Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޭޖާ ލީގު ސޮކާ

މެސީ އާއި ސުއަރޭޒް ނުހިމަނައި ކުޅުނު މެޗުން މިއާމީ މޮޅުވެއްޖެ

މިހާތަނަށް 34 ޕޮއިންޓު ހޯދައިގެން އެ ޓީމު އޮތީ އެއް ވަނައިގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 މެއި 2024 | އާދީއްތަ 07:13
މެޗުގައި ލަނޑު ޖެހުމަށްފަހު މިއާމީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު މިއާމީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގައި ވެންކޮވާއާ ދެކޮޅަށް ކުޅުނު މެޗުންް މޮޅުވެ، އިންޓަ މިއާމީން އެއް ވަނައިގައި ދެމި އޮވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ހެނދުނު ކުޅުނު މެޗު މިއާމީން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި މިއާމީން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑުތައް ޖެހީ ފަހު ހާފުގަ އެވެ.

މެޗުގައި މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ނުކުޅެ އެވެ. މީގެ އިތުރުން ސްޕެއިންގެ ސާޖިއޯ ބުސްކެޓްސް ވެސް މި މެޗުގައި ނުކުޅެ އެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަަހައި ކުރި ހޯދީ ވެސް މިއާމީންނެވެ. މެޗުގެ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ރޮބާޓް ޓޭލާ އެވެ. އޭގެ ފަހުން ދެ ވަނަ ހާފު ފަށައިގެން ނުވަ ވަނަ މިނެޓުގައި އެ ޓީމުގެ ލީޑު ފުޅާ ކޮށްދިނީ ލިއޮނާޑޯ ކަމްޕަނާ އެވެ. މެޗުގައި ވެންކޮވާ ހަމައެކަނި ލަނޑު 72 ވަނަ މިނެޓުގައި ޖެހީ ރަޔާން ގައުލްޑް އެވެ. އޭނާ އެ ލަނޑު ޖެހީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ.

ލީގުގައި މިއާމީން މިހާތަނަށް 16 މެޗު ކުޅެފައިވާއިރު، 10 މެޗުން ވަނީ މޮޅުވެފަ އެވެ. ދެ މެޗަކުން ބަލިވެފައިވާއިރު، ހަތަރު މެޗު ވަނީ އެއްވަރުވެފަ އެވެ. މިހާތަނަށް 34 ޕޮއިންޓު ހޯދައިގެން އެ ޓީމު އޮތީ އެއް ވަނައިގަ އެވެ. މިއާމީ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި ސިންސިނާޓީ އަށް ލިބެނީ 33 ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު