Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާސިމް އެޑްމިޓް ކުރުން

ގާސިމްގެ ހާލުކޮޅު ބަދަލެއް ނުވޭ، ޓެސްޓުތައް ނުހެދޭތީ ފަރުވާ އިތުރަށް ކުރިއަށް ނުގެންދެވިފައި!

ގާސިމް އޮތީ އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 9 އޯގަސްޓު 2017 | ބުދަ 09:35
ގާސިމް އިބްރާހިމް އޭޑީކޭގައި އެޑްމިޓްކޮށްފައި

ގާސިމް އިބްރާހިމް އޭޑީކޭގައި އެޑްމިޓްކޮށްފައި

ގާސިމްގެ ބަލިހާލުކޮޅަށް ބަދަލެއް ނާންނަ ކަމަށާއި އިތުރު ފަރުވާތަކަށް ދެވޭނީ ހަދަންޖެހޭ ހިތުގެ ޓެސްޓުތަކެއް ހެދުމަށް ފަހުގައި ކަަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

ޖުމްހޫރީޕާޓީގެ ސެކެޓްރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވީ، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެމްއާރްއައި ޓެސްޓް ހައްދަވާފައިވާ ކަމަށާއި، ގާސިމްގެ ހާލުކޮޅު ރަގަޅުވާނީ އިތުރުފަރުވާ ދިނުމަށް ބޭރަށް ގޮސްގެން ކަމަށެވެ.

ސަމީރު ވިދާޅުވީ، ގާސިމްގެ ޕާސްޕޯޓު ހިފެހެއްޓުމުގެ ސަބަބުން އިތުރުފަރުވާ ނުދެވޭ ކޮންމެ ކޮންމެ ދުވަހު، ސިއްހީ ހާލުކޮޅު އިތުރަށް ގޯސްވުމުގެ ޒިންމާ ނަގަންޖެހޭނީ ސަރުކާރުން ކަމަށެވެ. މިއީ ރައްޔިތުންނަށް އިހްސާންތެރިކަމެއް ނެތް ސަރުކާރެއް ކަމަށް ސަމީރު ވިދާޅުވި އެވެ.

ގާސިމް އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންގެންދާ އިރު މިދިޔަ އާދިއްތަ ދުވަހު ވެސް ގާސިމްގެ ޝަރީއަތެއް ތާވަލްކޮށްފައި ވެއެވެ. އާދިއްތަ ދުވަހުގެ ރޭގަނޑު 08:00 ޝަރީއަތް ތާވަލްކޮށްފައިވާ އިރު އެރޭގެ ޝަރީއަތް ކެންސަލްކޮށްފައި ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ ވަކީލުން ވެސް ހާޒިރުވި ފަހުންނެވެ. އެރެއަށް ތާވަލްކުރީ ހާޒިރު ނުވެއްޖެ ނަމަ ޣައިރު ހާޒިރުގައި ވެސް ޝަރީޢަތް ކުރިއަށް ގެނދާނެ ކަމަށް ކަނޑައަޅާއިގެންނެވެ. ގާސިމަށް އެޑްމިޓްކޮށްގެން ފަރުވާދޭން ފަށާފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

މިދިޔަ މަހު ވެސް ކުއްލިގޮތަކަށް އެޑްމިޓްކޮށް ގާސިމަށް ފަރުވާދީފައި ވެއެވެ. އެފަހަރު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް އެއަރޕޯޓަށް ގެންދިއުމަށް ފަހު ގާސިމްގެ ޕާސްޕޯޓު ހިފަހައްޓާފައިވުމުގެ ސަބަބުން ވަނީ ފުރޭގޮތް ނުވެފަ އެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން 10 ވަރަކަށް ދުވަސް ވަންދެން އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ގާސިމަށް ވަނީ ފަރުވާދީފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި

ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި

21 މާރިޗު 2017
ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު

ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު

20 މާރިޗު 2017
2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު

2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު

20 މާރިޗު 2017
އައްޑޫގައި އިތުރު އެކްސިޑެންޓެއް، ސީރިއަސް އަނިޔާތަކެއް ނުވޭ

އައްޑޫގައި އިތުރު އެކްސިޑެންޓެއް، ސީރިއަސް އަނިޔާތަކެއް ނުވޭ

18 މާރިޗު 2017
ޕާޓީގެ މުދަލަށް އަރައިގަތުމުގެ ހައްގެއް ފުލުހުންނަށް ލިބިގެނެއް ނުވޭ: އެމްޑީޕީ

ޕާޓީގެ މުދަލަށް އަރައިގަތުމުގެ ހައްގެއް ފުލުހުންނަށް ލިބިގެނެއް ނުވޭ: އެމްޑީޕީ

16 މާރިޗު 2017

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު