Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާޖެންޓީނާގެ ޤައުމީ ޓީމު

މެސީ ލައްވާ ރިސްކެއް ނަގަން ސްކަލޯނީ ބޭނުމެއް ނުވޭ

ސްކަލޯނީ ބުނީ، ބައެއް ފަހަރު ކަންކަން ރިސްކަން ނުލެވޭނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޖޫން 2024 | އަންގާރަ 04:34
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ

ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ކުރިން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ލައްވާ، އެއްވެސް ރިސްކެއް ނަގަން ބޭނުން ނުވާ ކަމަށް އެ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.

އޭނާ މިހެން ބުނީ، ކޮޕާ އެމެރިކާ އަށް ތައްޔާރުވުމުގެ ގޮތުން އާޖެންޓީނާ އިން ކުޅުނު ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ ފުރަތަމަ މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. އެކުއެޑޯއާ ދެކޮޅަށް އާޖެންޓީނާ އިން ކުޅުނު މެޗުގައި ސްކަލޯނީ މެސީ އަށް ފުރުސަތު ދިނީ ބެންޗުންނެވެ. އޭނާ ކުޅެން ނިކުތީ މެޗުގައި ލަނޑު ޖެހި އެންހެލް ޑި މާރިއާގެ ބަދަލުގަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، ބައެއް ފަހަރު ކަންކަން ރިސްކަން ނުލެވޭނެ ކަމަށެވެ. އަދި އެއީ ހަމައެކަނި މެސީ އަށް އޮންނަ ގޮތެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ. ސްކަލޯނީ ބުނީ އެއީ ކުޅުންތެރިން ޙާލަތު އެންމެ ރަނގަޅަށް ދެނެގަނެ، އެމީހުންނަށް ވަގުތު ދޭން ޖެހޭ ކަމެއް ކަމަށެވެ. އެކަމުގެ ސަބަބުން، އެންމެ ބޭނުންވާ ވަގުތުގައި އެ ކުޅުންތެރިން އެންމެ ރަނގަޅު ފެންވަރުގައި ތިބޭނެ ކަމަށް ވެސް ސްކަލޯނީ ބުންޏެވެ.

އާޖެންޓީނާގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑު އަށް ފަހަރު ކާމިޔާބު ކޮށްފައިވާ މެސީ އަށް މި ފަހުން ވަނީ އަނިޔާގެ މައްސަލަ ދިމާވެފަ އެވެ. އެކަމުގެ ސަބަބުން މިއަހަރުގެ މާޗު މަހު އާޖެންޓީނާ އިން އެލް ސަލްވާޑޯ އަދި ކޮސްޓަރިކާއާ ދެކޮޅަށް ކުޅުނު ރަޙުމަތްތެރިކަމުގެ މެޗުގައި މެސީ ނުކުޅެ އެވެ. އެ މެޗުތަކަށް އާޖެންޓީނާ އިން އެކުލަވާލި ސްކޮޑުގައި ވެސް މެސީ ނުހިމަނަ އެވެ.

އެންމެ ފަހުން 2021 ވަނަ އަަހަރު އޮތް ކޮޕާ އެމެރިކާ މުބާރާތުގެ ޗެމްޕިއަންކަން އަދި 2022 ވަނަ އަހަރު އޮތް ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާ އިން އަންނަނީ މިއަހަރުގެ ކޮޕާ އެމެރިކާ މުބާރާތަށް ވަރުގަދަ އަށް ތައްޔާރުވަމުންނެވެ. މުބާރާތުގެ ކުރިން އާޖެންޓީނާ އިން ރަޙުމަތްތެރިކަމުގެ އެއް މެޗު އަދި ކުޅޭނެ އެވެ. މި މަހުގެ 15 ވަނަ ދުވަހު އާޖެންޓީނާ އިން ނިކުންނާނީ ގުއާޓްމަލާއާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

އެމްއޯސީގެ އިންތިހާބުގައި ވޯޓް ނަގަން ޖެހެނީ އެންމެ މަގާމަކަށް

24 އެޕްރީލު 2017
އެމްއޯސީގެ އިންތިހާބުގައި ވޯޓް ނަގަން ޖެހެނީ އެންމެ މަގާމަކަށް
24 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

24 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި
18 އެޕްރީލު 2017

ބޭލް ފިޓެއް ނޫން، ރިސްކެއް ނުނަގާނަން: ޒިދާން

18 އެޕްރީލު 2017
ބޭލް ފިޓެއް ނޫން، ރިސްކެއް ނުނަގާނަން: ޒިދާން
05 އެޕްރީލު 2017

ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ

05 އެޕްރީލު 2017
ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ
03 އެޕްރީލު 2017

ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

03 އެޕްރީލު 2017
ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު