Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެސްޓަން ވިލާ

އެސްޓަން ވިލާގެ އެއްބަސްވުން އެމެރީ އައު ކުރީ އިތުރު ފަސް އަހަރަށް!

ވިލާ އާއެކު އެމެރީ ސޮއި ކުރި ފަސް އަހަރު ދުވަހުގެ އެއްބަަސްވުމުގެ މުއްދަތު ހަމަވާނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 މެއި 2024 | ބުދަ 04:10
އެސްޓަން ވިލާގެ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު އެމެރީ

އެސްޓަން ވިލާގެ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު އެމެރީ

އެސްޓަން ވިލާ އަށް އިރުޝާދު ދެމުން އަންނަ އުނާއީ އެމެރީ އެ ކުލަބުގެ އެއްބަސްވުން، އިތުރު ފަސް އަހަރަށް އިތުރު ކޮށްފި އެވެ.

އެސްޓަން ވިލާގައި އެމެރީ ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އަންނައިރު، އެ ކުލަބުން އޭނާގެ އެއްބަސްވުން އައު ކުރީ މުސާރައިގެ ކުރިއެރުމާ ވެސް އެކު އެވެ. އެގޮތުން ކުރިން އެމެރީ އަށް، އެސްޓަން ވިލާ އިން ދެމުން އައި މުސާރަ އަށްވުރެ ބޮޑު މުސާރައެއް އައު އެއްބަަސްވުމުގެ ދަށުން ލިބޭނެ އެވެ.

އެސްޓަން ވިލާ އާއެކު އެމެރީ ސޮއި ކުރި ފަސް އަހަރު ދުވަހުގެ އެއްބަަސްވުމުގެ މުއްދަތު ހަމަވާނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ވާހަކަ ދައްކަމުން އެމެރީ ބުނީ، އެސްޓަން ވިލާ ގޮވައިގެން ކުރިއަށް ދިޔުމުގައި އޭނާ ހުރީ އުފަލުން ކަމަަށެވެ.

ޚާއްސަކޮށް އެ ކުލަބުގައި އޮތީ ރަނގަޅު ރޫޙެއް ކަމަށާއި، އެންމެން އެކުވެގެން ޓީމެއްގެ ގޮތުގައި ކުރިއަށް ދެވޭނެ ކަމުގެ ޔަޤީންކަން އޮތް ކަމުގައި ވެސް އެމެރީ ބުންޏެވެ. މިހާތަނަށް އައިއިރު، އެސްޓަން ވިލާ އަށް ހޯދުނު ކޮންމެ ކާމިޔާބެއްގެ ފަހަތުގައި ވެސް ވަނީ އެންމެން އެކެވެގެން، އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ކަމަށް އެމެރީ ވަނީ ފާހަގަކޮށްފަ އެވެ.

އެސްޓަން ވިލާގެ ކޯޗުކަމާ އެމެރީ ހަވާލުވީ 2022 ވަނަ އަހަރު އެވެ. އޭގެ ފަހުން ކޮންމެ ސީޒަނެއްގައި ވެސް އެސްޓަން ވިލާ އިން ނަތީޖާތައް ރަނގަޅު ކުރަމުން އަންނައިރު، މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގު އެ ޓީމުން ނިންމާލީ ހަތަރު ވަނައިގަ އެވެ. އެއާއެކު އަންނަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުން ވެސް އެސްޓަން ވިލާ އަށް ޖާގަ ލިބޭނެ އެވެ.

ސްޕެއިން އަށް ނިސްބަތްވާ އުމުރުން 52 އަހަރުގެ އެމެރީގެ އިރުޝާދުގެ ދަށުން އެސްޓަން ވިލާ އިން ވަނީ މިހާތަނަށް 83 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 44 މެޗުން މޮޅުވެފަ އެވެ. 24 މެޗަކުން ބަލިވެފައިވާއިރު، 15 މެޗަކުން ވަނީ އެއްވަރުވެފަ އެވެ. އެސްޓަން ވިލާއާ ހަވާލުވުމުގެ ކުރިން އެމެރީ ވަނީ ވެލެންސިއާ، ސެވިއްޔާ، ވިލަރެއާލް، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަދި އާސެނަލަށް ވެސް އިރުޝާދު ދީފަ އެވެ.

އިތުރަށް ކިޔާލަން

11 ޖުލައި 2017

ފޯމުގައި ޓީސީ އޮއްވާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި: ނިޒާމްބެ

11 ޖުލައި 2017
ފޯމުގައި ޓީސީ އޮއްވާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި: ނިޒާމްބެ
06 ޖުލައި 2017

އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި

06 ޖުލައި 2017
އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި
04 ޖުލައި 2017

ޖޯން ޓެރީ އެސްޓަން ވިލާއަށް ސޮއިކޮށްފި

04 ޖުލައި 2017
ޖޯން ޓެރީ އެސްޓަން ވިލާއަށް ސޮއިކޮށްފި
13 ޖޫން 2017

ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި

13 ޖޫން 2017
ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި
08 ޖޫން 2017

ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި

08 ޖޫން 2017
ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި
05 އެޕްރީލު 2017

އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި

05 އެޕްރީލު 2017
އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި
26 މާރިޗު 2017

މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި

26 މާރިޗު 2017
މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު