Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ އުފެއްދުންތެރިކަން

ރާއްޖޭގައި ގާމެންޓްސް ފެކްޓްރީ އެއް އުފައްދަން ސަރުކާރުން ބޭނުންވޭ - ސަޢީދު

2 ޖޫން 2024 | އާދީއްތަ 09:38

މީގެ ކުރިން ސަރުކާރުން ވަނީ ރާއްޖޭގައި ލޮނު އުފެއްދުމުގެ މަސައްކަތް ކުރުމަށް ދިރާސާ ކުރުމަށް ބީސީސީ އާއި ހަވާލުކޮށްފައިވާ ކަމަށް ބުނެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 2 ޖޫން 2024 | އާދީއްތަ 09:38
 އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު

އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު

ރާއްޖޭގައި ގާމެންޓްސް ފެކްޓްރީ އެއް އުފައްދަން ސަރުކާރުން ބޭނުންވާ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސަޢީދު އެފަދައިން ވިދާޅުވީ ބީސީސީގެ 7 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވި ސްޓާފް ގާލާ ނައިޓްގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރ ވަނީ ރާއްޖޭގެ އުފެއްދުންތައް ކުރިއެރުވަން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ބީސީސީ އަކީ މިހާރުވެސް ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމުގައި ވަަރަށް މުހިންމު ދައުރެއް އަދާކުރާ ތަނެއްކަން ފާހަގަކޮށް ސައީދު ވަނީ އެ ކުންފުނީގެ ހިންގުން ހަރުދަނާކޮށް ދެކޮޅު ޖެހޭ ވިޔަފާރިއެއް ގޮތުގައި ކުރިއަށްގެންދިއުމަށް މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. ކުންފުނި ކުރިއެރުވުމުގެ ގޮތުން ރާއްޖޭގައި އެކި ކަހަލަ ކާރުހާނާތައް އުފެއްދުމަކީ ކުރެވިދާނެ ކަމެއް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ގާމެންޓް ފަދަ ތަކެތި އުފެއްދުމަށް މާކެޓް ހޯދުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަވެ.

Advertisement - newsAdvertisement

މީގެ އިތުރުން ސަރުކާރުގެ ވިސްނުމަކީ ވިޔަފާރިތައް ޕްރައިވެޓައިޒްކުރުމާއި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްތައް އުފެއްދުމަށްކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވަނީ ޗައިނާއާއެކު އެކުލަވާލާފައިވާ މިނިވަން ވިޔަފާރި އެއްބަސްވުމަށް މިއަހަރު އަމަލުކުރަން ފެށުމުން އެފަދަ މާކެޓްތަކަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށް ވިދާޅުވެފަވެ. ސައީދު ވަނީ ކޮލިޓީއާ ސްޓޭންޑަޑް އިންފްރާސްޓްރަކްޗަރއެއް ގާއިމްކޮށް އިމްޕޯޓް ކުރާ ތަކެތީގެ ކޮލިޓީ އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ. އަދި އިތުރު ބައެއް ޤައުމުތަކާއި އެކު ފްރީޓްރޭޑް އެއްބަސްވުންތައް އެކުލަވާލަމުންދާ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. ސައީދު ވަނީ ރާއްޖޭގެ އިޤްތިޞާދުގައި ބީސީގެ ދައުރު ފުޅާކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.

ރާއްޖޭގައި ރާއްޖޭގައި ގާމެންޓްސް ފެކްޓްރީ އެއް އުފައްދަން ސަރުކާރުން ބޭނުންވާކަން ހާމަކޮށްފައިވާ އިރު މީގެ ކުރިން ސަރުކާރުން ވަނީ ރާއްޖޭގައި ލޮނު އުފެއްދުމުގެ މަސައްކަތް ކުރުމަށް ދިރާސާ ކުރުމަށް ބީސީސީ އާއި ހަވާލުކޮށްފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެ މަސައްކަތާއި ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް