Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަސްމާލެ މަޝްރޫޢު

ރަސްމާލެ ހަވާލުކުރީ ކުޑަމިނުން އެކްސްކަވޭޓަރެއް ވެސް ނެތް ކޮންޓްރެކްޓަރަކާ - ނާޒިލް

ނާޒިލް ވިދާޅުވީ 40 އަހަރުން ރައްޔިތުންނަށް ލިބުނު ކުޑަކުޑަ އުންމީދުވެސް މި ސަރުކާރުން ނިގުޅައިގަނެފައިވާ ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 4 ޖޫން 2024 | އަންގާރަ 12:59
 ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް

ރަސްމާލެ ހަވާލުކުރީ ކުޑަމިނުން އެކްސްކަވޭޓަރެއް ވެސް ނެތް ކޮންޓްރެކްޓަރަކާ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ނާޒިލް އެފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ)ގެ ދަށުން ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުވި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް 9 ވަނަ އިސްލާހް ގެނައުމުގެ ބިލާމެދު އަލުން ވިސްނެވުމަށް ރައީސުލްޖުމްހޫރިއްޔ ފޮނުއްވާފައިވާ މައްސަލަ އަށް ބަހުސްކުރައްވަމުންނެވެ.

Advertisement - newsAdvertisement

ނާޒިލް ވިދާޅުވީ 40 އަހަރުން ރައްޔިތުންނަށް ލިބުނު ކުޑަކުޑަ އުންމީދުވެސް މި ސަރުކާރުން ނިގުޅައިގަނެފައިވާ ކަމަށެވެ. އަދި ޕީއެންސީގެ މެމްބަރުން ދަނީ އޮޅުވާލާ ދޮގު ހަދަމުން ކަމަށް އޭނާ ވިދާޅުވިއެވެ. ރަސްމާލެ ތަރައްޤީ ކުރުމަށް ވީ ވައުދު މަސައްކަތް ފުރިހަމަ ކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މަސައްކަތް ކުރެއްވި ގޮތާއި މެދު ނާޒިލް ވަނީ ސުވާލު އުފައްދަވާފައެވެ. އެގޮތުން އެ މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލު ކުރި ބަންޖެހޭ މިންވަރަށް ނުބަލާ ކަމަށާއި މަސައްކަތް ހަވާލު ކުރި ކުންފުންޏަކީ އެކްސްކަވޭޓަރެއްވެސް އޮތް ކުންފުންޏެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެ މަޝްރޫޢޫ ކުރިއަށް ގެންދާނީ މާލެ ސަރަހައްދުން ބިން ދީގެން ކަމަށް ސަރުކާރުން ބުނި އިރު، 10 ހެކްޓަރުގެ ބިން ކޮންޓްރެކްޓަރާއި ހަވާލުކުރި ކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. 3 އަހަރުގެ ތެރޭގައި އެ މަޝްރޫޢު އަށް ކަނޑައެޅީ 1.35 ބިލިއަން ރުފިޔާ ކަމަށް ނާޒިލް ވިދާޅުވިއެވެ. ނަމަވެސް ހުޅުމާލެއިން 10 ހެކްޓަރގެ ބިމުގެ އަގަކީ އެންމެ ކުޑަކޮށް ބެލިއަސް 7.5 ބިލިއަން ރުފިޔާ ކަމަށް ނާޒިލް ވިދާޅުވިއެވެ. އެހެންކަމުން އަގުގެ ގޮތުން ބަލާއިރު އެ މަޝްރޫޢުގެ އަގަށް ވުރެ ބިމުގެ އަގު މާ ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިން ވިދާޅުވެފައިވާ ގޮތަށް ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ފެށިތާ 8 މަސް ދުވަހުގެ ތެރޭގައި ނުނިމޭނެކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ނިމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ރަސްމާލެ ހިއްކުމުގެ މަޝްރޫއުއަކީ ރާއްޖޭގައި ބޯހިޔާވަހިކަމަށް ޚާއްސަކޮށްގެން ހިންގާ އެންމެ ބިޔަ މަޝްރޫއުކަމަށް ސިފަކުރައްވާފައެވެ. އެ މަޝްރޫއު އަށް މަސްދުވަހުގެ ތެރޭގައި ނިންމައިނުލެވޭނެ ކަމަށާއި، އެހެންކަމުން އެ މަޝްރޫޢު އާއި މެދު ސަރުކާރުން އެހެން ގޮތްތަކެއް ހޯދަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ ކުރިން ސަރުކާރުން ނިންމާފައި ވަނީ އެ މަޝްރޫއަށް ޚަރަދުކޮށްގެން މަސައްކަތް ކުރިއަށް ގެންދިއުމުގެ ބަދަލުގައި 70 ހެކްޓަރުގެ ބިން އެ މަސައްކަތް ކުރާ ކޮންޓްރެކްޓަރަށް ދީގެން އެ މަސައްކަތް ނިންމުމަށެވެ. އެގޮތުން ހުޅުމާލެއިން 10 ހެކްޓަރުގެ ބިމާއި ރަސްމާލެ މަޝްރޫއިން 60 ހެކްޓަރުގެ ބިން އެ މަޝްރޫޢުގެ މަސައްކަތް ކުރާ ކުންފުންޏަށް ދޭން ނިންމިއެވެ. މިނިސްޓަރު ވަނީ އެއީ ސަރުކާރަށް ލޯނު ނެގުމަކާ ނުލާ ބޮޑު ދަރަންޏެއް ނެތި އެ މަޝްރޫޢު ކުރިއަށް ގެންދެވޭނެ މަގެއް ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު