Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެލްސީ

އެޖެންޓުންނަށް އެންމެ ބޮޑު ހޭދައެއްކުރީ ޗެލްސީން

އެޖެންޓުންގެ ފީގެ ގޮތުގައި ހޭދަކޮށްފައިވަނީ 93 މިލިއަން ޑޮލަރު

ރާއްޖެ އެމްވީ | 1 ޖޫން 2024 | ހޮނިހިރު 08:23
ކަރަބޯ ކަޕްގެ ދެ ވަނަ ބުރުގައި ޗެލްސީން ކުޅުނު މެޗުގެ ތެރެއިން

ކަރަބޯ ކަޕްގެ ދެ ވަނަ ބުރުގައި ޗެލްސީން ކުޅުނު މެޗުގެ ތެރެއިން

އިނގިރޭސި ޕްރެމިއާ ލީގުގެ ކުލަބުތަކުގެ ތެރެއިން މި ސީޒަނުގައި ކުޅުންތެރިންގެ އެޖެންޓުންނަށް އެންމެ ބޮޑު ހޭދައެއް ކުރީ ޗެލްސީން ކަމަށް ތަފާސް ހިސާބުތައް ދައްކައިފި އެވެ.

ޕްރެމިއާ ލީގުގައި ކުޅޭ 20 ކުލަބުން ވަނީ ކުޅުންތެރިންގެ އެޖެންޓުނަށް 509 މިލިއަން ޑޮލަރު ހަދަރުކޮށްފަ އެވެ. މީގެ ތެރެއިން ކުޅުންތެރިން ގަތުމަށް ޗެލްސީން އެޖެންޓުންގެ ފީގެ ގޮތުގައި ހޭދަކޮށްފައިވަނީ 93 މިލިއަން ޑޮލަރު ކަމަށް އިނގިރޭސި އެފްއޭއިން ވަނީ ބުނެފަ އެވެ.

ޗެލްސީން ގަތް ކުޅުންތެރިންނަށް ބަލާއިރު އަގުބޮޑު ކުޅުންތެރިންތަކެއް ހިމެނެ އެވެ. އެއީ އިނގިރޭސި ރެކޯޑް ފީއެއް ކަމަށްވާ 1146 މިލިއަން ޑޮލަރަށް ގަތް މޮއިސެސް ސެއިސާޑޯ އާއި ކޯލް ޕަލްމާ އާއި ކްރިސްޓޮފާ އެންކުކޫ އާއި ރޮމެއޫ ލެވިއާ ހިމެނެ އެވެ.

މުއްސަނދި އަދި ޗެމްޕިއަން މެންޗެސްޓާ ސިޓީން ކުޅުންތެރިންގެ ގަތުމަށް އެޖެންޓުންނަށް ދީފައިވަނީ 74.7 މިލިއަން ޑޮލަރެވެ. އެއީ ޖަސްކޯ ގަވަޑިއޯލް އާއި މަޓެއޯ ކޮވަސިޗް އަދި ޖެރެމީ ޑޮކޫ އާއި މަތިއަސް ނޫނޭޒް ގަތުމަށެވެ.

މެންޗެސްޓާ ޔުނައިޓެޑުން ހޭދަކޮށްފައިވަނީ 42 މިލިއަން ޑޮލަރެވެ. ލިވަޕޫލުން ހޭދަކުރީ 39 މިލިއަން ޑޮލަރެވެ. އާސެނަލްއިން 29.8 މިލިއަން ޑޮލަރެވެ.

އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ ހުސްވި ސީޒަނާ އަޅާ ބަލާއިރު މި ސީޒަނުގައި އެޖެންޓް ފީ އަށް ހޭދަކޮށްފައިވާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި ޗެލްސީން ހޭދަކޮށްފައިވާ އަދަދަކީ އިނގިރޭސި ޗެމްޕިއަންޝިޕުގައި ވާދަކުރާ ހުރިހާ ކުލަބަކުން ހޭދަކުރި އަދަދަށްވުރެ ވެސް ބޮޑު އަދަދެކެވެ. ޗެމްޕިއަންޝިޕުގައި ވާދަކުރާ 24 ކުލަބުން ހޭދަކޮށްފައިވަނީ 75.9 މިލިއަން ޑޮލަރެވެ.

ޗެލްސީއާ އެމެރިކާގެ މަހުޖަނު ޓޮޑް ބޮއެލީ ހަވާލުވި ފަހުން އެކުލަބުން ވަނީ ކުޅުންތެރިން ގަތުމަށް ގިނަ އަދަދެއްގެ ފައިސާ ހޭދަކޮށްފަ އެވެ. ނަމަވެސް އެކަށީގެންވާ ކާމިޔާބީއެއް އަދި ނުހޯދެ އެވެ. މީގެ އިތުރުން މިހާ ގިނަ ފައިސާ ހޭދަކުރުމާއެކު ޔޫރަޕުގެ ފައިނޭންޝަލް ފެއާޕްލޭއާ ހިލާފުވި ކަމުގެ ތުހުމަތު ވެސް ވަނީ ކުރެވިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު