Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަމާންވެއްޓެއް ގާއިމްކުރުން

ރާއްޖޭގައި ގޭންގު ހަދައިގެން ކުށްކުރަމުންދާ ވެއްޓެއްގޮތަށް އޮތްއޮތުން ބަދަލުކުރަންޖެހޭ: މިނިސްޓަރު އިހުސާން

30 މެއި 2024 | ބުރާސްފަތި 12:29

ފުލުހުންގެ ޚިދުމަތް ދިނުމަށް ޒަމާނީ އަދި މަތީ ތައުލީމާއި ތަމްރީނަކީ ވަރަށް މުހިންމު

އަމްނާ އިމާދު
އަމްނާ އިމާދު | 30 މެއި 2024 | ބުރާސްފަތި 12:29
ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަދައްކަވަނީ

ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަދައްކަވަނީ

ދިވެހިރާއްޖޭގައި ގޭންގު ހަދައިގެން ކުށްކުރަމުންދާ ވެއްޓެއްގޮތަށް އޮތްއޮތުން ބަދަލުކުރަންޖެހޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމަށް ނޭޝަނަލް ކޮލެޖް އޮޕް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މއަސާސީ ތަމްރީނު ކޯހެއް ނިމޭ ދުވަސް ނުވަތަ ޓްރެއިންޑު ފުލުހަކަށްވާ ދުވަސް އެއީ ކޮންމެ ފުލުހެއްގެ ހަޔާތުގައި ވެސް އަންނަ އެންމެ މުހިންމު އެއްދުވަސް ކަމަށާ އަދި އެއީ ޚިދުމަތުގެ ކުރީކޮޅު ކޮންމެ ފުލުހަކަށް ވެސް ލިބިގެންދާނެ އެންމެ ބޮޑު ކާމިޔާބީކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ފުލުހުންގެ ޚިދުމަތް ދިނުމަށް ޒަމާނީ އަދި މަތީ ތައުލީމާއި ތަމްރީނަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް އަމާން މާހައުލެއް ހޯދައިދިނުމާއި ކުށްކުރުން މަދުކޮށް، ކުށަށް އަރައިގަންނަ މީހުންގެ މައްސަލަ އަވަހަށް ތަހުގީގުކޮށް ރައްޔިތުންނަށް އިންސާފު ގާއިމުކޮށްދިނުމަކީ ދައުލަތުގެ އެންމެ މުހިންމު އެއް ވާޖިބުކަމަށާއި މިކަން މިގޮތަށް ކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރަނީ ދިވެހި ފުލުހުންނަށް ކަމަށެވެ. އަދި ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުން މިއަދު ދިވެހި ފުލުހުންގެ ފަރާތުން އެދޭ ގިނަކަންކަން އެބަހުރިކަމަށާއި ކުރާ ފޮނި އުންމީދުތަކެއް އެބަހުރި ކަމަށް ވިދާޅުވިއެވެ.

އެގޮތުން، ރާއްޖެއަކީ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކޮށްފައިވާ މުޖުތަމައަކަށް ހެދުމާ ރާއްޖެއަކީ ގޭންގު ހަދައިގެން ކުށްކުރަމުންދާ ވެއްޓެއްގޮތަށް އޮތްއޮތުން ބަދަލުކުރުމާއި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބޭރު މީހުންގެ ކަންކަން ގާނޫނީ އިމަށް ގެނައުމަށް އެހީތެރިވުމަކީ މީގެ ތެރެއިން އެންމެ މުހިންމު ކަންކަަން ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ. އަދި ތަމްރީނު ފުރިހަމަކޮށް ފުލުހުންގެ ސަފުތަކާ ގުޅޭ ފުލުހުންގެ ފަރާތުން މިދެންނެވި ކަންކަން ކާމިޔާބުކުރުމަށް، ވެރިންގެ އިރުޝާދާ އެއްގޮތަށް ގަދައަަޅައި މަސައްކަތްކުރުމަށް އެދިލެއްވިއެވެ. އަދި މިކަންކަން ވިޔަނުދިނުމަށް ދައުލަތުގެ އެތެރެއާއި ބޭރުން އަދި މިކަންކަން ކުރުމުގައި ޝާމިލުވާ މީހުންގެ ފަރާތުން ރިޝްވަތު ހުށަހެޅުމާއި އިންޒާރުދީ ބިރުދެއްކުމާއި ފުރައްސާރަކޮށް ފުލުހުންގެ މަސައްކަތަށް ހުރަސްއެޅުމަށް މަސައްކަތްކުރާނެ ކަމަށާއި ތަމްރީނުގެ ބޭނުމަކީ އަދި ފުލުހުންގެ އަޒުމުގެ މަތީގައި ނުގުޑާ ތިބުމަކީ އަދި ކުރާ ހުވަޔާ އެއްގޮތަށް އަމަލުކުރުމަކީ މިފަދަ ހުރަސްތަކުގެ ތެރެއިން ވެސް މަގުސަދު ހާސިލުކުރުން ކަމަށް ވިދާޅުވިއެވެ.

ހަމަ އެހެންމެ ގައުމެއްގެ އިގުތިސާދީ ތަރައްގީއާއި ކުރިއެރުމަށް އެންމެ މުހިންމު އެއްކަމަކީ އެ ގައުމެއްގައި އޮންނަ ހަމަޖެހުމާއި އަމަން އަމާންކަން އަދި ސުލްހަވެރިކަމާއި އަދުލު އިންސާފު ކަމަށާއި މިކަންކަން ކަށަވަރުކޮށް ދެމެހެއްޓުމަށް ހަރުދަނާ ފުލުހުންގެ ޚިދުމަތެއް ގާއިމުކޮށް އޮތުމަކީ ވަރަށް މުހިންމުކަމެއް ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ. އަދ އިންވެސްޓަރުންގެ ކޮންފިޑެންސް އިތުރުކުރުމާއި ގައުމަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ފުލުހުންގެ ފަރާތުން ފޯރުކޮށްދޭ ޚިދުމަތްތައް އޭގެ އެންމެމަތީ ފަންތީގައި ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި ޚިދުމަތްދިނުމުގައި އިންސާނީ ކަރާމާތް އިސްކޮށް ދިވެހި ރައްޔިތުންނާ ވީހާވެސް ގާތުން އޯގާތެރިކަމާއެކު ޚިދުމަތްދިނުމަކީ ފުލުހުންގެ އަމާޒަކަށް ވާންވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ ޚިދުމަތް ދިނުމަށް ޒަމާނީ އަދި މަތީ ތައުލިމާއި ތަމްރީނަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެންމެހައި ފުލުހުން މަސައްކަތް ކުރަންވާނީ އެ ފުލުހަކާ ހަވާލުވެފައިވާ މަސްއޫލިއްޔަތުތަކެއް އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށްޓަކައި ބޭނުންވާ ތައުލީމާއި ތަމްރީނު ލިބިގަތުމަށެވެ. ފުރުސަތުތައް ފަހިކޮށްދިނުމަކީ ޒިންމާއެއް ކަމަށާއި މިކަންކަން ފަހިކޮށްދީ މިކަމަށް ބާރުއަޅާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ. އަދި ތައުލީމާއި ތަމްރީނުދިނުމަކީ ފަސޭހަކަމެއްނޫން ކަމަށާއި އެއީ އެ މަސައްކަތެއްގައި ގިނަވަގުތު ހޭދަވާ ހައްޓަށްބުރަ އަދި އުނދަގޫ މަސައްކަތެއްކަމަށާއި ހާއްސަކޮށް އަސާސީ ތަމްރީނު ކޯހެއްގެ މުދައްރިބުންނަކީ މިކަންކަން އެތައް ގުނައަކަށް ކުރަންޖެހޭ ބައެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު އިހުސާން ވަނީ ޚިދުމަތުގައި ދިމާވާ ގޮންޖެހުންތަކުގައި ސާބިތުވެތިބުމަށް އަބަދުވެސް ނަސޭހަތްދެއްވައި ފުލުހުންގެ ހިތްވަރުކަމުގައި އަބަދުވެސް ތިބުމަށް، 36 ވަނަ އަސާސީ ތަމްރީނު ކޯހުން ދަސްވެނިވި ފުލުހުންގެ ބެލެނިވެރިންގެ ކިބައިން އެދިލައްވާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް