Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

އެމްބާޕޭއާ އެއް ފެންވަރުގެ ކުޅުންތެރިޔަކު ނެތް: އެންރީކޭ

27 މެއި 2024 | ހޯމަ 03:49

އެމްބާޕޭ އަކީ ޕީއެސްޖީގެ ތާރީޚުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަަހައިދީފައިވާ ކުޅުންތެރިޔާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 މެއި 2024 | ހޯމަ 03:49
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އަދި ކީލިއަން އެމްބާޕޭ

ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އަދި ކީލިއަން އެމްބާޕޭ

ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭއާ އެއް ފެންވަރުގެ ކުޅުންތެރިޔަކު ނުހުންނާނެ ކަމަށް، އެ ޓީމަށް އިރުޝާދު ދެމުން އަންނަ ލުއިސް އެންރީކޭ ބުނެފި އެވެ.

އެންރީކޭ މިހެން ބުނީ، މި ސީޒަނަށްފަހު އެމްބާޕޭ ޕީއެސްޖީ ދޫކޮށްލުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. ޕީއެސްޖީގެ ޖާޒީގައި އެމްބާޕޭގެ އެންމެ ފަހު މެޗަކީ ފްރާންސް ކަޕްގެ ފައިނަލްގައި ލިއޯންއާ ދެކޮޅަށް ކުޅުނު މެޗެވެ. ލިއޯން ބަލިކޮށް، ޕީއެސްޖީން ފްރާންސް ކަޕްގެ ތަށި އުފުލާލި މެޗަކީ ޕީއެސްޖީގައި އެމްބާޕޭ ފެންނާނެ އެންމެ ފަހު މެޗެވެ.

އެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗު އެންރީކޭ ބުނީ، އެމްބާޕޭއާ އެއް ފެންވަރުގެ އެހެން ކުޅުންތެރިޔަކު ނުހުންނާނެ ކަމަށާއި، އެހެންކަމުން ޕީއެސްޖީން ހޯދާނީ ތަފާތު އެހެން ކުޅުންތެރިޔެއް ކަމަށެވެ. އޭނާ ބުނީ ކުރިއަށ އޮތް ސީޒަނުގައި ޕީއެސްޖީން ފަހެއް ނުވަތަ ހަ ކުޅުންތެރިންގެ ސޮއި ހޯދާނެ ކަމަށެވެ. އަދި ޕީއެސްޖީ އަށް ވީއެންމެ ރަނގަޅަށް މަސައްކަތްކޮށް، ޓީމު ވަރުގަދަ ކުރާނެ ކަމުގަައި ވެސް އެންރީކޭ ބުންޏެވެ.

އެންރީކޭ ބުނީ ޕީއެސްޖީގައި އެމްބާޕޭ ދައްކާފައި ވަނީ އާދަޔާ ޚިލާފު މޮޅު ކުޅުމެއް ކަމަށާއި، އެމްބާޕޭ އަށް އިރުޝާދު ދިނުމުގެ ފުރުސަތު ލިބުމަކީ އޭނާ އަށް ވެސް ލިބޭ އުފަލެއް ކަމަށެވެ. އަދި އެމްބާޕޭ ޕީއެސްޖީ ދޫކޮށް ދިޔަ ނަމަވެސް، އެމްބާާޕޭ އަށް ފުރިހަމަ ކާާމިޔާބަށް އެދޭ ކަމަށް ވެސް އެންރީކޭ ބުންޏެވެ. ހަމައެހެންމެ، އެމްބާޕޭ ނެތް ޙާލަތަށް ވެސް ޕީއެސްޖީން ތައްޔާރުވާން ޖެހޭނެ ކަމުގައި ވެސް އެންރީކޭ ވަނީ ބުނެފަ އެވެ. އެހެންކަމުން ދެން ޕީއެސްޖީން ކުރަން ޖެހޭނީ އެ މަސައްކަތް ކަމަށް ވެސް އެންރީކޭ ބުންޏެވެ.

އުމުރުން 25 އަހަރުގެ އެމްބާޕޭ އަކީ ޕީއެސްޖީގެ ތާރީޚުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަަހައިދީފައިވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ޕީއެސްޖީ އަށް ޖުމުލަ 308 މެޗު ކުޅެދީ، 256 ލަނޑު ޖަހައިދީފަ އެވެ. ޕީއެސްޖީ އާއެކު އޭނާ ވަނީ 15 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. ޕީއެސްޖީ އާއެކު އެމްބާޕޭ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވެސް ކުޅެފަ އެވެ. އެ ފަހަރު ފައިނަލްގައި ޕީއެސްޖީ ބަލިވީ ބަޔާން މިއުނިކާ ވާދަކޮށެވެ.

ޕީއެސްޖީ ދޫކޮށްލުމަށްފަހު އެމްބާޕޭ ބަދަލުވާނެ ކުލަބެއް ރަސްމީކޮށް އޭނާ ހާމަކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް، އެމްބާޕޭ ބަދަލުވާނީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި އެކަމާ ގުޅޭ މަޝްވަރާތައް ދަނީ ކުރެވެމުން ކަމަށް ވެސް ބުނެފައިވެ އެވެ. ރެއާލުން ވަނީ މީގެ ކުރިން ވެސް އެމްބާޕޭ ހޯދުމުގެ މަސައްކަތް ކޮށްފަ އެވެ. އެހެން ނަމަވެސް، އެފަހަރު އެމްބާޕޭ ނިންމީ ޕީއެސްޖީގައި މަޑު ކުރުމަށެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

ރާއްޖޭގައި ކުޅެން އަދި ހުށައެއްނާޅާ، ކޮންމެ ކުޅުންތެރިޔަކުވެސް މިތާ ކުޅޭ ހިތްވާނެ: ޗެތްރީ

11 އެޕްރީލު 2017
  ރާއްޖޭގައި ކުޅެން އަދި ހުށައެއްނާޅާ، ކޮންމެ ކުޅުންތެރިޔަކުވެސް މިތާ ކުޅޭ ހިތްވާނެ: ޗެތްރީ
04 އެޕްރީލު 2017

ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު

04 އެޕްރީލު 2017
ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު
26 މާރިޗު 2017

ފަސް ކުޅުންތެރިޔަކު ބާކީކޮށް ގައުމީ ޓީމުގެ ސްކޮޑު އެކުލަވާލައިފި

26 މާރިޗު 2017
ފަސް ކުޅުންތެރިޔަކު ބާކީކޮށް ގައުމީ ޓީމުގެ ސްކޮޑު އެކުލަވާލައިފި
23 މާރިޗު 2017

ގައުމީ ފެންވަރުގެ އަތޮޅު މުބާރާތެއް ހިމަނައި، ހޭންޑްބޯޅައިގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި

23 މާރިޗު 2017
ގައުމީ ފެންވަރުގެ އަތޮޅު މުބާރާތެއް ހިމަނައި، ހޭންޑްބޯޅައިގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި
22 މާރިޗު 2017

ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

22 މާރިޗު 2017
ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ
16 މާރިޗު 2017

ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން

16 މާރިޗު 2017
ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން
10 މާރިޗު 2017

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017
ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް