Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިލްވާން ގެއްލުވާލިތާ 3 އަހަރު

ހިނގާލުމަށް ފުލުހުން އަނިޔާވެރިކަން އިސްކުރީތީ އެކަން ކުށްވެރިކުރަން : ރިލްވާންގެ އާއިލާ

9 އޯގަސްޓު 2017 | ބުދަ 13:31

މުޅި ދަޢުލަތުން ވަނީ އިޙްމާލުވެފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 އޯގަސްޓު 2017 | ބުދަ 13:31
އަންގާރަ ދުވަހު ބޭއްވި ސުލްޙަވެރި ހިނގާލުން

އަންގާރަ ދުވަހު ބޭއްވި ސުލްޙަވެރި ހިނގާލުން

ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލައިގެ މައުލޫމާތު ފުލުހުން ހިއްސާ ނުކުރާތީ އާއި ތަޙްގީގު އަވަސް ކޮށްދިނުމަށް ގޮވާލައި އަންގާރަ ދުވަހު ބޭއްވި ހިނގާލުމަށް ފުލުހުން ޤާނޫނާ ޙިލާފަށް ހުރަސް އަޅައި، އަނިޔާވެރިކަން އިސްކޮށްފައިވާތީ ރިލްވާނުގެ އާއިލާއިން އެކަން ކުށްވެރިކޮށް ބުދަ ދުވަހު ނޫސްބަޔާނެއް ނެރެފިއެވެ.

މި ނޫސްބަޔާނުގައި ރިލްވާންގެ އާއިލާއިން ބުނެފައިވަނީ ރިލްވާން ގެއްލުނު ފަހުން އެ އާއިލާގެ ފަރާތުން ހޭދަކޮށްފައިވާ 3 އަހަރަކީ ހިތާމައާއި ހިތްދަތިކަން ކުރިމަތިކުރުވި އަހަރުތަކެއް ކަމަށާއި މިފަދަ ހިތާމަވަރިކަމެއް އާއިލާއަށް ކުރިމަތިވެފައި ވަނިކޮށް ދަޢުލަތުގެ އެކިއެކި މުވައައްސަސާ ތަކުގައި ރިލްވާންއަށް ވީ ގޮތެއް ހޯދައި ދިނުމަށް އެދުނު ނަމަވެސް އެއްވެސް މުވައްސަސާއަކުން މިއަދާ ހަމައަށް އައިއިރު ޖަވާބުދާރީ ވެފައިނުވާ ކަމަށެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހު ބާއްވާފައިވާ ސުލްޙަވެރި ހިނގާލުމަށް ފުލުހުން ހުރަސް އެޅުމަކީ ރިލްވާން ހޯދުމަށްޓަކައި އާއިލާއިން ކުރާ އާދޭސްތަކަށް ފުލުހުން ބީރު ކަންފަތެއް ދިނުން ކަމަށާއި ރިލްވާން ހޯދުމަށްޓަކައި އާއިލާއިން ކުރާ މަސައްކަތަށް ފުލުހުން ހުރަސް އެޅުން ކަމުގައި ދެކޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ހިނގާލުމުގެ ބައިވެރިންނާއި ރިލްވާންގެ އާއިލާގެ މެމްބަރުންނަށް އަމާޒުކޮށް ފުލުހުން ޕެޕަރ ސްޕްރޭ ޖަހައި، މީހުންތައް ކޮއްޕާ، އެކަށީގެންނުވާ މިންވަރުގެ ބާރު ފުލުހުން ބޭނުންކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

އިއްޔެގެ ހިނގާލުމުގައި 9 ބައިވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މުޅި މަގުމަތި ހަލަބޮލިކޮށްފައިވަނީ އެއްވެސް ބޭނުމެއް ނެތި ކަމަށާއި މިފަދަ ބިރުދެއްކުންތަކަށް ރިލްވާނުގެ އާއިލާއިން ފަހަތަށް ނުޖެހޭނެ އެބަޔާނުގައި ބުނެފައިވެއެވެ. އަދި ރިލްވާނުގެ ގެއްލުވާލިތާ 3 އަހަރުވެފައިވާ އިރު އެކަމުގައި ބައިވެރި މީހުން މިހާރު ޤައުމު ދޫކޮށް ގޮސްފައިވާ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ. އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ދަޢުލަތުން ހިއްސާ ނުކުރުމަކީ، އެ އާއިލާއިން ޤަބޫލުކުރާ ގޮތުގައި މުޅި ދަޢުލަތް އިޙްމާލުވުން ކަމަށް އާއިލާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރިލްވާންއަށް ވީގޮތެއް ހޯދުމަށްޓަކައި އާއިލާއިން އެންމެ ފަހު ވަގުތާއި ޖެހެންދެން މަސައްކަތްކުރާނެ ކަމަށާއި ރިލްވާންއަށް ވީގޮތެއް ނޭނގޭތީ އަދިވެސް އާއިލާއިން އޭނާގެ ތަކެތި ރައްކާތެރިކަމާއި އެކު ބަލަހައްޓަމުން ގެންދާ ކަމަށެވެ.

ހިނގާލުމުގެ އަމާޒަކަށްވީ ރިލްވާންއަށް ވީ ގޮތާއި މެދު މިހާތަނަށް ހޯދިފައިނުވާ ސުވާލުތަކުގެ ޖަވާބުތައް ހޯދުން ކަމަށް ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް