Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ރައީސް މުއިއްޒު ވެރިކަމަށް ގެންނަން މަސައްކަތްކުރި މީހުން ވަޒީފާއިން ވަކިކުރަނީ!

23 މެއި 2024 | ބުރާސްފަތި 14:44

އެމްއެމްޕީއާރްސީގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް އެބަހުރި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 23 މެއި 2024 | ބުރާސްފަތި 14:44
ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ވެރިކަމަށް އަންނަން އެތައް ދޮގު ވައުދުތަކެއް ރައްޔިތުންނަށް ވިއެވެ. އެންމެ ބޮޑު އެއް 'ކާޑެއްގެ' ގޮތުގައި ކުޅުނީ އިންޑިޔާ އައުޓް ކެމްޕެއިނެވެ. އެވަރުން ވެސް ފުދުނީކީ އެއް ނޫނެއެވެ. އިންޑިޔާގެ ހަތިޔާރު އެޅި އެތައް ހާސް ސިފައިންނެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަމަށް ބުނަން ފެށިއެވެ. އެތައް ރައްޔިތުންނެއް އެކަން ޤަބޫލުކޮށް އެބިރުވެރިކަމުން ސަލާމަތްވުމުގެ ބޭނުމުގައި ރައީސް މުއިއްޒު ވެރިކަމަށް ގެންނަން މަސައްކަތް ފެށިއެވެ.

ނަތީޖާއެއްގެ ގޮތުން ވެރިކަމަށް ރައީސް މުއިއްޒު އިންތިޚާބުވެވަޑައިގެން ދެންވެސް ފެއްޓެވީ އިންޑިއާއަށް ގޮންޖައްސަވާފައި ކަންކަން ކުރެއްވުމަށެވެ. އެކަމުގެ ފަހަތުގައި އެންމެ އިސްކޮށް ކެމްޕެއިން ކުރައްވަމުން ގެންދެވީ ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި އިސްބޭފުޅުންނެވެ. އޭގެ ތެރޭގައި މިނިސްޓްރީތަކުގައި ތިއްބެވި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ފެންވަރުގެ ބޭފުޅުން ގެންދެވީ އިންޑިއާއަށް ގޮންޖައްސަވާ އެކިއެކި ގޮތްގޮތަށް ފުރައްސާރަ ކުރައްވަމުންނެވެ.

އަދިވެސް ބައެއް ސްޓޭޓް މިނިސްޓަރުން ސަސްޕެންޝަންގައި ތިއްބެވި ކަމަށް ޚަބަރު ލިބޭއިރު، މިހާރު ފެނިގެން މިދަނީ ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން މަޤާމުން ދުރުކުރަމުންދާ މަންޒަރުއެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފާތިމަތު ތައުފީގު ވަނީ ވަކިކޮށްފައެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 17 ގަ އެވެ.

ފާތިމަތު ތައުފީގު އެ މަގާމުން ވަކި ކުރެއްވި ސީދާ ސަބަބެއް އަދި ނޭނގެ އެވެ. ފާތިމަތު ތައުފީގު އެ މަގާމުން ވަކިކުރެއްވި އިރު، އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އައިޝާ ނޫރައިން ޖަނާހު ވަނީ އެ މަގާމުން ވަނީ އިސްތިއުފާ ދެއްވާފައެވެ. ކޮންމެއަކަސް ސަރުކާރަށް އެންމެ ބޮޑު މަލާމާތެއް ރައްދުވަމުންދަނީ އެމްއެމްޕީއާރްސީން ރާއްޖޭން ބޭރުގައި ރާއްޖެ ތަމްސީލްކުރަމުންދާ ގޮތުންނެވެ. އެގޮތުން ފާތިމަތު ތައުފީގަށް އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައިވާއިރު، އޭނާއަކީ އިންޑިޔާއަށް ވެސް އެންމެ ބޮޑަށް ފާޑުކީ އެކަކެވެ.

މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިވަމުން ދިޔަ ނަމަވެސް އިންޑިޔާއަށް ޖައްސާލައިގެން އުޅުމުގެ ނަތީޖާއަކަށްވީ ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކުރުމަށް އިންޑިޔާއިން ފެއްޓެވި މާސިންގާ ބޮޑު ކެމްޕެއިނެވެ. މިކެމްޕެއިންގައި މަޝްހޫރު އެތައް ތަރިންނެއް ބައިވެރިވެ ރާއްޖެއަށް އިންޑިޔާގެ ލަކްޝަދީޕް ރަނގަޅު ކަމަށް ދިޔައީ ބުނަމުންނެވެ. ރާއްޖޭގެ ސަރުކާރުން އެދުވަހު ބުނީ މިއީ ހާސްވެ ބިރުގަންނަން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށެވެ. ސަބަބަކީ ރާއްޖެއަކަށް އިންޑިޔާ މާކެޓް މުހިއްމު ނޫން ކަމަށެވެ.

ރާއްޖެއަށް މުހިއްމީ ޔޫރަޕާއި އަދިވެސް އެނޫން ތަންތަން ކަމަށް ބުނަމުން ދިޔައިރު ރާއްޖެ މާކެޓް ކުރުމަށް މިތަންތަނަށް ރާއްޖެ ތަމްސީލް ކުރުމަށްދާ ވަފްދަށް އެކަށީގެންވާ ގޮތުގައި މިކަމެއްވެސް ނުކުރެވެއެވެ. ފާތިމަތު ތައުފީގު މަޤާމުން ވަކިކުރުމާއި އާއިޝާ ނޫރައިންގެ އިސްތިއުފާއިން އެނިގެންދިޔައީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އުފައްދަވާފައިވާ ކުންފުނި ތެރޭގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށެވެ. ނިމިދިޔަ ފަސްއަހަރަށް އަވަސް ކަޅިއަކުން ބަލާނަމަ އެމްއެމްޕީއާރްސީ އަކީ އެންމެ ފުރިހަމައަށް ހިންގި އެއް ކުންފުންޏެވެ. މިއަދުވެސް ހޯދަމުންމިދާ އެވޯޑްތަކުގެ ފަހަތުގައިވަނީ ފާއިތުވި 5 އަހަރު ކޮށްފައިވާ މަސައްކަތުގެ ނަތީޖާއެވެ.

އެންމެ ފަހުން ޚާރިޖީ ވަޒީރު މޫސާ ޒަމީރު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި މަޝްވަރާ ކުރެއްވި ކަންކަން ސިއްރުކުރެއްވިއެވެ. އިންޑިޔާއަކީ އަބަދުވެސް އެކުވެރިޔަކަށް ހަދަން މިސަރުކާރުން މަސައްކަތް ފަށައިފިއެވެ. މިއަދު އިންޑިޔާ ވަރެއް ނެތިގެން އުޅޭއިރު، މިދަތުރަށްފަހު ފެނިގެންދިޔައީ އެމްއެމްޕީއާރްސީގެ އެމްޑީ ކަމުން ފާތިމަތު ތައުފީގު ވަކިކުރިތަނެވެ. ސަބަބެއް ހާމަކޮށްފައެއް ނެތެވެ. ނަމަވެސް ސުވާލަކީ މިއަދު ހަމަ އިންޑިޔާ އޯކޭ ވީ ތޯއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!
07 ފެބުރުއަރީ 2017

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި
01 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!
30 ޖެނުއަރީ 2017

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!
20 ޖެނުއަރީ 2017

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!
17 ޖެނުއަރީ 2017

ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.

17 ޖެނުއަރީ 2017
ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.
14 ޖެނުއަރީ 2017

މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟

14 ޖެނުއަރީ 2017
މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
07 ޖެނުއަރީ 2017

ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟

07 ޖެނުއަރީ 2017
ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟
05 ޖެނުއަރީ 2017

ރައީސް ޔާމީނަށް ކުރާ އިލްތިމާސް!

05 ޖެނުއަރީ 2017
ރައީސް ޔާމީނަށް ކުރާ އިލްތިމާސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް