Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައްޑޫ އަށް ސާފު ބޯފެން ނުލިބުން

އެމްޑީޕީ ނޫން ބަޔަކު ވެރިކަމަށް އައުމުން އައްޑޫ އާއި މެދު އިހުމާލުވެވޭ ސަބަބާއި މެދު ސުވާލު އުފެދޭ - ނާޒިލް

ފެނާއި ކަރަންޓުގެ މައްސަލަ އަކީ ދުވަހުން ދުވަހަށް ހައްލުކުރެވެން ޖެހޭ މައްސަލަ އެއް ކަމަށް ނާޒިލް ވަނީ ފާހަގަކުރައްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 3 ޖޫން 2024 | ހޯމަ 10:30
 ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް

އެމްޑީޕީ ނޫން ބަޔަކު ވެރިކަމަށް އައުމުން އައްޑޫ އާއި މެދު އިހުމާލުވެވޭ ސަބަބާއި މެދު ސުވާލު އުފެދޭ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ނާޒިލް އެ މައްސަލަ ހުށަހެޅުއްވީ ހޯމަ ދުވަހުއެވެ. އޭނާ އެފަދައިން ވިދާޅުވީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ސާފު ފެން ނުލިބޭތީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އައްޑޫ އަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފެށުނީ 2010 ވަނަ އަހަރު ކަމަށާއި އެ މަސައްކަތް ފެށީ އެމްޑީޕީގެ ވެރިކަމުގައި ކަމަށް ނާޒިލް ވިދާޅުވިއެވެ. އެ މަސައްކަތާއި ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދުގެ ވެރިކަމުގައި ހަވާލުވެވަޑައިގެންނެވި ބޭފުޅަކީ މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު ކަމަށާއި އޭރު އެ މަނިކުފާނު ހުންނެވީ ހައުސިން މިނިސްޓަރގައި ކަމަށް ނާޒިލް ވިދާޅުވިއެވެ. އެ މަސައްކަތް ހުއްޓުނީ އެ މަސައްކަތްކުރަމުން ދިޔަ ބައިވޯޓަރ ކުންފުނި ބޭރުކުރުމުން ކަމަށް ވެސް ނާޒިލް ވިދާޅުވިއެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމާއި ހަމަ އަށް ވެސް އެ މަސައްކަތް ވަނީ ހުއްޓިފައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެ މަސައްކަތް އަލުން ފެށީ އެމްޑީޕީގެ ސަރުކާރުގައި، ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި ކަމަށް ނާޒިލް ވިދާޅުވިއެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އަނެއްކާވެސް އެ ސިޓީގެ ހާލު ގޯސްވުމުން ސުވާލު އުފެދޭ ކަމަށް ނާޒިލް ވިދާޅުވިއެވެ.

އައްޑޫ އަށް ސާފު ބޯފެން ނުލިބެނީ ސެންޓްރަލައިޒްޑް ނުވަތަ މަރުކަޒީ ނިޒާމެއްގެ ތެރެއިން އެ ޚިދުމަތް ފޯރުކޮށް ނުދެވޭތީ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލަ އަށް ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ އައްޑޫގެ ރައްޔިތުންނަށް ސާފު ބޯފެން ނުލިބޭތީ ފެނަކަ އާއި ތަކުރާރުކޮށް ވާހަކަދެކެވިފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ރަނގަޅު ނަތީޖާ އެއް ނުފެންނަކަމަށް ފާހަގަކުރައްވާ ނާޒިލް ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މީޑިއާގެ ހެޑްލައިންތަކުން އެނގުނުގޮތުގައި، އައްޑޫގެ އާބާދީ ބޮޑުވުމުން ޚިދުމަތް ނުދެވޭ ކަމަށް ފެނައިކައިން ބުނަމުންދާ ކަމަށް ވެސް ނާޒިލް ވިދާޅުވިއެވެ. ނާޒިލް ވަނީ މިއީ ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތެއް ފޯރުކޮށްދޭން ޖެހޭ ގޮތްތޯ ސުވާލު އުފައްދަވާފައެވެ. ވެރިކަން ބަދަލުވުމުގެ ކުރިން އައްޑޫގެ ރައްޔިތުންނަށް ބަރާބަރަށް ފެން ލިބުނު ކަމަށް ވެސް ނާޒިލް ވިދާޅުވިއެވެ. އަދި މި ވެރިކަމުގެ ފުރަތަމަ ހަތަރު މަސް ދުވަހު ވެސް ފެން ފޯރުކޮށްދީފައިވާކަމަށް ނާޒިލް ވިދާޅުވިއެވެ. ނަމަވެސް ފެން ނުލިބޭތާ 2 މަސް ދުވަސްވެފައިވާ ކަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ފެނާއި ކަރަންޓުގެ މައްސަލަ އަކީ ދުވަހުން ދުވަހަށް ހައްލުކުރެވެން ޖެހޭ މައްސަލަ އެއް ކަމަށް ނާޒިލް ވަނީ ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ އައްޑޫ އަށް ސާފު ބޯފެން ނުލިބެނީ އިހުމާލުތަކެއް ވެފައިވާތީކަން ޔަޤީންވެ ކަށަވަރުވާ ކަމަށެވެ.

މީގެ އިތުރުން ފެން ބިލު ބޮޑުވާ ސަބަބަކީ ވެސް ރަނގަޅަށް ޚިދުމަތް ނުދެވުން ކަމަށް ނާޒިލް ވިދާޅުވިއެވެ. ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބަދަލުގައި މިހާރު ސަރުކާރުން ދަނީ ރައްޔިތުން ފެލަމުން ކަމަށް ނާޒިލް ވިދާޅުވިއެވެ. ގުޅިފައިވާ ރަށްތަކުގެ ފެނުގެ ހާލަތު ދަށްވުމުގެ އިތުރުން ކުރިއަށް އޮތްތަނުގައި އެ ސިޓީގެ ވަކިން އޮންނަ ދެ ރަށް ކަމަށްވާ ހުޅުދޫ އާއި މީދޫގެ ހާލުވެސް ވަރަށް ބޮޑުތަނުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް ނާޒިލް ވިދާޅުވިއެވެ. ފެނުގެ ޚިދުމަތް ރަނގަޅަށް ނުލިބުމުގެ ގެއްލުން ވިޔަފާރިތަކަށް ވެސް ކުރަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން ތެރޭގައި ރެސްޓޯރެންޓްތަކާއި ގެސްޓްހައުސްތައް ފަދަ ތަންތަނަށް ވަރަށް ބޮޑެތި ދަތިތައް ދިމާވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އިތުރަށް ވާހަކަދައްކަވަމުން ނާޒިލް ވަނީ ފެނަކައިގެ ފަންނީ މީހުން ނެތުމުގެ ކަންބޮޑުވުން ހިއްސާކުރައްވާފައެވެ. އައްޑޫގައި ފެނަކައިގައި އެސިސްޓެންޓް މެނޭޖަރުންގެ ގޮތުގައި 7 ބޭފުޅުން، ޑިރެކްޓަރުން 10، އެސިސްޓެންޓް ޑިރެކްޓަރުންގެ ގޮތުގައި 12 ބޭފުޅުން ތިއްބެވި ނަމަވެސް ޓެކްނީޝަނަކު ނެތް ކަމަށް ނާޒިލް ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުންނަށް ޚިދުމަތް ދިނުމަށް މުހިންމީ ވެރިން ގިނަވުންތޯ ނާޒިލް ސުވާލު އުފެއްދެވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު