Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ކްލަބް ވޯލްޑް ކަޕް 2025

ފަހު ވަގުތު ޕަލްމެއިރާސް ބަލިކޮށް، ޗެލްސީ ސެމީ ފައިނަލަށް

މެޗުގައި ޗެލްސީ އިން ކުރި ހޯދާފައި ވަނިކޮށް، ޕަލްމެރިއާސް އިން ނަތީޖާ ހަމަހަމަ ކުރި އެވެ. މެޗުން ޗެލްސީ މޮޅުވީ ފަހު ވަގުތުގެ ތެރޭގައި ޕަލްމެއިރާސްގެ ކުޅުންތެރިޔެއްގެ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ޖުލައި 2025 | ހޮނިހިރު 04:22
މެޗުގައި ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ޕާމާ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ޕާމާ އުފާ ފާޅު ކުރަނީ

ފީފާ ކުލަބު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ޕަލްމެއިރާސްގެ މައްޗަށް ކުރި ހޯދައި، ޗެލްސީ އިން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

އެމެރިކާގެ ލިންކޮން ފިނޭންޝިއަލް ފީލްޑްގައި ހޮނިހިރު ދުވަހުގެ ފަތިހު ކުޅުނު މެޗު ޗެލްސީ އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ޗެލްސީ އިން ކުރި ހޯދާފައި ވަނިކޮށް، ޕަލްމެރިއާސް އިން ނަތީޖާ ހަމަހަމަ ކުރި އެވެ. މެޗުން ޗެލްސީ މޮޅުވީ ފަހު ވަގުތުގެ ތެރޭގައި ޕަލްމެއިރާސްގެ ކުޅުންތެރިޔެއްގެ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ.

ޗެލްސީ އިން ވަނީ މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ބެންފީކާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެފަ އެވެ. އަދި ގަދަ 16 ވަނަ ބުރުގައި ޕަލްމެއިރާސް އިން ވަނީ ބޮޓަފޯގޯއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން 16 ވަނަ މިނެޓުގައި ޗެލްސީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ކޯލް ޕާމާ އެވެ. އެ ލަނޑު ޖަހަން ޕާމާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޓްރެވޯ ޗަލޯބާ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި ޕަލްމެއިރާސް އިން ވަނީ ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު ޖެހީ އެސްޓެވާއޯ ވިލިއަމްސް އެވެ. އެއީ ރިކާޑް ރިއޯސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މެޗުގައި ލީޑު ނަގަން ޗެލްސީގެ ޕާމާ އަށް ލިބުނު ފުރުސަތު ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ. އޭގެ ފަހުން، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނެޓަށް ވެފައި ވަނިކޮށް ދެ ވަނަ ފަހަރަށް ޗެލްސީ އަށް ލީޑު ލިބުނީ ޕަލްމެއިރާސްގެ ގޯލު ކީޕަރު ވެވާޓަން އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. އެއީ މަލޯ ގުސްޓޯ ހުރަސް ކުރި ބޯޅަ މަތަ ކުރަން އުޅުމުގެ ތެރޭގައި އޭނާ އަތުން ބައި ކޮޅަށް ވަދެގެންނެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި ޗެލްސީ ނިކުންނާނީ ފްލުމިނެންސޭއާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު