Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫގެ ރަށްތަކަށް ސާފު ފެން ނުލިބުން

އައްޑޫގެ ރަށްތަކަށް ސާފު ފެން ނުލިބޭތީ މަޖިލީހަށް ކުއްލި މައްސަލަ އެއް

މި މައްސަލަ އަށް ބަހުސް ކުރަން ފެންނަ ކަމަށް ނިންމީ ވޯޓުގައި ބައިވެރިވި 83 މެމްބަރުންގެ ވޯޓާއި އެކުގަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 3 ޖޫން 2024 | ހޯމަ 08:07
އައްޑޫ ސިޓީ

އައްޑޫ ސިޓީ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ސާފު ފެން ނުލިބޭތީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ނާޒިލް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

ހޯމަ ދުވަހު ހުށަހަޅުއްވާފައިވާ އެ މައްސަލަ އަކީއައްޑޫ ސިޓީ ހިތަދޫ އާއި ގުޅިފައިވާ ރަށްރަތަކުގެ ރައްޔިތުންނަށް ފެނަކައިން ދެމުންދާ ސާފު ފެން ނުލިބޭތީ ހުށަހެޅި މައްސަލަ އެއް ކަމަށް ނާޒިލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނާޒިލް ވަނީ އެ މައްސަލައިގައި ޒިންމާވާން ޖެހޭ ފަރާތެއް އާއްމުންނަށް ސާފު ނުވާ ކަމަށް ފާހަގަކުރައްވާފައެވެ. އަދި ފެނަކީ އަސާސީ ޚިދުމަތެއް ކަމަށް ވުމާއި އެކު އެ މައްސަލަ އަށް ވަގުތުން ވަގުތަށް ހައްލު ހޯދާ ދިނުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފައެވެެ.

ނާޒިލް ވިދާޅުވި ގޮތުގައި އޭޕްރީލް މަހުގެ 24 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، ފޭދޫ، މަރަދޫފޭދޫ ރައްޔިތުންނަށް ފެނަކައިން ފޯރުކޮށްދެމުން ދިޔަ ސާފު ފެން ލިބުމުގައި ވަނީ ބޮޑެތި ދަތިތަކެއް ދިމާވެފައެވެ. އަދި މި ދަތިތަކުގެ ސަބަބުން ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބުރުއަރައި އެތައް ތަކުލީފްތަކަކާއި ރައްޔިތުން ކުރިމަތިލާން ޖެހިފައިވާ ކަމަށް ނާޒިލް ވިދާޅުވިއެވެ.

ނާޒިލް ވަނީ ފެނަކައިން އެ މައްސަލަ ހައްލުކުރުމަށް ނުކުޅެދިފައިވާ ކަމަށް ސިފަކުރައްވާފައެވެ.

މި މައްސަލަ އަށް ބަހުސްކުރަން ފެންނަ ކަމަށް ނިންމީ ވޯޓުގައި ބައިވެރިވި 83 މެމްބަރުންގެ ވޯޓާއި އެކުގައެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
25 ޖެނުއަރީ 2017

އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި

25 ޖެނުއަރީ 2017
އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު