Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބިންވެރިޔާ ސްކީމް

ގުޅީ ފަޅުން ގޯތި ލިބުނު ފަރާތްތަކަށް "ގޯތީގެ މައުލޫމާތު ބަދަލުވި ކަމުގެ ލިޔުން" ދޫކުރަން ފަށައިފި

އަލަށް ދޫކުރާ ލިޔުމުގައި "ކުރިން ލިބުނު ގޯތީގެ ރަޖިސްޓަރީ ބާތިލު ވެއްޖެ ކަމަށް ގޯތި ލިބުނު ފަރާތުން އެއްބަސްވާ" ކަމަށް ސޮއިކޮށް އިނގިލީގެ ނިޝާން ޖަހަން ލާޒިމު ކުރޭ

ރާއްޖެ އެމްވީ | 12 ޖުލައި 2025 | ހޮނިހިރު 10:35
ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ގުރުއަތު ނެގުމަށްފަހު ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރުން މިއަދު ވަނީ ފަށާފައި - 12 ޖުލައި 2025

ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ގުރުއަތު ނެގުމަށްފަހު ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރުން މިއަދު ވަނީ ފަށާފައި - 12 ޖުލައި 2025

ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް "ބިންވެރިޔާ ސްކީމްގެ ދަށުން ލިބިފައިވާ ގޯތީގެ މައުލޫމާތު ބަދަލުވި ކަމުގެ ލިޔުން" ދޫކުރަން ފަށައިފިއެވެ.

ހައުސިންގ މިނިސްޓްރީން މި ލިޔުން ދޫކުރަން ފަށާފައިވަނީ ހޮނިހިރު ދުވަހު ހެނދުނު 09:30 ހުގައި ކުރީގެ ހައުސިންގ މިނިސްޓްރީ ހުރި ސަރަޙައްދުގައެވެ.

Advertisement - newsAdvertisement

ދޫކުރާ ލިޔުމުގައި ބުނެފައި ވަނީ، މިއީ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި 30 މެއި 2025 ގައި ކުރިއަށް ގެންދެވުނު ގުރުއަތުން ގޯތި ލިބޭ ފަރާތައް އައު ޕްލޮޓެއް ލިބިފައިވާތީ ކުރިން 3 ނޮވެމްބަރު 2023 ގައި ވެފައިވާ އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ގޯތީގެ މައުލޫމާތު ބަދަލުވިކަން އަންގައިދޭ ލިޔުން ކަމަށެވެ.

ހައުސިންގ މިނިސްޓްރީން ދޫކުރާ ލިޔުމުގައި ކުރިން ލިބުނު ގޯތީގެ މައުލޫމާތާއި 30 މެއި 2025 ގައި ބޭއްވި ގުރުއަތުން ލިބުނު ކަމަށް ބުނާ ގޯތީގެ މައުލޫމާތު ހިމަނާފައި ވެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެ ސަރުކާރުން ހުޅުމާލެ، ގުޅީފަޅު، އަދި ގިރާވަރު ފަޅުން ގޯތި ދޫކުރުމަށް އިއުލާނު ކޮށް ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށް ރަޖިސްޓަރީ ވަނީ ހަވާލު ކޮށްފައެވެ.

އެ އެއްބަސްވުންތައް ދެމި އޮއްވާ ޑރ. މުއިއްޒުގެ ސަރުކާރުން ގުޅީފަޅު ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެެނެސް، ކުރިން ލިބިފައިވާ ގޯތީގެ ލޮކޭޝަން ވަނީ ބަދަލު ކޮށްފައެވެ.

އެއާއެކު އަލުން ގުރުއަތުލުން ބާއްވާ، އައު ލޮކޭޝަނުން ލިބޭ ގޯތި ވަނީ ކަނޑައަޅާފައެވެ.

މި ގޮތައް ކަނޑައަޅާ، ކުރީ ސަރުކާރުން ހަދާފައިވާ އެއްބަސްވުން ބާތިލުވި ކަމަށް ހައުސިންގ މިނިސްޓްރީން އިއުލާނު ކުރި އިރު، މިނިސްޓްރީން އެކުލަވާލި އައު އެއްބަސްވުމުގައި ކުރީ ސަރުކާރުން ހަދާފައިވާ އެއްބަސްްވުމުގައި ވާ މުހިންމު މައްދާ އެއް ސިއްރުން ބަދަލު ކޮށްފައިވާ ކަން ފަޅާ އެރުމާއެކު މައްސަލަ ހޫނުވިއެވެ.

އެ ގޮތުން ކުރިން ހަމަ އެކަނި މާލެ ސަރަހައްދު ކަމަށް އޮތް އޮތުން ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ކަމަށް ބަދަލު ކޮށް، ރާއްޖޭގެ އެއްވެސް ތަނަކުން ގޯތި ލިބޭ ފަރާތުގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗެއް، އެއްމެދު އިމާރާތެއް، ފްލެޓެއް، ސަރުކާރުން ދީފައިވާ ސޯޝަލް ހައުސިންގ އެއް ރަޖިސްޓަރީ ކޮށްފައިވާ ނަމަ އެ ގޯއްޗެއް ރަޖިސްޓަރީ ކުރެވިފައިވާ އެއްމެދު މިލްކުވެރިންނަށް ބަދަލަކާއި ނުލައި ދޫކޮށްލުމަށް ގޯތި ލިބޭ ފަރާތުން އެއްބަސްވާ ކަމަށާއި، އަދި ގޯތީގެ އިތުރު އެއްމެދު މިލްކުވެރިޔަކު ނެތް ނަމަ ދައުލަތައް ދޫކޮށްލުމަށް ގޯތި ލިބޭ ފަރާތުން އެއްބަސްވާ ކަމަށް އޮތީ ހިމަނާފައެވެ.

ސަރުކާރުން ގެނައި މި ބަދަލާ ގުޅިގެން ގުޅީފަޅުން ގޯތި ލިބުނު މީހުންގެ އިތުރުން، ގާނޫނީ ވަކީލުންނާއި އާންމުންގެ ގިނަ ބަޔަކު މިކަމަށް ފާޑު ކިޔާ ޝުއޫރު ފާޅު ކުރަން ފެށުމުން ވެސް ފުަރަތަމަ ސަރުކާރުން މަސައްކަތް ކޮށްފައިވަނީ ކުރިން އޮތް ގޮތް ދިވެހި ރާއްޖޭގެ ބިމާ ބެހޭ ގާނޫނާ ފުށު އަރާ ކަމަށް ބުނެ ފަހުން މި ގެނައި ބަދަލު ދިފާއު ކުރަން މަސައްކަތް ކޮށްފައެވެ.

ސަރުކާރަށް ޕްރެޝަރ ބޮޑުވެ އެންމެ ފަހުން ކުރިން އޮތް އެއްބަސްވުމާއެކު ދާން ނިންމުމަށް ފަހު ބުނެފައި ވަނީ، ގޯތި ލިބުނު ފަރާތްތަކާ ދެެމެދު ވެވިފައިވާ އެއްބަސްވުމުގައި ދިވެހި ރާއްޖޭގެ ބިމާބެހޭ ގާނޫނާ ފުށުއަރާ ކަންކަން ހައްލު ކުރުމަށްޓަކައި ބަންޑާރަ ނައިބުގެ އޮފީހާ މަޝްވަރާ ކޮށް އެކަމުގައި ޖުމްލަ ހައްލެއް ހޯދުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން ގެންދާ ކަމަށެވެ.

ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް ކުރިން ލިބިފައި އޮތް ގޯތީގެ ލޮކޭޝަން މުއިއްޒުގެ ސަރުކާރުން ބަދަލު ކުރި އިރު ގޯތި ލިބިފައިވާ ފަރާތްތަކުގެ ރުހުމެއް ހޯދާފައި ނުވާކަން ގިނަ ފަރާތްތަކަކުން އަންނަނީ ފާހަގަ ކުރަމުންނެވެ.

އަލަށް ދޫކުރާ ލިޔުމުގައި "ކުރިން ލިބުނު ގޯތީގެ ރަޖިސްޓަރީ ބާތިލު ވެއްޖެ ކަމަށް ގޯތި ލިބުނު ފަރާތުން އެއްބަސްވާ" ކަމަށް ސޮއިކޮށް އިނގިލީގެ ނިޝާން ޖަހަން ލާޒިމު ކުރެއެވެ.

އެޕޮއިންޓްމަންޓް އުސޫލުން ލިޔުން ހަވާލު ކުރުމުގެ ކަންކަން ކުރިއަށް ދަނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އެޕޮއިންޓްމަންޓް ހައްދައިގެންނެވެ.

އެޕޮއިންޓްމަންޓަށް ދާއިރު ގޯތި ލިބިފައިވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންޖެހެއެވެ. އަދި ބަދަލުގައި އެހެން ފަރާތެއް އަންނަނަމަ، ޕަވަރ އޮފް އެޓަރނީގެ އަސްލު އަދި ޕަވަރ އޮފް އެޓަރނީ ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލާއި، މިނިސްޓްރީ އާއި، ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ އެއްބަސްވުމާއި، ކުރިން ދޫކޮށްފައިވާ ގޯތީގެ ރަޖިސްޓަރީ ގެ އަސްލު ގެންދަން ޖެހެއެވެ.

ހައުސިންގ މިނިސްޓްރީން ބުނެފައިވަނީ އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑީގެ 5 މިނެޓް ފަހުން ހާޒިރުވާ ފަރާތްތަކާއި އަދި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުކޮށް ހާޒިރުވާ ފަރާތްތަކަށް އެދުވަހު ހަމަޖައްސާފައިވާ އެޕޮއިންޓްމަންޓް ކެންސަލް ވާނެކަމަށެވެ.

ބިންވެރިޔާ ސްކީމްގުޅީފަޅުހައުސިންގް މިނިސްޓްރީދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

06 ޑިސެމްބަރު 2025
ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

04 ޑިސެމްބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު