Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވިޒިޓް މޯލްޑިވްސް ޕްރޯ 2024

ރާއްޖޭގެ ޓީމުން ދަނީ މޯލްޑިވްސް ޕްރޯ އަށް ފުރިހަމަ އަށް ތައްޔާރުވަމުން

މުބާރާތެއް އޮތަަސް ނުވަތަ ނެތަސް، އެ ދެ ޓީމު ވެސް މަހަކު 30 ގަޑިއިރުގެ ފަރިތަކުރުންތައް ކުރިއަށް ގެންދަން ޖެހޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޖޫން 2024 | އަންގާރަ 04:30
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަންގެ ރައީސް އަދި ޖެނަރަލް ސެކްރަޓަރީ

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަންގެ ރައީސް އަދި ޖެނަރަލް ސެކްރަޓަރީ

އައިބީސީގެ ވޯލްޑް ޓުއާ އިވެންޓް، ވިވިޓް މޯލްޑިވްސް ޕްރޯ 2024 އަށް ރާއްޖޭގެ ބޮޑީބޯޑަރުން އަންނަނީ ފުރިހަމަ އަށް ތައްޔާރުވަމުން ކަމަށް، ބޮޑީބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީބީއޭ) އިން ބުނެފި އެވެ.

މިއަހަރުގެ މޯލްޑިވްސް ޕްރޯ އޮންނާނީ އަންނަ އޯގަސްޓު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ ރާއްޖޭގައި މި މުބާރާތް ބާއްވާ ތިން ވަނަ އަހަރެވެ. މީގެ ކުރިން 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު ވެސް ރާއްޖޭގައި ވަނީ މި މުބާރާތް ބާއްވައިފަ އެވެ.

މިއަހަރުގެ މުބާރާތް ރަސްމީކޮށް ލޯންޗު ކުރުމަށް ހެންވޭރު ބޯޅަ ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްބީބީއޭގެ ރައީސް ޙުސައިން ނިޒާމް (ނިޒޯ) ވިދާޅުވީ، ރާއްޖޭގެ ޖޫނިއާ އަދި ސީނިއާ ޤައުމީ ޓީމު ސެލެކްޓު ކޮށްފައިވާނެ ކަމަށެވެ. މުބާރާތެއް އޮތަަސް ނުވަތަ ނެތަސް، އެ ދެ ޓީމު ވެސް މަހަކު 30 ގަޑިއިރުގެ ފަރިތަކުރުންތައް ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ. އަދި ޓީމު ތަކުގެ ޝެޑިއުލް ގައި ވެސް އެކަން ހިމަނާފައިވާނެ ކަމަށް ނިޒާމް ވިދާޅުވި އެވެ.

މީގެ އިތުރުން، އެ ގަޑިތައް ފުރިހަމަ ކުރުމުގެ އިތުރުން މޯލްޑިވްސް ޕްރޯ އަށް ތައްޔާރުވުމުގެ ގޮތުން ވަރަށް ބޮޑު އިސްކަމެއް ދީގެން ފަރިތަކުރަމުން އަންނަ ކަމަށް ވެސް ނިޒާމް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ރާޅު ލިބެމުން އަންނަ ވަރަކަށް، ރާޅުގައި ވެސް އެތުލީޓުން ފަރިތަކުރަމުން އަންނަކަން ނާޒިމް ފާހަގަ ކުރެއްވި އެވެ. އޭގެ އިތުރުން އެތުލީޓުން ޖިމަށް ދިޔުމާއި، ޖިސްމާނީ ގޮތުން ފިޓުވުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވީ، ނޭވާގެ ތަމްރީނުތައް ވެސް ކުރިއަށް ގެންދާ ކަމަށެވެ.

މުބާރާތާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަމުން ނާޒިމް ވިދާޅުވީ، މިދިޔަ އަހަރުގެ ވޯލްޑް ޓުއާ ނިންމާލިއިރު، ރާއްޖޭގެ ޖޫނިއާ އެތުލީޓަކު 10 ވަނައިގައި އޮތް ކަމަށެވެ. ބޮޑީބޯޑިންގެ ރޭންކިން އާންމުކުރާއިރު، ރާއްޖޭގެ ދިދަ މުޅި ދުނިޔޭގައި ފެންނަކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ، އެންމެން އެކުވެގެން ކުރާ މަސައްކަތުން މިއަހަރުގެ މުބާރާތުގައި ކުރިއަށް ވުރެ ރަނގަޅު ކާމިޔާބީއެއް ނުވަތަ ނަތީޖާއެއް ނެރެވޭނެ ކަމުގެ އުންމީދު އޮތް ކަމަށެވެ.

ރާއްޖޭގައި މިދިޔަ ދެ އަހަރު ބޭއްވި މޯލްޑިވްސް ޕްރޯ އިވެންޓުގައި ވެސް ރާއްޖޭގެ އެތުލީޓުން ވަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެއާއެކު ރާއްޖޭގެ އެތުލީޓުންނަށް ދުނިޔޭގެ ރޭންކިން އިން ޖާގަ ލިބުނެވެ.

މޯލްޑިވްސް ޕްރޯ 2024މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ޙުސައިން ނިޒާމް (ނިޒޯ)

އިތުރަށް ކިޔާލަން

18 މާރިޗު 2025

އެމްބީބީއޭގެ އަހަރީ އާންމު ޖަލްސާ ބާއްވައި، ބަޖެޓު ފާސްކޮށްފި

18 މާރިޗު 2025
އެމްބީބީއޭގެ އަހަރީ އާންމު ޖަލްސާ ބާއްވައި، ބަޖެޓު ފާސްކޮށްފި
10 ޖޫން 2024

މޯލްޑިވްސް ޕްރޯ 2024 ރަސްމީކޮށް ލޯންޗުކޮށްފި

10 ޖޫން 2024
މޯލްޑިވްސް ޕްރޯ 2024 ރަސްމީކޮށް ލޯންޗުކޮށްފި
23 ޑިސެމްބަރު 2023

ޤައުމީ ބޮޑީބޯޑިން ލީގު ޗެމްޕިއަންކަން ޖާއްޓެއަށް

23 ޑިސެމްބަރު 2023
ޤައުމީ ބޮޑީބޯޑިން ލީގު ޗެމްޕިއަންކަން ޖާއްޓެއަށް
10 އޯގަސްޓު 2023

ޖޫނިއާ ބައިގެ ސެމީ ފައިނަލްގައި ނާކާމިޔާބުވީ ނަމަވެސް، އާމިންގެ ހިތްވަރަށް ސާބަސް

10 އޯގަސްޓު 2023
ޖޫނިއާ ބައިގެ ސެމީ ފައިނަލްގައި ނާކާމިޔާބުވީ ނަމަވެސް، އާމިންގެ ހިތްވަރަށް ސާބަސް
10 އޯގަސްޓު 2023

ވާދަވެރި ހީޓަކަށްފަހު ޑްރޮޕްނީގެ ކުއާޓަރ ފައިނަލްގައި ކުޑައައްޔަ އަށް ނާކާމިޔާބު

10 އޯގަސްޓު 2023
ވާދަވެރި ހީޓަކަށްފަހު ޑްރޮޕްނީގެ ކުއާޓަރ ފައިނަލްގައި ކުޑައައްޔަ އަށް ނާކާމިޔާބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު