Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިލަމާލެ ބްރިޖްގެ މަސައްކަތްތައް

މިއަހަރުގެ ތެރޭގައި ތިލަމާލޭ ބްރިޖު ވިލިމާލެއާ ހަމައަށް ގުޅުވާލާ ނިމޭނެ، މަސައްކަތުގެ ސްޕީޑް އަވަސްކުރާނެ: މިނިސްޓަރު

31 މެއި 2024 | ހުކުރު 08:06

މުޅި މަޝްރޫއުގެ 38.88 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 31 މެއި 2024 | ހުކުރު 08:06
ތިލަ-މާލެ ބްރިޖުގެ ތްރީޑީ ފޮޓޯއެއް

ތިލަ-މާލެ ބްރިޖުގެ ތްރީޑީ ފޮޓޯއެއް

ތިލަމާލޭ ބްރިޖު ވިލިމާލެއާ ހަމައަށް މިއަހަރުގެ ތެރޭގައި ގުޅުވާލާ ނިމޭނެ ކަމަށާއި، މަސައްކަތުގެ ސްޕީޑް އަވަސް ކުރެވޭނެ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ތިލަމާލޭ ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، ކުރިއަށްދާ ސްޕީޑް ވެސް ރަނގަޅު ކަމަށެވެ.

ކުރެވިފައިވާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ ތަނބުތަކުގެ ޕައިލިންގެ 66 ޕަސެންޓް ވަނީ ނިމިފައިވާ ކަމަށާއި، ޕައިލް ކެޕް 46 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. ޕިއަރ ކޮލަމްސް 48 ޕަސެންޓް ނިމިފައިވާ ކަމަށާއި، މަޝްރޫއުގެ ޑެކްއަށް ބޭނުންވާ ޕްރީކާސްޓް ސެގްމަންޓްސްގެ 31 ޕަސެންޓް ކާސްޓްކޮށް ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ވިލިމާލޭގައި ސެގްމެންޓްސްތައް ލޯންޗްކުރަން ފެށިފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް ވިލީމާލެ ސެގްމަންޓްސްގެ 20 ސެގްމަންޓްއެއް ލޯންޗް ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަޝްރޫއުގެ މަސައްކަތް މިހާރު ނިންމަން ހަމަޖެހިފައިވާ ގޮތަށް އަލިއަޅުއްވާލައްވައި މިނިސްޓަރު ވިދާޅުވީ މާލެއިން ވިލިމާލެއަށް 31 ޑިސެންބަރު 2025ށް، މާލެއިން ގުޅިފަޅަށް 31 މާރިޗް 2026ށް، ގުޅީފަޅުން ތިލަފުއްޓަށް 30 ސެޕްޓެމްބަރު 2026ށް ނިންމަން އަމާޒު ހިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މުޅި މަޝްރޫއުގެ 38.88 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައި މަސައްކަތް ފެށި މި ބްރިޖަކީ މުޅި ދުނިޔޭގައިވެސް އެންމެ އުސްކޮށް ހަދާ ޕްރީކާސްޓް ސެގްމަންޓުތައް ހުންނަ ބްރިޖުގައި ކަމަށް، ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މީގެ ކުރިން ބުނެފައިވެއެވެ. އެގޮތުން، ތިލަމާލެ ބްރިޖުގެ ސުޕަރ ސްޓްރަކްޗަރގެ ޕްރީކާސްޓް ސެގްމަންޓްތަކުގެ އުސްމިނުގައި 8.177 މީޓަރު ހުންނާނެކަމަށް އެ ކޮމިޝަނުން އޭރު ބުންޏެވެ.

މި މަޝްރޫއުގެ ދަށުން 3 ބްރިޖާއި ކޯޒުވޭ، އަދި މަގުތަކުގެ ނެޓްވޯރކް ހަދާއިރު ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. މީގެއިތުރަށް ގުޅާލާ ކޮންމެ ރަށަކަށް އަރައި ފޭބުމަށްޓަކައި އިންޓަރޗޭންޖް ޕޮއިންޓްތަކާއި ޕާކިންގ ސަރަހައްދުތައް ވެސް މި މަޝްރޫއުގެ ދަށުން ހަދާނެއެވެ.

މުޅި މި މަޝްރޫއަށް 500 މިލިއަން ޑޮލަރު ހޭދަވެއެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. ތިލަމާލެ ބްރިޖްގެ މަޝްރޫއަކީ ރާއްޖޭގައި ހިންގާ އުމްރާނީ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށް ވާއިރު، އެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރާއެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް