Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކުންޏާއި ނަޖިސް އަޅާފައި ހުރި ފުއްޕާހަން

ކުންޏާއި ނަޖިސް އަޅާފައި އެތައް ހާސް ފުއްޕާ ހަމެއް އުތުރު ކޮރެއާއިން ދެކުނު ކޮރެއާ އަށް އުދުއްސާލައިފި

މިކަން ހިނގުމާ ގުޅިގެން ދެކުނު ކޮރެއާގެ ކެމިކަލް އަދި ބަޔޮލޮޖިކަލް ވޯފެއަރ ރެސްޕޮންސް ޓީމުން ވަނީ އެ ސަރަހައްދަށް ގޮސް ފުއްޕާ ހަމުގައި ހުރި ތަކެތި ބަލާ ފާސްކޮށްފަ

ރާއްޖެ އެމްވީ | 29 މެއި 2024 | ބުދަ 11:21
އުތުރު ކޮރެއާއިން ދެކުނު ކޮރެއާ އަށް ފޮނުވާލި ކުންޏާއި ނަޖިސް އަޅާފައި ހުރި ފުއްޕާހަންތައް

އުތުރު ކޮރެއާއިން ދެކުނު ކޮރެއާ އަށް ފޮނުވާލި ކުންޏާއި ނަޖިސް އަޅާފައި ހުރި ފުއްޕާހަންތައް

އުތުރު ކޮރެއާ އިން ދެކުނު ކޮރެއާ އަށް ކުންޏާއި ނަޖިސް އަޅާފައި ހުރި އެތައް ސަތޭކަ ފުއްޕާހަން ފޮނުވި މައްސަލައިގައި ދެކުނު ކޮރެއާ އިން ރުޅިގަދަ ވެއްޖެއެވެ.

އުތުރު ކޮރެއާ އިން މި ފޮނުވި ފުއްޕާހަންތައް ދެކުނު ކޮރެއާގެ މަގުތަކުގެ މައްޗަށް ވެއްޓި ފަޅައިގެން ގޮސްފައި ހުއްޓާ ނަގާފައިވާ ފޮޓޯތައް ދެކުނު ކޮރެއާގެ އަސްކަރިއްޔާ އިން ވަނީ ބުދަ ދުވަހު ހާމަ ކޮށްފައެވެ.

ފޮޓޯ އިން ފެންނަ ގޮތުގައި ފަޅައިގެން ގޮސްފައިވާ ކޮތަޅު ވަށައިގެން މަގު މަތީގައި ކުނިބުނި ފެތުރިފައި ހުއްޓެވެ. ކޮތަޅެއްގެ ބޭރުގައި "ނަޖިސް" މިހެން ލިޔެފައިވާ ފޮޓޯއެއްވެސް އޭގެ ތެރޭގައި ހިމެނެއެވެ.

މިކަމާ ގުޅޭ ގޮތުން އުތުރު ކޮރެއާ އިން ބުނެފައިވަނީ، ނަޖިސް ފުހޭ ކަރުދާހާ ޖަނަވާރުގެ ނަޖިސް ފުއްޕާ ހަމުގައި ފޮނުވީ ދެކުނު ކޮރެއާ އިން ފުއްޕާ ހަން ބޭނުން ކޮށްގެން އުތުރު ކޮރެއާ އާ ދެކޮޅަށް ހިންގާ ޕްރޮޕަގެންޑާ އަށް ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ.

މި ހާދިސާ އާ ގުޅިގެން ދެކުނު ކޮރެއާގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ވިދާޅުވީ، މިފަދަ އިންސާނިއްޔަތާ ޚިލާފް ދަށު ދަރަޖައިގެ ކަންކަން ކުރުން ވަގުތުން ހުއްޓާލުމަށް އުތުރު ކޮރެއާ އަށް ގޮވާލާ ކަމަށެވެ. މިއީ ބައިނަލް އަގްވާމީ ގާނޫނުތަކާ ވެސް ޚިލާފް އަދި އާއްމުންނަށް ނުރައްކާތެރި ކަމެއް ކަމަށްވެސް އޭނާ ހާމަ ކުރިއެވެ.

މިކަން ހިނގުމާ ގުޅިގެން ދެކުނު ކޮރެއާގެ ކެމިކަލް އަދި ބަޔޮލޮޖިކަލް ވޯފެއަރ ރެސްޕޮންސް ޓީމުން ވަނީ އެ ސަރަހައްދަށް ގޮސް ފުއްޕާ ހަމުގައި ހުރި ތަކެތި ބަލާ ފާސްކޮށްފައެވެ. ދެކުނު ކޮރެއާ ސަރުކާރުން އެ ސަރަހައްދަށް އާއްމުން ގާތް ނުވުމަށްވެސް އޮތީ އިންޒާރު ދީފައެވެ.

މި ހަމަލާ ދެކުނު ކޮރެއާ އަށް ފޮނުވާލުމުގެ ކުރިން އުތުރު ކޮރެއާ އިން ވަނީ މިކަން ކުރާނޭ ކަމުގެ އިންޒާރު ދީފައެވެ.

އާދިއްތަ ދުވަހު މިކަމާ ބެހޭ ގޮތުން އުތުރު ކޮރެއާގެ ޑިފެންސް މިނިސްޓަރގެ ނައިބު ނެރުނު ބަޔާނެއްގައި "ކުނި ކަރުދާހާ، ނަޖިސް ފުންޏެއް" ދެކުނު ކޮރެއާ ފޮނުވާނޭ ކަމަށާއި އެއީ ދެކުނު ކޮރެއާ އިން އުތުރު ކޮރެއާ އަށް އުދުއްސާފައި ފޮނުވާ "ހަޑި އެއްޗެހީގެ" ބަދަލެއްގެ ގޮތުން ކަމަށްވެސް ބަޔާނުގައި ވެއެވެ.

ދެކުނު ކޮރެއާގައި ދިރިއުޅޭ އުތުރު ކޮރެއާގެ އެކްޓިވިސްޓުން ފުއްޕާ ހަމުގައި އުތުރު ކޮރެއާގެ ސަރުކާރަށް ފާޑު ކިޔާފައި ހުންނަ ލީފްލެޓް ތައް ދޭތެރެ ދޭތެރެއިން ފޮނުވައެވެ. ބައެއް ފަހަރު ޕޮޕް މިޔުޒިކް ވީޑިއޯ އަޅާފައި ޔޫއެސްބީ މެމޮރީ ސްޓިކްވެސް ފުއްޕާ ހަމުގައި ދެކުނު ކޮރެއާ އަށް ފޮނުވާފައިވެއެވެ.

އުތުރު ކޮރެއާގެ ލީޑަރަށް ނިސްބަތްވާ ގޮތައް ފާޑުކިޔާފައި ހުންނަ މައުލޫމާތު އެކުލެވޭ ތަކެތި އުތުރު ކޮރެއާ އަށް އެތެރެވުމަކީ އުތުރު ކޮރެއާގެ ސަރުކާރުން ވަރަށް ރުޅި އަންނަ ކަމެއްކަން އޮންނަނީ ފާހަގަ ކުރެވިފައެވެ.

އެހެން ކަމުން ދެކުނު ކޮރެއާގެ ކުރީ ސަރުކާރުން މި ގޮތައް ފުއްޕާހަން އުތުރު ކޮރެއާ އަށް ފޮނުވުން މަނާ ކުރިއެވެ. އެހެން ނަމަވެސް 2021 ވަނަ އަހަރު ސަރުކާރުން މިކަން މަނާ ކުރުން ދެކުނު ކޮރެއާގެ އެންމެ މަތީ ކޯޓުން ވަނީ ބާތިލް ކޮށްފައެވެ. ކޯޓުން ބުނީ އެއީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުން ކަމުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގަތަރަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއި ކުރުމަށް އެމެރިކާއިން ގޮވާލައިފި

ގަތަރަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއި ކުރުމަށް އެމެރިކާއިން ގޮވާލައިފި

10 ޖޫން 2017
މެންޗެސްޓަރ އެރީނާގައި ދިން ހަމަލާގައި 19 މީހުންް މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

މެންޗެސްޓަރ އެރީނާގައި ދިން ހަމަލާގައި 19 މީހުންް މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

23 މެއި 2017
އައިއެސް އިން ރަހީނުކޮށްގެން އުޅުނު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ

އައިއެސް އިން ރަހީނުކޮށްގެން އުޅުނު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ

01 މެއި 2017
ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް

ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް

28 އެޕްރީލު 2017
ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ

ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ

02 އެޕްރީލު 2017

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު