Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަޖިލީހުގެ ރައީސާއި ނައިބު ރައީސް

ސަރުކާރު ހުރިހާ މެމްބަރުންގެ ތާއީދެއް އަބްދުއްރަހީމަކަށް ނެތް! މިއީ ޚިޔާލުތަފާތުވުމުގެ ފެށުންބާ؟

އަބްދުއްރަހީމް ރައީސްކަމަށް އިންތިޚާބުކުރަން ލިބުނު ވޯޓުގެ އަދަދަށް ވުރެ ގިނަ އަަދަދެއްގެ ވޯޓު މަޖިލީހުގެ ނައިބު ރައީސްކަމަށް ނާޒިމް އިންތިޚާބުކުރުމަށް ލިބިވަޑައިގެންފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 28 މެއި 2024 | އަންގާރަ 13:16
20 ވަނަ މަޖިލީހުގެ މެމްބަރުން

20 ވަނަ މަޖިލީހުގެ މެމްބަރުން

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ފަހު މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވަން ބޭއްވި ޖަލްސާ އަކީ ވިސްނައިފި ބަޔަކަށް ނިކަން ގިނަ ކަންކަން ހާމަވެގެން ދާނެ ޖަލްސާއެކެވެ. ބޭރުފުށަށް ތިމަންނާމެން ތިބީ އެކު އެކީގަ އެކައްޗެއް ކިޔައިގެން ކަމަށް ދެއްކި ނަމަވެސް ކަން ހިނގަނީ ދިމާ އިދިކޮޅަށް ކަން ފެންނަން އެބަ އޮތެވެ. އެހެން ބުނަން ޖެހޭ ސަބަބަކީ މަޖިލީހުގައި 75 މެމްބަރުންގެ ފުރިހަމަ މެޖޯރިޓީ އެއް އޮތް ޕީއެންސީ އަށް މަޖިލީހުގެ ރައީސް ހޮވުމުގައި އެއްގަލަކަށް ނޭރުމުންނެވެ. އެކަމުގައި އެންމެންނަށް އެއްބަސް ކިޔޭ ގޮތް ނުވުމުންނެވެ.

މަޖިލީހުގެ ރައީސްކަމަށް އަބްދުއްރަހީމް އައްޔަންކުރުމަށް ވޯޓު ދެއްވީ، އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 92 މެމްބަރުންގެ ތެރެއިން 71 މެންބަރުންނެވެ. އެމަނިކުފާނާ ވާދަކުރެއްވި އެމްޑީޕީގެ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އަށް ވޯޓު ދެއްވީ 14 މެންބަރުންނެވެ. ބާތިލް ވޯޓުގެ އަދަދަކީ 7 އެވެ. މަޖިލީހުގައި ތިއްބަވާ ޕީއެންސީގެ 75 މެމްބަރުންގެ އިތުރުން ސަރުކާރާ އެއްކޮށް މަސައްކަތް ކުރާ ތިން ޕާޓީގެ ހަތަރު މެންބަރަކު ތިއްބަވައެވެ. އެހެންކަމުން އެ އަދަދަށް ބަލާ ނަމަ އަބްދުއްރަހީމަށް މަދުވެގެން 79 ވޯޓު ލިބިވަޑައިގަންނަވަންވާނެ ކަމަށް ވޯޓުގެ ކުރިންވެސް އޮތީ ބެލެވިފައެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނެވި ސިޔާމް ނުހިމަނާ ވޯޓުގައި ބައިވެރިވީ ސަރުކާރުގެ 78 މެންބަރުންނެވެ. މަޖިލީހުގެ ނައިބް ރައީސް ކަމަށް އިންތިހާބުވި އަހުމަދު ނާޒިމަށް ލިބިވަޑައިގެންނެވީ 80 ވޯޓެވެ. އަދި ނާޒިމްއާއި ވާދަ ކުރެއްވި މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީއަށް ލިބިވަޑައިގަންނަވާފައި ވަނީ 12 ވޯޓެވެ.

އެހެންކަމުން މަޖިލީހުގެ ރައީސްގެ ގޮތުގައި އަބްދުއްރަހީމް ފެންނަން ބޭނުން ނުވާ ބަޔަކު އެ ޕާޓީގައި ވެސް ތިބިކަން ސާފުކޮށް އެބަ އެނގެއެވެ. އެހެން ނޫންނަމަ އެ މަނިކުފާނަށް ގެއްލޭނީ އިދިކޮޅު އެމްޑީޕީގެ ވޯޓު އެކަންޏެއް ނޫންތޯއެވެ؟ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ނެގި ވޯޓަކީ ސިއްރު ވޯޓެއް ކަަމަށް ވުމާއި އެކު ވޯޓު ދިން ގޮތް އޮތީ ވަންހަނާވެފައެވެ. މި މަޖިލީހުގައި ޕީއެންސީގެ މެމްބަރުންގެ ގޮތުގައި އެކަނިވެސް 75 މެމްބަރުން އެބަ ތިއްބެވެ. އެހެންވީމަ 71 ވޯޓު އަބްދުއްރަހީމަށް ލިބިވަޑައިގަތަސް ޕީއެންސީގެ ތެރެއިން ކޮންމެވެސް 4 ބޭފުޅަކު އެއްގޮތަކަށް ވެސް އަބްދުއްރަހީމް މަޖިލީހުގެ ރައީސްކަމުގައި ބަހައްޓަން ބޭނުން ނުވާކަން މި ވޯޓުން އެބަ އެނގެއެވެ. ޔަގީންވާ ކަމަކީ ފާޅުކަން ބޮޑުކޮށް އަބްދުއްރަހީމަށް ފާޑުކިޔަން ނުކެރުނަސް އެމަނިކުފާނާއި ނުރުހޭ ބަޔަކު މަޖިލީހަށް އިންތިޚާބުވި ޕީއެންސީގެ ބޭފުޅުންގެ ތެރޭގައި ތިބިކަމެވެ. އަދި ސަރުކާރާއި އެކުގައި މަސައްކަތް ކުރާ މެމްބަރުން ކަމަށް އެ ވިދާޅުވާ ބޭފުޅުންގެ ތެރެއިން ބަޔަކު ވެސް އަބްދުއްރަހީމަށް ވޯޓު ނުދެއްވުން އެއީ ހިނގާފައި ވުން އެކަށީގެންވާ ކަމެކެވެ. އަނެއް ކަމަކީ އަބްދުއްރަހީމް ރައީސްކަމަށް އިންތިޚާބުކުރަން ލިބުނު ވޯޓުގެ އަދަދަށް ވުރެ ގިނަ އަަދަދެއްގެ ވޯޓު މަޖިލީހުގެ ނައިބު ރައީސްކަމަށް ނާޒިމް އިންތިޚާބުކުރުމަށް ލިބިވަޑައިގެންފައިވުމެވެ.

މަޖިލިސް އިންތިޚާބަށް ފަހު މަޖިލީހުގެ މިހާރުގެ ނައިބު ރައީސް ނާޒިމް ވެސް މަޖިލީހުގެ ރައީސްކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ވާހަކަ ވަރަށް ބޮޑަށް ވައިގައި ހިފިއެވެ. ބައެއް ބޭބޭފުޅުންނާއި އެކު މަޝްވަރާގެ މޭޒުގައި އިށީންނަވާ މަޖިލީހުގެ ރައީސްކަމާއި ހަމައަށް އާދެވޭތޯ ބެއްލެވިކަމަށް ވެސް ބައެއް މެމްބަރުން ބުނާތީ އަޑު އެހީމެވެ. އެހެންނަމަވެސް މަޖިލީހުގެ ރައީސަކަށް ގެންނަވަންވީ ބޭފުޅަކު އެންގެވީ ސީދާ ރައީސް މަނިކުފާނެވެ. ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މަޖިލީހުގެ ބައެއް މަގާމުތަކަށް ކަނޑައަޅުއްވަން ބޭނުންފުޅުވާ ބޭފުޅުންގެ ލިސްޓެއް ރައީސް މަނިކުފާނު ހުށަހެޅުއްވީއެވެ. އެހެންވީމަ މަޖިލީހުގެ ރައީސްކަމަށް ވަކި ބޭފުޅަކު ގެންނަން ރައިސް ބާރުލާ މަސައްކަތް ކުރަމުން ދަނިކޮށް ރައީސަށް ގޮންޖަހަން ކެރޭނެހެއްޔެވެ؟ މަޖިލީހުގައި ފެނުނު މަންޒަރުން އެނގޭ ކަމަކީ ވާދަވެރި މާހައުލެއްގައި ވޯޓެއް ނެގި ނަމަ މަޖިލީހުގެ ރައީސްގެ ގޮނޑިން މަޖިލީހުގެ ނައިބު ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންނެވި ނާޒިމް ފެނިވަޑައިގަތުމަކީ ވުން އެކަށީގެންވާ ކަމެއްކަމެވެ. އެހެނީ އަބްދުއްރަހީމަށް ވުރެ ގިނަ ވޯޓު ނާޒިމް އަށް ފައްސި ގޮތެއްގައި ލިބުނެވެ.

ކޮންމެއަކަސް މިއަދުގެ ވޯޓުގެ ހިސާބު އެހެން އެއްވެސް މީހަކަށް ވުރެ ބޮޑަށް ގާތުން ބައްލަވާނެ ބޭފުޅަކީ އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި މަޖިލީހުގެ ރައީސެވެ. އެންމެ އަރިހުގައި ހުންނެވި ބޭފުޅާ ވެސް އެ މަނިކުފާނަށް ވޯޓު ނުދެއްވާ ކަމަށް އެމަނިކުފާނުވެސް ވިސްނަވާނެއެވެ. އަދި ބާތިލްވި ވޯޓުތަކުގެ ހިސާބުވެސް ނިކަން ރަނގަަޅަށް ބައްލަވާނެއެވެ. އެހެނީ ކައިރީގައި ތިއްބަވާ ބޭފުޅުންގެ ފަރާތުން ފެންނަ މިފަދަ ކުދިކުދި ކަންކަމަކީ ކިހާ ބޮޑެތި ސިޔާސީ ހިތްހަމަނުޖެހުމުގެ ފެށުން ކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ވެސް ހަމަ އެ މަނިކުފާނަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ސިޔާސަތެއް ނެތް ވެރިކަން!

ސިޔާސަތެއް ނެތް ވެރިކަން!

18 ފެބުރުއަރީ 2017
ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!

ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!

14 ފެބުރުއަރީ 2017
ނިމުމެއް ނެތް އަޅުވެތިކަން

ނިމުމެއް ނެތް އަޅުވެތިކަން

10 ފެބުރުއަރީ 2017
މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!

މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު