Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލީލް

ލީލްގެ ކޯޗުކަމުން ފޮންސެކާ ވަކިވެއްޖެ

ލީލްގެ ކޯޗުކަމުން ފޮންސެކާ ވަކިވެފައިވާއިރު، އިޓަލީގެ އޭސީ މިލާނުން އަންނަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ޖޫން 2024 | ބުރާސްފަތި 05:05
ލީލްގެ ކޯޗުކަމުން ވަކިވި ފޮންސެކާ

ލީލްގެ ކޯޗުކަމުން ވަކިވި ފޮންސެކާ

ފްރާންސްގެ ލީލް އަށް އިރުޝާދު ދެމުން އައި ޕޯޗުގަލްގެ ޕައޮލޯ ފޮންސެކާ އެ ކުލަބުގެ ކޯޗުކަމުން ވަކިވެއްޖެ އެވެ.

ލީލްގެ ކޯޗުކަމާ ފޮންސެކާ ހަވާލުވީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ ޖޫން މަހުގެ ނިޔަލަށެވެ. ފޮންސެކާ ވަނީ ލީލްގެ އެއްބަސްވުން އިތުރަށް އައު ނުކުރަން ނިންމައިފަ އެވެ.

ލީލް އިން ބުނީ އެ ކުލަބުގެ ކޯޗުކަމުން ފޮންސެކާ ވަކިވާން ނިންމާފައިވާ ކަމަށާއި، ކުލަބުން އެ ނިންމުން ބަލައި ގަންނަ ކަމަށެވެ. އަދި ލީލްގެ ރައީސް އާއި ކުލަބުގެ އެންމެހާ އިސްވެރިން އަދި ސަޕޯޓަރުންގެ ފަރާތުން ފޮންސެކާ އަށް ޝުކުރު އަދާ ކުރާ ކަމަށް ވަނީ ބުނެފަ އެވެ. ފާއިތުވި ދެ އަހަރުގެ ތެރޭގައި ލީލް އާއެކު ފޮންސެކާ ކޮށްފައިވާ މަސައްކަތް ބަލައި ގަންނަ ކަމަށް ވެސް އެ ކުލަބުން ވަނީ ބުނެފަ އެވެ. އަދި ފޮންސެކާ އަށް އިތުރު ކާމިޔާބާއި، ކުރިއެރުމަށް އެދޭ ކަމުގައި ވެސް ބުނެފައިވެ އެވެ.

ލީލްގެ ކޯޗުކަމުން ފޮންސެކާ ވަކިވެފައިވާއިރު، އިޓަލީގެ އޭސީ މިލާނުން އަންނަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިލާންގެ ހުށަހެޅުމެއް ފޮންސެކާ އަށް ހުށަހަޅާފައިވާއިރު، ފޮންސެކާ ހުރީ އެ ހުށަހެޅުމަށް ޤަބޫލު ވެގެން ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި، ފޮންސެކާ އޭސީ މިލާންގެ ކޯޗުކަމާ ހަވާލުވާނެ ކަމަށް ވަނީ ބުނެފަ އެވެ.

ފޮންސެކާ އޭނާގެ ކޯޗިން ކެރިއަރު ފެށީ 2005 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަަށް އޭނާ ވަނީ ގިނަ ކުލަބުތަކެއްގައި މަސައްކަތް ކޮށްފަ އެވެ. ފޮންސެކާ އިރުޝާދު ދީފައިވާ ކުލަބުތަކުގެ ތެރޭގައި، ޕޯޓޯ، ބްރާގާ، ޝަޚްތަރު ޑޮނެސްކް އަދި ރޯމާ ފަދަ ކަލަބުތައް ހިމެނެ އެވެ.

ފޮނެސްކާގެ އިރުޝާދުގެ ދަށުން ލީލް ވަނީ 89 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން 47 މެޗުން އެ ޓީމު މޮޅުވެފައިވާއިރު، 18 މެޗުން ވަނީ ބަލިވެފަ އެވެ. 24 މެޗެއް ނިމުނީ އެއްވަރުވެގެންނެވެ. މި ސީޒަންގެ ފްރާންސް ލީގުގައި އެ ޓީމު އޮތީ ވެސް ތިން ވަނައިގަ އެވެ.

އިތުރަށް ކިޔާލަން

29 ޑިސެމްބަރު 2017

ބްރިސްބޭން އިންޓަނޭޝަނަލް އިން ނަދާލް ވަކިވެއްޖެ

29 ޑިސެމްބަރު 2017
 ބްރިސްބޭން އިންޓަނޭޝަނަލް އިން ނަދާލް ވަކިވެއްޖެ
23 ޑިސެމްބަރު 2017

ސެވިއްޔާގެ ކޯޗުކަމުން ބެރީޒޯ ވަކިކޮށްފި

23 ޑިސެމްބަރު 2017
ސެވިއްޔާގެ ކޯޗުކަމުން ބެރީޒޯ ވަކިކޮށްފި
03 ނޮވެމްބަރު 2017

ޕެރިސް މާސްޓާސް: ކުއާޓާގެ ޖާގައެއް ކަށަވަރުވެފަ އޮއްވާ ނަދާލް މުބާރާތުން ވަކިވެއްޖެ

03 ނޮވެމްބަރު 2017
ޕެރިސް މާސްޓާސް: ކުއާޓާގެ ޖާގައެއް ކަށަވަރުވެފަ އޮއްވާ ނަދާލް މުބާރާތުން ވަކިވެއްޖެ
20 އޮކްޓޯބަރު 2017

އެވަޓަންގެ ކޯޗުކަމުން އަހަރެން ވަކިކޮށްފާނެ: ރޮނަލްޑް ކޯމަން

20 އޮކްޓޯބަރު 2017
އެވަޓަންގެ ކޯޗުކަމުން އަހަރެން ވަކިކޮށްފާނެ: ރޮނަލްޑް ކޯމަން
12 އޮކްޓޯބަރު 2017

ސްކޮޓްލެންޑްގެ ކޯޗުގެ މަގާމުން ސްޓްރެޗަން ވަކިވެއްޖެ

12 އޮކްޓޯބަރު 2017
ސްކޮޓްލެންޑްގެ ކޯޗުގެ މަގާމުން ސްޓްރެޗަން ވަކިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު