Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ބޮޑީބިލްޑިން މުބާރާތް

ވޯލްޑް ބޮޑީބިލްޑިން މުބާރާތުގައި އަޒްނީން އަށް ރަން މެޑަލް

11 ނޮވެމްބަރު 2024 | ހޯމަ 04:42

މިއީ ވޯލްޑް ބޮޑީބިލްޑިން މުބާރާތުގައި އަޒްނީން، ޖެހި ޖެހިގެން ރަން މެޑަލް ހޯދި ފަހަރެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ނޮވެމްބަރު 2024 | ހޯމަ 04:42
މިއަހަރުގެ އޭޝިއާ މުބާރާތުގައި ރަން މެޑަލް ހޯދި އަޒްނީން

މިއަހަރުގެ އޭޝިއާ މުބާރާތުގައި ރަން މެޑަލް ހޯދި އަޒްނީން

ރާއްޖޭގައި ކުރިއަށްދާ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ވާދަކޮށް، ރާއްޖޭގެ އަޒްނީން ރަޝާދު ރަން މެޑަލް ހޯދައިފި އެވެ،

އައްޑޫ ސިޓީ ކެނަރީފް ރިޒޯޓުގައި ކުރިއަށް ދާ މުބާރާތުގައި ވާދަކޮށް އަޒްނީން ރަން މެޑަލް ހޯދީ ސްޕޯޓްސް ފީޒީކް 170 ސެންޓްމީޓަރު ކެޓަގަރީންނެވެ. މި އިވެންޓުގެ ރަން މެޑަލް އެންމެ ފުރަތަމަ އަޒްނީން ހޯދީ 2022 ވަނަ އަހަރު އެވެ. ތައިލެންޑުގައި އެ އަހަރު ކުރިއަށް ދިޔަ މުބާރާތުގައި ވާދަކޮށް އަޒްނީން ރަން މެޑަލް ހޯދިއިރު، މިދިޔަ އަހަރު ދެކުނު ކޮރެއާގައި ކުރިއަށް ދިޔަ މުބާރާތުން ވެސް އަޒްނީން ވަނީ ރަން މެޑަލް ހޯދައިފަ އެވެ. އެހެންކަމުން މިއީ ވޯލްޑް ބޮޑީބިލްޑިން މުބާރާތުގައި އަޒްނީން، ޖެހި ޖެހިގެން ރަން މެޑަލް ހޯދި ފަހަރެވެ.

ވޯލްޑް ބޮޑީބިލްޑިން މުބާރާތުގެ އިތުރުން، އަޒްނީން ވަނީ މި ކެޓަގަރީން އޭޝިއާ މުބާރާތުގައި ވެސް ޖެހި ޖެހިގެން ތިން ވަނަ ފަހަރަށް ރަން މެޑަލް ހޯދައިފަ އެވެ. އެގޮތުން 2022 ވަނަ އަހަރު ރާއްޖޭގައި އޮތް އޭޝިއާ މުބާރާތުގައި އަޒްނީން ރަން މެޑަލް ހޯދި އެވެ. އޭގެ ފަހުން 2023 ވަނަ އަހަރު ނޭޕާލުގައި ބޭއްވި އޭޝިއާގެ މުބާރާތް އަދި މިއަހަރު އިންޑޮނޭޝިއާގައި އޮތް އޭޝިއާ މުބާރާތުގައި ވެސް އަޒްނީން ވަނީ ރަން މެޑަލް ތަކުރާރުކޮށްފަ އެވެ.

މީގެ އިތުރުން މިއަހަރުގެ ވޯލްޑް ބޮޑީބިލްޑިން މުބާރާތުގައި ވާދަކޮށް ރާއްޖޭގެ ޝާހީން އިބްރާޙީމް ވެސް ވަނީ ރަން މެޑަލް ހޯދައިފަ އެވެ. އޭނާ ރަން މެޑަލް ހޯދާފައި ވަނީ ބޮޑީބިލްޑިން 55 ކިލޯ ކެޓަގަރީންނެވެ. މިއީ މި ކެޓަގަރީގައި ވާދަކޮށް ދިވެހި އެތުލީޓަކު ރަން މެޑަލް ހޯދި ފުރަތަމަ ފަހަރެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
26 ޖެނުއަރީ 2017

އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

26 ޖެނުއަރީ 2017
އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
15 ޖެނުއަރީ 2017

އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް

15 ޖެނުއަރީ 2017
އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް