Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބު ހޯދުން

ރިޔާސީ އަދި މަޖިލިސް އިންތިޚާބުން އެމްޑީޕީ ބަލިވި ސަބަބު ދެނެގަތުމަށް އާންމުންގެ ހިޔާލު ހޯދަނީ

24 މެއި 2024 | ހުކުރު 08:04

ނާކާމިޔާބު ވީގޮތް ދެނެގަތުމުގެ ދިރާސާކުރާ ކޮމިޓީއެއް ވަނީ އުފައްދާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 24 މެއި 2024 | ހުކުރު 08:04
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އާއި، އެމްޑީޕީގެ އިސްބޭފުޅުން

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އާއި، އެމްޑީޕީގެ އިސްބޭފުޅުން

ރިޔާސީ އިންތިޚާބު 2023 އާއި 20ވަނަ ރައްޔިތުން މަޖިލިސް އިންތިޚާބު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ސަބަބު ދެނެގަތުމަށް ހަދާ ދިރާސާއަށް އާންމުންގެ ހިޔާލު ހޯދުމަށް އެ ޕާޓީން ހުޅުވާލައިފިއެވެ.

އެމްޑީޕީން ބުނީ 1 މޭ 2024 ވަނަ ދުވަހުގެރޭ ބޭއްވި އެމްޑީޕީ ޤައުމީ މަޖިލިސްގެ 4 ވަނަ ދައުރުގެ 9 ވަނަ ބައްދަލުވުމުގައި 2023 ރިޔާސީ އިންތިޚާބު އަދި 2024 ގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބު ވީގޮތް ދެނެގަތުމުގެ ދިރާސާކުރާ ކޮމިޓީއެއް އުފައްދާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެމަސައްކަތްތައް ކުރިއަށްދާއިރު، ކޮމިޓީއަށް މައުލޫމާތު ދޭން ބޭނުންވާ މީހުންނާ އަދި ޚިޔާލު ހުށަހަޅަން ބޭނުންވާ މީހުންނަށް އެފުރުސަތު ހުޅުވާލާފައިވާ އެމްޑީޕީން ބުނެއެވެ. އެގޮތުން feedback@mdp.org.mv އަށް މައުލޫމާތާއި ޚިޔާލު ހުށައެޅުމަށް ވަނީ އެދިފައެވެ.

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން އެމްޑީޕީ އަށް ކުރިމަތިވި ބޮޑު ނާކާމިޔާބީގެ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމާއެކު ރައްޔިތުން އެމްޑީޕީގެ ކުރިމަގާމެދު ދެކޭގޮތް ދެނެގަނެ ޕާޓީ ކުރިޔަށްގެންދާނެ ގޮތުގެ މަގު ޗާޓެއް އެކުލަވާލުމުގެ މަސައްކަތް އެމްޑީޕީން ވަނީ ފަށާފައެވެ.

މި ދެ އިންތިޚާބުން ބަލިވުމާއި ގުޅިގެން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ މިއީ ރިޔާސީ އިންތިޚާބަކާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކުން އެމްޑީޕީއަށް ނާކާމިޔާބީ އާ ކުރިމަތިވި ފުރަތަމަ ފަހަރު ނޫންކަމަށެވެ. އެހެންކަމުން އަނެއްކާވެސް އެމްޑީޕީގެ ގައުމީ މަޖިލީހުން އެއްބަސްވީ ޕާޓީ އަލުން ތަރުތީބުވެގެން ނުކުމެ އެމްޑީޕީގެ ފިލޯސަފީތަކާ އެއްގޮތަށް ރައްޔިތުންނަށް ޚިިދުމަތް ކުރުމުގައި ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމުގައި ބާރަށް މަސައްކަތް ފެށުމަށްކަމަށް ޝާހިދު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗެއަރޕާސަން ފައްޔާޒު އިސްމާއީލު ވިދާޅުވީ ކުރިޔަށް އޮތް އެއް އަހަރަށް ޕާޓީގެ ލީޑަރޝިޕްގެ ފޯކަސް އޮތީ އެމްޑީޕީ ވަރުގަދަކުރުމުގެ މައްޗަށްކަމަށެވެ. ކައިރިކައިރީގައި އިންތިޚާބުތަކެއް އައުމާއެކު ޕާޓީ ވަރުގަދަކުރުމަށް މަސައްކަތްތަކެއް ކުރެވިފައިނުވާކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި އެކަންކުރުމަށްޓަކައި ޕާޓީގެ ގްރޫސް ރޫޓުން ޕާޓީ އާމެދު ދެކޭގޮތް ބަލާ ކަންކަން ހައްލުކުރެވެން ހުރި ގޮތްތައް ބަލާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް