Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލީހުގެ

އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިޔުން އިއްވާފަ ނުވާތީ އެމްޑީޕީގެ ކަންބޮޑުވުން

އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަ ބިލެއް މަޖިލީހަށް ހުށަހަޅާފައި ވަނީ މެއި މަހުގެ ތެރޭގަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 3 ޖޫން 2024 | ހޯމަ 14:20
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގެ ތެރެއިން

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގެ ތެރެއިން

އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިޔުން ނުއިއްވާތީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަ ބިލެއް މަޖިލީހަށް ހުށަހަޅާފައި ވަނީ ނިމިދިޔަ މޭއި މަހުގެ ތެރޭގައެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހު އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވަނީ މަޖިލީހުގެ އިތުރު މަސައްކަތެއް ނެތް ނަމަ ހޯމަ ދުވަހަކީ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވަން ޖެހޭ ދުވަސްކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން އެ ބިލުގެ ފުރަތަމަ ކިޔުން ހޯމަ ދުވަހު ނުއިއްވި ސަބަބާއި މެދު އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް ގާނޫނު އިސްލާހު ކުރަން ސަރުކާރުން ވަނީ އާދިއްތަ ދުވަހު ނިންމާފައެވެ. އެހެންކަމުން މީކާއިލް ހުށަހެޅި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައި ނުވަނީ ގަސްތުގައި އެ މަސައްކަތް ދިގުދަންމާލުމަށް ނޫންތޯ މައުރޫފް ސުވާލު އުފެއްދެވިއެވެ. މައުރޫފް ވަނީ ސަރުކާރުގެ ނިޔަތް ރަނގަޅު ނަމަ އިތުރު ބިލެއް ހުށަނާޅާ މީކާއިލް ހުށަހެޅުއްވި ބިލާއި އެކު ކުރިއަށް ގޮސް، އެ ބިލަށް އިސްލާހު ހުށަނޭޅީ ކީއްވެގެންތޯ ސުވާލުކުރައްވާފައެވެ.

އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމާއި މެދު ބިލު ހުށަހެޅި ސަބަބާއި މެދު މީކާއިލް ވިދާޅުވީ އެ ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންދާ ގަތުލުއާންމާއި ދެކޮޅަށް ރާއްޖެއިން ފިޔަވަޅުތަކެެއް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށެވެ.

އަދި ރާއްޖެއަށް އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުކީ ވެސް އެ ބިލުގެ މަޤްސަދެއް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރުން މިހާތަނަށް މިކަމުގައި އަމަލުކުރާނެ ގޮތެއް ސާފުކޮށްދިފައިނުވާތީ އެކަން ސާފުކުރުމަކީ ވެސް ބިލުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ހަމައެހެންމެ އިސްރާއީލް ޕާސްޕޯޓު މަނާކުރެވޭނެ ވަކި މުއްދަތެއްވެސް އެނގެން ނެތުމުން، ގާނޫނީ ފިޔަވަޅު އެޅުމަށް އަވަސްކުރުމަށް ވެސް އެ އިސްލާހުގައި ގޮވާލާފައިވެއެވެެ.

އެ އިސްލާޙުގައި ބުނެފައި ވަނީ އިސްރާއީލުގެ ޕާސްޕޯޓު ހިމެނޭހެން އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުން ވެސް ރާއްޖެ އެތެރެވުން މަނާ ކަމަށެވެ.

އިތުރަށް ކިޔާލަން

28 އެޕްރީލު 2017

އެމްޑީޕީގެ ޖަގަހައެއް އަނެއްކާވެސް ގަލޮޅުގައި ހުޅުވައި، ކެމްޕޭން ވަރުގަދަ ކޮށްފި

28 އެޕްރީލު 2017
އެމްޑީޕީގެ ޖަގަހައެއް އަނެއްކާވެސް ގަލޮޅުގައި ހުޅުވައި، ކެމްޕޭން ވަރުގަދަ ކޮށްފި
19 އެޕްރީލު 2017

ރައީސް މައުމޫނުގެ ޕާސަނަލް އެސިސްޓެންޓްގެ ޕާސްޕޯޓް ކެންސަލްކޮށް، ހޯދުމަށް އިންޓަޕޯލްގައި އެދިއްޖެ

19 އެޕްރީލު 2017
ރައީސް މައުމޫނުގެ ޕާސަނަލް އެސިސްޓެންޓްގެ ޕާސްޕޯޓް ކެންސަލްކޮށް، ހޯދުމަށް އިންޓަޕޯލްގައި އެދިއްޖެ
26 މާރިޗު 2017

ޕާސްޕޯޓް ހިފަހައްޓާފައިވާތާ ދެ މަސް، އެކަމަކު ކުށުގެ ރިކޯޑެއް ނެތް:ޝިދާތާ

26 މާރިޗު 2017
ޕާސްޕޯޓް ހިފަހައްޓާފައިވާތާ ދެ މަސް، އެކަމަކު ކުށުގެ ރިކޯޑެއް ނެތް:ޝިދާތާ
26 ފެބުރުއަރީ 2017

ގަލޮޅު ގެއަކުން ހަށިވިއްކަމުންދިޔަ މީހަކު އަތުލައިގެންފި

26 ފެބުރުއަރީ 2017
ގަލޮޅު ގެއަކުން ހަށިވިއްކަމުންދިޔަ މީހަކު އަތުލައިގެންފި
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު