Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗު

މެސީގެ ދެ ލަނޑާއެކު މޮޅުވެ، އާޖެންޓީނާ އިން ކޮޕާ އަށް ފުރިހަމަ އަށް ތައްޔާރުވެއްޖެ

މި މަހުގެ 20 ވަނަ ދުވަހު ފަށާ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތުގައި އާޖެންޓީނާ އޮތީ ގްރޫޕް އޭގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖޫން 2024 | ހޮނިހިރު 05:15
ގުއާޓްމަލާއާ ދެކޮޅަށް އާޖެންޓީނާ އިން ކުޅުނު މެޗުގައި މެސީ

ގުއާޓްމަލާއާ ދެކޮޅަށް އާޖެންޓީނާ އިން ކުޅުނު މެޗުގައި މެސީ

ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި ގުއާޓްމަލާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އާޖެންޓީނާ އިން ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތަށް ފުރިހަމަ އަށް ތައްޔާރުވެއްޖެ އެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން، ހުކުރު ދުވަހުގެ ރޭ ގުއާޓްމަލާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ، 4-1 އިންނެވެ.

މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ގުއާޓްމަލާ އަށް ލީޑު ލިބުނެވެ. އެއީ އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒް އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. ނަމަވެސް، މެޗުގެ 12 ވަނަ މިނެޓުގައި ކެޕްޓަން ލިއޮނަލް މެސީ ވަނީ އާޖެންޓީނާ އަށް ލަނޑު ޖަހައި، ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އާޖެންޓީނާ އަށް ލީޑު ނަަގައިދިނީ މާޓިނޭޒް އެވެ. އެއީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ. ދެ ވަނަ ހާފުގައި އާޖެންޓީނާގެ ތިން ވަނަ ލަނޑު މާޓިނޭޒް ޖެހީ 66 ވަނަ މިނެޓުގަ އެވެ. އޭގެ ފަހުން އާޖެންޓީނާގެ ހަތަރު ވަނަ ލަނޑު، މެޗުގެ 77 ވަނަ މިނެޓުގައި ޖެހީ ވެސް ކެޕްޓަން މެސީ އެވެ.

މި މަހުގެ 20 ވަނަ ދުވަހު ފަށާ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތުގައި އާޖެންޓީނާ އޮތީ ގްރޫޕް އޭގަ އެވެ. މި ގްރޫޕްގައި އާޖެންޓީނާ އާއެކު ދެން އޮތީ ކެނެޑާ، ޕެރޫ އަދި ޗިލީ އެވެ. ފުރަތަމަ މެޗުގައި އާޖެންޓީނާ އިން ކެނެޑާއާ ދެކޮޅަށް ނިކުންނާނީ 21 ވަނަ ދުވަހު އެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

01 ފެބުރުއަރީ 2017
ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު