Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގެ ގައުކައު އިމްތިހާން

ދުނިޔޭގެ އެންމެ އުނދަގޫ ކޮލެޖް އެންޓްރަންސް އިމްތިހާނުގައި މިއަހަރު 13 މިލިއަނަށް ވުރެ ގިނަ ދަރިވަރުން

ޗައިނާގެ ދަރިވަރުންނަށް މި އިމްތިހާނުން ރަނގަޅު ނަތީޖާއެއް ހޯދިގެން ނޫނީ ރަނގަޅު ޔުނިވަރސިޓީ އަކުން ޖާގައެއް ލިބޭނެ ގޮތެއް ނޯވޭ

ރާއްޖެ އެމްވީ | 7 ޖޫން 2024 | ހުކުރު 18:40
ޗައިނާގެ ވޫހާން ސިޓީގައި, ނޭޝަނަލް ކޮލެޖަށް ވަނުމުގެ އިމްތިހާނު ނުވަތަ "ގައޯކާއޯ" ގައި ބައިވެރިވުމަށް ދަރިވަރަކު ސްކޫލަކަށް ވަންނަނީ

ޗައިނާގެ ވޫހާން ސިޓީގައި, ނޭޝަނަލް ކޮލެޖަށް ވަނުމުގެ އިމްތިހާނު ނުވަތަ "ގައޯކާއޯ" ގައި ބައިވެރިވުމަށް ދަރިވަރަކު ސްކޫލަކަށް ވަންނަނީ

ދުނިޔޭގެ އެންމެ އުނދަގޫ ކޮލެޖް އެންޓްރަންސް އިމްތިހާނުގެ ގޮތުގައި ބެލެވޭ އިމްތިހާނުގައި މިއަހަރު ޗައިނާގެ އެކި ކަންކޮޅުތަކުން 13 މިލިއަނަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވަމުން އެބަދެއެވެ.

"ގައުކައު" އިމްތިހާނުގެ ނަން ދީފައިވާ ޗައިނާގެ މި އިމްތިހާނަކީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ދިރާސީ އިމްތިހާނެވެ. 2 ދުވަހުގެ މުއްދަތައް ކުރިއަށްދާ މި އިމްތިހާނު ޗައިނާގެ މީޑިއާ އިން ސިފަކޮށްފައިވަނީ އިމްތިހާނުގެ ވާދަވެރިކަން ބޮޑުކަމާއެކު "ދުނިޔޭގެ އެންމެ އުނދަގޫ އިމްތިހާން" ގެ ގޮތުގައެވެ.

ދަރިވަރުން ބައިވެރިވާ ކޮންމެ މާއްދާއަކަށް 2 ގަޑީއިރުގެ ވަގުތެއް ކަނޑައެޅިފައިވާ މި އިމްތިހާނުގައި ގްރޭޑް 12 އާ ހަމައަށް ދަރިވަރުން ކިޔަވާފައިވާ ހުރިހާ އެއްޗަކުން އިމްތިހާނު ކުރެވިގެން ދާނެ ކަމަށް ޗައިނާގެ ޒިންހުއާ އިން ބުނެފައިވެއެވެ.

މިއަހަރުގެ އިމްތިހާނުގައި 13.4 މިލިއަން ދަރިވަރުން ބައިވެރިވާ އިރު މިއީ މިހާތަނަށް ޗައިނާގައި ބާއްވާ އެންމެ ބޮޑު އިމްތިހާނު ކަމަށް ވަނީ ރެކޯޑް ކުރެވިފައެވެ. ހުސްވި އަހަރު އިމްތިހާނު ހަދާފައިވަނީ 12.9 މިލިއަން ދަރިވަރުންނެވެ.

ޗައިނާގެ ދަރިވަރުންނަށް މި އިމްތިހާނުން ރަނގަޅު ނަތީޖާއެއް ހޯދިގެން ނޫނީ ރަނގަޅު ޔުނިވަރސިޓީ އަކުން ޖާގައެއް ލިބޭނެ ގޮތެއް ނޯންނާތީ، އެތައް އަހަރެއް ވަންދެން މި އިމްތިހާނަށް ތައްޔާރު ވުމުގައި ވަގުތު ހޭދަ ކުރާ ކަމަށްވެއެވެ.

އިމްތިހާނު ކުރެވޭ މާއްދާތަކުގެ ތެރޭގައި ޗައިނީސް ލިޓްރެޗަރ އާއި، ހިސާބާއި، އިނގިރޭސި އާއި ފިޒިކްސް އާއި ކެމިސްޓްރީ އާއި ޕޮލިޓިކްސް އާއި ހިސްޓްރީ ހިމެނެއެވެ.

ދުނިޔޭގެ އެހެން ބައެއް ގައުމުތަކާ ޚިލާފަށް ޗައިނާގައި ކޮލެޖަށް ވަންނަ އިމްތިހާނުގައި ބައިވެރިވާން ގިނަ ކުދިންނަށް ލިބެނީ އެންމެ ފުރުސަތެކެވެ.

ހުކުރު ދުވަހު މިއަހަރުގެ އިމްތިހާން ފެށުނު އިރު ދަރިވަރުން ގޮވައިގެން އައި ބެލެނިވެރިން އެކުދިން އިމްތިހާން ހޯލަށް ވެއްދުމަށް ފަހު ހާސްވެފައި އިމްތިހާން ހޯލުގެ ބޭރުގައި ތިއްބެވެ. ގިނަ ބެލެނިވެރިން ތިބީ ކާމިޔާބު ރަމްޒް ކޮށްދޭ ކުލަ ކަމަށް ޗައިނާގައި ގަބޫލު ކުރާ ރަތް ކުލައިން ހެދުން އަޅައިގެންނެވެ. ބައެއް ބެލެނިވެރިން ތައުލީމީ ކާމިޔާބާ ގުޅިފައިވާ ކަމަށް ޗައިނާގައި ގަބޫލު ކުރާ ސަންފްލާވަރ ހިފައިގެން ތިއްބެވެ.

ޗައިނާގެ ޒިންހުއާ އިން ބުނެފައިވާ ގޮތުގައި އިމްތިހާނަށް ދާ ދަރިވަރުންނަށް ޓެކްސީ ސެންޓަރުތަކުން ބުކިން ހެދުން މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވަނީ ފެށިފައެވެ.

ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި ހުކުރު ދުވަހު ޓްރެންޑް ވަމުން އައިސްފައިވަނީ މި އިމްތިހާނަށް ހެޔޮ އެދުމުގެ މެސެޖްތަކެވެ.

ޗައިނާގެ ގައުކައު އިމްތިހާންޗައިނާ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
03 ޖުލައި 2025

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި
19 މާރިޗު 2025

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު