Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްޕީއާރުސީގެ ހިންގުން ބައްސާމަށް

އެމްއެމްޕީއާރުސީގެ ހިންގުން ޑީއެމްޑީ ބައްސާމްއާ ހަވާލުކޮށްފި

23 މެއި 2024 | ބުރާސްފަތި 16:46

އެމްއެމްޕީއާރުސީގެ ހިންގުން ވަގުތީ ގޮތުން ބައްސާމްއާ ހަވާލުކޮށްފައިމިވަނީ އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގައި ހުންނެވި ފާތިމަތު ތައުފީޤު އެމަގާމުން ބުދަ ދުވަހު ވަކިކުރުމަށްފަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 މެއި 2024 | ބުރާސްފަތި 16:46
މުހައްމަދު ބައްސާމު އާދަމް

މުހައްމަދު ބައްސާމު އާދަމް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިންގުން އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ބައްސާމު އާދަމްއާ ވަގުތީގޮތުން ހަވާލުކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އެމްއެމްޕީއާރުސީގެ ހިންގުން ވަގުތީ ގޮތުން ބައްސާމްއާ ހަވާލުކޮށްފައިމިވަނީ އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގައި ހުންނެވި ފާތިމަތު ތައުފީޤު އެމަގާމުން ބުދަ ދުވަހު ވަކިކުރުމަށްފަހުއެވެ. ފާތުމަތު ތައުފީގު އެމަގާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައެއްނުވެއެވެ. އެމްއެމްޕީއާރުސީގެ އެމްޑީ ކަމަށް ފާތިމަތު އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 17 ގައެވެ.

ފާތުމަތު ތައުފީގު އެމަގާމުން ވަކިކުރުމުގެ ކުރިން އެމްއެމްޕީއާރްސީގެ ޗެއަރޕާސަންކަމުގައި ހުންނެވި އާއިޝާ ނޫރައިން ޖަނާހު ވެސް ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އެކަމާ ގުޅޭގޮތުން ޕީސީބީން ބުނީ، ނޫރައިންގެ އިސްތިއުފާގެ ސިޓީ 21 މެއި ގައި ލިބިފައިވާ ކަމަށެވެ. އެ ކޯޕަރޭޝަންގެ ބޯޑު މެންބަރު ރާފިލް މުހައްމަދު ވެސް ވަނީ ބުދަ ދުވަހު އެމަގާމުން އިސްތިއުފާ ދެއްވާފައެވެ.

އެނގިފައިވާ ގޮތުގައިކުންފުނި ހިންގަމުން އަންނަ ގޮތާ މެދު ކުރީގެ އެމްޑީއާއި އެމްއެމްޕީއާރްސީގެ ބޯޑާ ދެމެދު ވަނީ ގިނަ ހަޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. ބައެއް ހަރަކާތްތައް ހިންގުމަށް ހަރަދު ކުރުމުގައި އެ ކުންފުނިން ނިންމާފައިވާ ނިންމުންތަކާ މެދު ބޯޑުގެ ބައެއް މެންބަރުންނާ މެދު ހިތްހަމަނުޖެހުންތަކެއް އުފެދިފައިވާތާ ދުވަސްތަކެއް ވަނީ ވެފައެވެ.

އަނެއްކޮޅުން ބައްސާމް އެމްއެމްޕީއާރުސީގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ތުހުމަތުތަކެއް ވެސް މީގެކުރިން ކޮށްފައިވެއެވެ.

އެ ކުންފުނީގެ މުވައްޒަފަކާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ތުހުމަތު ކުރި ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެއް ބަލަމުންދާ ކަމަށް އެ ދުވަސްވަރު އެމްއެމްޕީއާރުސީން ބުނެފައިވެއެވެ. ނަމަވެސް އެ ތުހުމަތުތައް ކުރެވުނީ ކޮން މުވައްޒަފަކާ ދެކޮޅަށް ކަމެއް އެމްއެމްޕީއާރުސީން ހާމަކޮށްފައެއްނުވެއެވެ.

އިތުރަށް ކިޔާލަން

26 އެޕްރީލު 2017

މާފަރު އެއާޕޯޓް ތަރައްގީކުރުން ސަން ސިޔާމްގެ ކުންފުންޏާ ހަވާލުކޮށްފި

26 އެޕްރީލު 2017
މާފަރު އެއާޕޯޓް ތަރައްގީކުރުން ސަން ސިޔާމްގެ ކުންފުންޏާ ހަވާލުކޮށްފި
24 އެޕްރީލު 2017

މިލަދޫ ކައުންސިލް ހިންގުން ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު

24 އެޕްރީލު 2017
މިލަދޫ ކައުންސިލް ހިންގުން ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު
20 އެޕްރީލު 2017

ރިޔާޒުގެ ފޯނުގެ ލޮކް ކޯޑް ފުލުހުންނާ ހަވާލުކޮށްފި

20 އެޕްރީލު 2017
ރިޔާޒުގެ ފޯނުގެ ލޮކް ކޯޑް ފުލުހުންނާ ހަވާލުކޮށްފި
06 އެޕްރީލު 2017

ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ

06 އެޕްރީލު 2017
ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ
09 މާރިޗު 2017

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ރިޕޯޓް އަންނަ މަހު ނެރޭނަން: އޭސީސީ

09 މާރިޗު 2017
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ރިޕޯޓް އަންނަ މަހު ނެރޭނަން: އޭސީސީ
07 މާރިޗު 2017

ފަސް އެއާރޕޯޓް އަޅަން 57.5 މިލިއަން ޑޮލަރަށް މެލޭޝިއާ ކުންފުންޏަކާ ހަވާލުކޮށްފި

07 މާރިޗު 2017
ފަސް އެއާރޕޯޓް އަޅަން 57.5 މިލިއަން ޑޮލަރަށް މެލޭޝިއާ ކުންފުންޏަކާ ހަވާލުކޮށްފި
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް