Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމްބީބީއޭ

އެމްބީބީއޭގެ އަހަރީ އާންމު ޖަލްސާ ބާއްވައި، ބަޖެޓު ފާސްކޮށްފި

މިއަހަރަށް އެމްބީބީއޭ އިން ފާސްކޮށްފައި ވަނީ 6.5 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މިދިޔަ އަހަރުގެ ބަޖެޓާ އަޅާ ބަލާއިރު، ބޮޑު އަދަދެއްގެ ދަށްވުމެކެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 މާރިޗު 2025 | އަންގާރަ 05:35
އެމްބީބީއޭގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން

އެމްބީބީއޭގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން

މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން، އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ބާއްވައި، މިއަހަރުގެ ބަޖެޓު ފާސްކޮށްފި އެވެ.

ހެންވޭރު ބޯޅަ ގޭގައި އޮތް އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި ވަނީ މިއަހަރަށް ލަފާ ކުރާ ބަޖެޓު ފާސްކޮށްފަ އެވެ. އޭގެ އިތުރުން، 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ފާސް ކުރުމުގެ އިތުރުން، އެސޯސިއޭޝަންގެ އަަސާސީ ޤަވާއިދަށް ގެންނަން ބޭނުންވި ބަދަލުތައް ވެސް ފާސްކޮށްފައިވެ އެވެ.

މިއަހަރަށް އެމްބީބީއޭ އިން ފާސްކޮށްފައި ވަނީ 6.5 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މިދިޔަ އަހަރުގެ ބަޖެޓާ އަޅާ ބަލާއިރު، ބޮޑު އަދަދެއްގެ ދަށްވުމެކެވެ.

އެމްބީބީއޭ އިން ބުނެފައިވާ ގޮތުގައި މިދިޔަ ތިން އަހަރު ވެސް ބޭއްވި ބައިނަލްއަޤުވާމީ މުބާރާތް ކަމަށްވާ، ވިޒިޓް މޯލްޑިވްސް ޕްރޯ މިއަހަރު ބޭއްވޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށެވެ. އެއީ އެ މުބާރާތް ކުރިއަށް ގެންދިޔުމަށް ސަރުކާރުގެ ފަރާތުން ލިބެން ޖެހޭ ޔަގީންކަން ނުލިބޭތީ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެފައިވެ އެވެ.

މިދިޔަ ތިން އަހަރު ވެސް ވިޒިޓް މޯލްޑިވްސް ޕްރޯ ބާއްވާފައި ވަނީ ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމާ އެކު އެވެ. އެހެން ނަމަވެސް، މިއަހަރު އެ މުބާރާތް ބޭއްވޭނެ ކަމުގެ ޔަގީންކަން ނެތުމުން، މިއަހަރުގެ ބަޖެޓުގައި އެ މުބާރާތަށް ޚަރަދުވާނެ ކަމަށް ލަފާ ކުރެވޭ ފައިސާ ނުހިމަނަން އެމްބީބީއޭ އިން ނިންމީ އެވެ.

އަހަރީ އާންމު ޖަލްސާގައި އެމްބީބީއޭގެ އަސާސީ ޤަވާއިދަށް ގެނެވުނު ބަދަލުތަކުގެ ދަށުން ވަނީ، ބައެއް ކޮމެޓީތައް ވެސް އުފައްދައިފަ އެވެ. މީގެ އިތުރުން ޖޫނިއާ ކެޓަގަރީ ގައި ހިމެނޭ އެތުލީޓުންނަށް، ސީނިއާ ޤައުމީ ޓީމަށް އެރުމުގެ ފުރުސަތު ފަހި ވާނެ ގޮތަށް ވެސް ބަދަލު ގެނެސްފައިވެ އެވެ.

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)

އިތުރަށް ކިޔާލަން

11 ޖޫން 2024

ރާއްޖޭގެ ޓީމުން ދަނީ މޯލްޑިވްސް ޕްރޯ އަށް ފުރިހަމަ އަށް ތައްޔާރުވަމުން

11 ޖޫން 2024
ރާއްޖޭގެ ޓީމުން ދަނީ މޯލްޑިވްސް ޕްރޯ އަށް ފުރިހަމަ އަށް ތައްޔާރުވަމުން
23 ޑިސެމްބަރު 2023

ޤައުމީ ބޮޑީބޯޑިން ލީގު ޗެމްޕިއަންކަން ޖާއްޓެއަށް

23 ޑިސެމްބަރު 2023
ޤައުމީ ބޮޑީބޯޑިން ލީގު ޗެމްޕިއަންކަން ޖާއްޓެއަށް
10 އޯގަސްޓު 2023

ޖޫނިއާ ބައިގެ ސެމީ ފައިނަލްގައި ނާކާމިޔާބުވީ ނަމަވެސް، އާމިންގެ ހިތްވަރަށް ސާބަސް

10 އޯގަސްޓު 2023
ޖޫނިއާ ބައިގެ ސެމީ ފައިނަލްގައި ނާކާމިޔާބުވީ ނަމަވެސް، އާމިންގެ ހިތްވަރަށް ސާބަސް
10 އޯގަސްޓު 2023

ވާދަވެރި ހީޓަކަށްފަހު ޑްރޮޕްނީގެ ކުއާޓަރ ފައިނަލްގައި ކުޑައައްޔަ އަށް ނާކާމިޔާބު

10 އޯގަސްޓު 2023
ވާދަވެރި ހީޓަކަށްފަހު ޑްރޮޕްނީގެ ކުއާޓަރ ފައިނަލްގައި ކުޑައައްޔަ އަށް ނާކާމިޔާބު
09 އޯގަސްޓު 2023

ކުއާޓާގައިވެސް ތަފާތު ދައްކައި، އާމިން ސެމީ ފައިނަލަށް

09 އޯގަސްޓު 2023
ކުއާޓާގައިވެސް ތަފާތު ދައްކައި، އާމިން ސެމީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު