Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގުޅީފަޅުން ގޯތި ދޫކުރުން

ގުޅިފަޅުން ގޯތި ދޫކުރުމުގެ މަސައްކަތް މިމަހުގެ މެދުތެރޭގައި ފަށާނަން: ހައުސިން މިނިސްޓްރީ

އަންގާރަ ދުވަހު 12:00 ގައި ގުރުއަތުލުން ފެށިގެން ކުރިއަށް ގެންދާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 3 ޖޫން 2024 | ހޯމަ 11:07
ގުޅިފަޅު ހިއްކާފައިވާ ސަރަހައްދު

ގުޅިފަޅު ހިއްކާފައިވާ ސަރަހައްދު

ގުޅިފަޅުން ގޯތި ދޫކުރުމުގެ މަސައްކަތް މިމަހުގެ މެދުތެރޭގައި ފެށޭނެ ކަމަށް އުންމީދުކުރާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ގުޅިފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ ފަރާތްތަކުގެ ގުރުއަތުލުމުގެ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހޯމަ ދުވަހު ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިރުޝާން އަބްދުﷲ ވިދާޅުވީ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅިފަޅަށް ބަދަލުކުރާނެ ކަމަށާއި، އަންގާރަ ދުވަހުގެ މެންދުރު 12:00 ގައި ގުރުއަތުލުން ފެށިގެން ކުރިއަށް ގެންދާނެ ކަމަށެވެ.

ގުޅިފަޅުން ގޯތިތައް ދޫކުރަން ފަށާނީ ކޮންއިރަކުންތޯ ނޫސްވެރިއަކު ކުރި ސުވާލަށް އިރުޝާން ވިދާޅުވީ މިމަހުގެ މެދުތެރޭގައި ގޯތިތައް ދޫކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އިރުޝާން ވިދާޅުވީ މިހާރު ގުޅިފަޅުގެ ލޭންޑްޔޫސް ޕްލޭނަށް ބަދަލުތައް އައިސްފައިވާ ކަމަށެވެ.

ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގުޅިފަޅަށް ބަދަލުވުމަށް ހައުސިން މިނިސްޓްރީން ދެ ފަހަރެއްގެމަތިން ފުރުސަތު ހުޅުވާލިއެވެ.

ހައުސިން މިނިސްޓްރީން ބުނީ އަންގާރަ ދުވަހު 12:00 ގައި ގުރުއަތުލުން ފެށިގެން ކުރިއަށް ގެންދާނެ ކަމަށާއި، އަމިއްލައަށް ނަން ފޮއްޓަށް ލާން ބޭނުންވާ މީހުން ހެނދުނު 9:00 އާއި 10:00އާ ދެމެދު މިނިސްޓްރީއަށް ހާޒިރުވެ ނަން ކަރުދާސްލުމަށް އެދޭ ކަމަށެވެ.

1250 އަކަފޫޓުގެ 193 ގޯއްޗަށް 1093 މީހުން ވަނީ ކުރިމަތިލާފައެވެ. އަދި 1650 އަކަފޫޓުގެ 683 ގޯއްޗަށް 880 މީހުން ވަނީ ކުރިމަތިލާފައެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު