްހަމަ ޖެހިގެން އަދި އުފަލުން ކަމަށެވެ. ޚާއްސަކޮށް އަމިއްލަ ޤައުމުގައި ފުރަތަމަ މެޗު ކުޅުމަކީ ވަރަށް ބޮޑު ޕްރެޝަރެއް ކަމަަށާއި، އެއީ ފަސޭހެ ކަމެއް ނޫން ކަމަށް ވެސް ނާގަލްސްމަން ވަނީ ބުނެފަ އެވެ. އޭގެ އިތުރުން އެންމެ ފަހުން ޖަރުމަނުން ކުޅުނު މުބާރާތްތަކުގެ ފުރަތަމަ މެޗަށް ބަލާއިރު، އެ ޓީމުގެ ނަތީޖާ ރަނގަޅު ނޫންކަން އޭނާ ފާހަގަ ކުރި އެވެ. އެހެންކަމުން ސްކޮޓްލެންޑު މެޗުން ލިބުނު މޮޅާއެކު، ކުރިއަށް ދާން އިތުރު ހިތްވަރެއް ލިބުނު ކަމުގައި ނާގަލްސްމަން ބުންޏެވެ.

ނާގަލްސްމަން ބުނީ މެޗުގެ ފުރަތަމަ 15 މިނެޓުގައި ސްކޮޓްލެންޑު ފެނުނީ ވަރަށް ވަރުގަދަ ކޮށް ކަމަށެވެ. ނަމަވެސް، އޭގެ ފަހުން ޖަރުމަނުގެ ކުޅުންތެރިން މެޗުގެ ތެރެއަށް ވަރަށް ރަނގަޅަށް ވަދެ، ދެއްކި ކުޅުމާއެކޮ ސްކޮޓްލެންޑު ވަރަށް ބޮޑަށް ޖެހިލުންވި ކަމަށް ވެސް ނާގަލްސްމަން ވަނީ ބުނެފަ އެވެ. ޚާއްސަކޮށް ޖަރުމަނު ކޮޅަށް މެޗު އަނބުރާލަން ކުޅުންތެރިން ކުރި ހިތްވަރާމެދު ފަޚުރުވެރިވާ ކަމަށް ނާގަލްސްމަން ބުންޏެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޖަރުމަނުގެ ދެ ވަނަ މެޗުގައި ނިކުންނާނީ ހަންގޭރީއާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު