Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗު

އައިސްލެންޑުން އިންގްލެންޑު ބަލިކޮށްފި

އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުން އައިސްލެންޑް މޮޅުވީ 1-0ން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޖޫން 2024 | ހޮނިހިރު 05:04
އިންގްލެންޑާއި އައިސްލެންޑް ކުޅުނު މެޗުގެ ތެރެއިން

އިންގްލެންޑާއި އައިސްލެންޑް ކުޅުނު މެޗުގެ ތެރެއިން

ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުން އައިސްލެންޑް މޮޅުވެއްޖެ އެވެ.

މިއީ މި މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު ރަޙުމަތްތެރިކަމުގެ މެޗެކެވެ. އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުން އައިސްލެންޑް މޮޅުވީ 1-0ންނެވެ.

މެޗުގައި ރަނގަޅަށް ކުޅުނީ އިންގްލެންޑެވެ. މެޗުގައި އިންގްލެންޑަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ޓީމަށް އެއްވެސް ފުރުސަތެއްގެ ބޭނުމެއް ނުހިފުނެެވެ. މެޗުގައި އައިސްލެންޑުން ލަނޑު ޖަހާފައި ވަނީ ފުރަތަމަ ހާފުގަ އެވެ. މެޗު ފަށައިގެން 12 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޖޯން ޑަގޫ ޕޯސްޓެއިންސަން އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ހާކޮން އާނާ ހެރާލްޑްސަން އެވެ.

ޔޫރޯ އަށް ތަައްޔާރުވުމުގެ ގޮތުން އިންގެލެންޑުން ވަނީ ރަޙުމަތްތެރިކަމުގެ ދެ މެޗު ކުޅެފަ އެވެ. ފުރަތަމަ މެޗުގައި ބޮސްނިއާ އަތުން މޮޅުވި ނަމަވެސް، ދެ ވަނަ މެޗުގައި އައިސްލެންޑު އަތުން ބަލިވީ އެވެ.

ޔޫރޯ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އިންގްލެންޑުން ސާބިއާއާ ދެކޮޅަށް ނިކުންނާނީ މި މަހުގެ 17 ވަނަ ދުވަހު އެވެ. އޭގެ ތިން ދުވަސް ފަހުން ދެ ވަނަ މެޗުގައި ނިކުންނާނީ ޑެންމާކާ ދެކޮޅަށެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި 26 ވަނަ ދުވަހު ނިކުންނާނީ ސްލޮވޭނިއާއާ ދެކޮޅަށެވެ.

ޔޫރޯ 2024 (ޖަރުމަނު)އިންގްލެންޑުގެ ގައުމީ ޓީމުއައިސްލޭންޑް

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2025

އައިސްލެންޑުން ފުރަތަމަ ފަހަރަށް މަދިރި ފެނިއްޖެ

22 އޮކްޓޯބަރު 2025
އައިސްލެންޑުން ފުރަތަމަ ފަހަރަށް މަދިރި ފެނިއްޖެ
15 އޮކްޓޯބަރު 2025

ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

15 އޮކްޓޯބަރު 2025
ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ
10 ސެޕްޓެމްބަރު 2025

ސާބިއާ ބަލިކޮށް، އިންގްލެންޑުގެ މޮޅުވުން ކުރިއަށް

10 ސެޕްޓެމްބަރު 2025
ސާބިއާ ބަލިކޮށް، އިންގްލެންޑުގެ މޮޅުވުން ކުރިއަށް
07 ސެޕްޓެމްބަރު 2025

އެންޑޯރާ ބަލިކޮށް އިންގްލެންޑަށް ހަތަރު ވަނަ މޮޅު

07 ސެޕްޓެމްބަރު 2025
އެންޑޯރާ ބަލިކޮށް އިންގްލެންޑަށް ހަތަރު ވަނަ މޮޅު
18 ނޮވެމްބަރު 2024

ދެ ވަނަ ހާފުގައި ފަސް ލަނޑު ޖަހައިގެން މޮޅުވެ، އިންގްލެންޑު އެއް ވަަނަ އަށް

18 ނޮވެމްބަރު 2024
ދެ ވަނަ ހާފުގައި ފަސް ލަނޑު ޖަހައިގެން މޮޅުވެ، އިންގްލެންޑު އެއް ވަަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު