Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލޮސް އެންޖަލަސް

ލޮސް އެންޖަލަސް އިން އޮތީ ރެއުސް ހޯދޭނެ ކަމުގެ އުންމީދުގައި!

ރައުސް އަށް ލިބިފައިވާ ހުށަހެޅުންތަކުގެ ތެރެއިން، އެންމެ ރަނގަޅު ހުށަހެޅުމަކަށް އޮތީ ވެސް ލޮސް އެންޖަލަސްގެ ހުށަހެޅުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 ޖޫން 2024 | ބުދަ 01:04
ޑޯޓްމަންޑު ދޫކޮށްލުމަށްފަހު، މިވަގުތު ފްރީ އެޖެންޓެއްގެ ގޮތުގައި ހުރި ރެއުސް

ޑޯޓްމަންޑު ދޫކޮށްލުމަށްފަހު، މިވަގުތު ފްރީ އެޖެންޓެއްގެ ގޮތުގައި ހުރި ރެއުސް

މިވަގުތު ފްރީ އެޖެންޓެއްގެ ގޮތުގައި ހުރި ޖަރުމަނުގެ އެޓޭކިން މިޑްފީލްޑަރު މާކޯ ރެއުސް ހޯދޭނެ ކަމުގެ އުންމީދު، އެމެރިކާގެ ލޮސް އެންޖަލަސް އަށް ވަރަށް ބޮޑު ކަމަށް މީޑިއާ ތަކުން ރިޕޯޓުކޮށްފި އެވެ.

އުމުރުން 35 އަހަރުގެ ރެއުސް އެންމެ ފަހުން ކުޅުނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށެވެ. ޑޯޓްމަންޑުގައި 12 ސީޒަން ހޭދަކުރުމަށްފަހު، ރެއުސް ނިންމީ އެ ކުލަބު ދޫކޮށްލުމަށެވެ. އެއީ ޑޯޓްމަންޑާ އެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުން ހަމަވުމުންނެވެ. ޑޯޓްމަންޑުގައި ރެއުސްގެ އެންމެ ފަހު މެޗަކަށްވީ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ސްޕެއިންގެ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗެވެ.

ޑޯޓްމަންޑު ދޫކޮށްލަން ނިންމި ނަމަވެސް، ދެން ބަދަލުވާނެ ވަކި ކުލަބެއް ރެއުސް ނުނިންމަ އެވެ. ނަމަވެސް، ރެއުސް ޑޯޓްމަންޑު ދޫކޮށްލަން ނިންމުމާއެކު، ބައެއް ކުލަބުތަކުން ވަނީ އޭނާ ހޯދުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ސައުދީ ޕްރޯ ލީގުގެ ކުލަބުތަކާއި، މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގެ ކުލަބުތައް ހިމެނޭ ކަމަށް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ލޮސް އެންޖަލަސް އިން އަންނަނީ ރެއުސް ހޯދުމުގެ ޝައުގުވެރިކަން ފާޅުކޮށް، އެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ކުލަބުން ވަނީ ރެއުސް އަށް ހުށަަހެޅުމެއް ހުށަހަޅާފައި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އަދި ލޮސް އެންޖަލަސް އިން އޮތީ ރެއުސް ހޯދުމުގެ ރޭހުގައި ބޮޑު އުންމީދެއްގައި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

މީގެ އިތުރުން މިވަގުތު ރައުސް އަށް ލިބިފައިވާ ހުށަހެޅުންތަކުގެ ތެރެއިން، އެންމެ ރަނގަޅު ހުށަހެޅުމަކަށް އޮތީ ވެސް ލޮސް އެންޖަލަސްގެ ހުށަހެޅުން ކަމަށް ވަނީ ބުނެފަ އެވެ. އެހެންކަމުން، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ރެއުސް، އޭނާ އަށް ލިބިފައިވާ ހުށަހެޅުންތަކަށް ގޮތެއް ނިންމާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ދާދި ފަހުން ލޮސް ލޮސް އެންޖަލަސް އިން ވަނީ އިޓަލީގެ އޭސީ މިލާނަށް ކުޅެމުން އައި ފްރާންސްގެ ފޯވާޑް، އޮލީވިއޭ ޖިރޫޑްގެ ސޮއި ވެސް ހޯދައިފަ އެވެ. އޭގެ ކުރިން ލޮސް އެންޖަލަސް އިން ވަނީ، ފްރާންސް ޤައުމީ ޓީމުގެ ކުރީގެ އެއް ނަންބަރު ގޯލު ކީޕަރު އަދި ކުރީގެ ކެޕްޓަން ހޫގޯ ލޮރިސްގެ ސޮއި ވެސް ހޯދައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ފަޚުރުވެރިވަން، އެކަމަކު ނަސީބު ދެރަ: ސެކްލޮސްކީ

ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ފަޚުރުވެރިވަން، އެކަމަކު ނަސީބު ދެރަ: ސެކްލޮސްކީ

04 އެޕްރީލު 2017
މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ

މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ

04 އެޕްރީލު 2017
ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް، އެހެނަސް ޖެހިލުމެއް ނުވޭ: ސެކުލޮސްކީ

ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް، އެހެނަސް ޖެހިލުމެއް ނުވޭ: ސެކުލޮސްކީ

03 އެޕްރީލު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު