Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ20 ވަނަ މަޖިލިސް

މަޖިލިސް 20 ވެގެންދާނީ ރައީސް މުއިއްޒުގެ މަސައްކަތްތަކާ ފައިހަމަކޮށްގެން ހިނގާނެ މަޖިލީހަކަށް - އަބްދުއްރަހީމް

28 މެއި 2024 | އަންގާރަ 09:03

އަބްދުއްރަހީމް ވަނީ ނިމިދިޔަ 19 ވަނަ މަޖިލީހުގެ ރިޔާސަތާއި މެމްބަރުން ކުރި މަސައްކަތް ފާހަގަކޮށް އެ މެމްބަރުންނަށް ޝުކުރު އަދާކުރައްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 28 މެއި 2024 | އަންގާރަ 09:03
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

މަޖިލިސް 20 ވެގެންދާނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މަސައްކަތްތަކާ ފައިހަމަކޮށްގެން ހިނގާނެ މަޖިލީހަކަށް ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

20 ވަނަ މަޖިލީހުގެ ރައީސްކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ 20 ވަނަ މަޖިލިސް އެކުލަވާލެވޭ ދަނޑިވަޅަކީ ވަރަށް މުހިންމު ދަނޑިވަޅެއް ކަމަށެވެ. މިއީ ޤައުމަށް މުހިންމު އާ ސިޔާސަތުތަކާއި، އިންގިލާބީ ބަދަލެއް ރާއްޖެ އަށް ގެނައުމުގެ މަގްސަދުގައި ސަރުކާރުން މަސައްކަތް ކުރާ ދަނޑިވަޅެއް ކަަމަށް ވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ. މި މަޖިލީސް ވުޖޫދުވެގެން އަންނަނީ ރައީސް މުއިއްޒުގެ ޒައާމަތަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަމަށް ވާއިރު މަޖިލީހުން ރައީސްގެ މަސައްކަތްތަކަށް އެއްބާރުލުން ދިނުން މުހިންމު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން މިއީ ރާއްޖެއިން ޤައުމެއްގެ ހައިސިއްޔަތުން މުހިންމު ނިންމުންތަކެއް ނިންމަން ޖެހިފައިވާ ދަނޑިވަޅެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މަޖިލީހުގެ ރައީސް ވިދާޅުވީ އިގްތިސާދީ އަސާސްތައް ފުޅާކޮށް، އާ މަސައްކަތްތައް އުފަން ކުރަން ޖެހޭ ކަމަށެވެ. ހަމައެހެންމެ ފައިސާ އާއި މާލީ ފުދުންތެރިކަން އިތުރުކުރުމާއި، އުމްރާނީ ތަރައްޤީ އަށް ބޭނުންވާ ކަންކަން މަގުފަހިކުރަން ޖެހޭ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ވީދެމުންދާ އިޖުތިމާއީ ފޭރާން ރަނގަޅުކުރަން ވެސް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިހާރު މަސްތުވާތަކެއްޗާއި ދެކޮޅަށް ބޮޑު ހަނގުރާމައެއް ކުރަންޖެހިފައިވާ ކަމަށާއި ޤާނޫނާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެފައިވާ ކަމަށް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ޤާނޫނުގެ ވެރިކަން ނަގަހައްޓާ، ޝަރުއީ ދާއިރާގެ މިނިވަންކަން ދަމަހައްޓާ، މަޖިލީހުގެ އަބުރާއި ކަރާމަތް ިފަހައްޓަން މި މަޖިލީހުން މަސައްކަތްކުރަންޖެހޭ ކަމަށެވެ. އަދި އާ ޤާނޫނުތައް ތައާރަފްކުރުމާއި، ބަދަލުކުރަން ޖެހޭ ޤަވައިދުތައް ހަދަން ވެސް އިސްކަންދޭން ޖެހޭ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. 20 ވަނަ މަޖިލީހުގެ ކޮނޑުގައި އެޅިފައި ވަނީ ބޮޑު މަސްޢޫލިއްޔަތެއް ކަމަށް ފާހަގަކުރައްވާ އަބްދުއްރަހީމް ވަނީ އެ މަސައްކަތުގައި ވަރުބަލިކަމެއް ނެތި މި މަޖިލިސް ދެމި އޮންނާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މަޖިލީހަކީ ޤައުމީ ބަހުސްތައް ހިނގާނެ އެންމެ އުސް މަޖިލިސް ކަމަށް އެ މަނިކުފާނު ސިފަކުރެއްވިއެވެ. އަދި މަޖިލީހުގައި ތަފާތު ޚިޔާލާއި، ފިކުރަށް ޖާގަ އޮންނަން ވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް އެކަންކަން ހިނގަން ވާނީ މަޖިލީހުގެ ސުލޫކުގެ ތެރެއިން، މަޖިލީހުގެ ޤަދަރު ދެމެހެއްޓޭނެ ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވަނީ ނިމިދިޔަ 19 ވަނަ މަޖިލީހުގެ ރިޔާސަތާއި މެމްބަރުން ކުރި މަސައްކަތް ފާހަގަކޮށް އެ މެމްބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް