Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައުސިން މިނިސްޓްރީގެ ނޫސްވެރިންގެ ބައްދަލުވުން

އެއް ސުވާލުކުރުމަށް ޝަރުތުކޮށް ހައުސިން މިނިސްޓްރީން ބާއްވަން ނިންމި ނޫސްވެރިންގެ ބައްދަލުވުން ފަސްކޮށްފި

ނޫސްވެރިންގެ ބައްދަލުވުން ފަސްކުރި ސަބަބު ހާމަކޮށްފައެއްނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 22 މެއި 2024 | ބުދަ 17:31
ހައުސިންގ މިނިސްޓަރު ޑރ. އަލީ ހައިދަރު

ހައުސިންގ މިނިސްޓަރު ޑރ. އަލީ ހައިދަރު

އެއް ސުވާލުކުރުމަށް ޝަރުތުކޮށް ހައުސިން މިނިސްޓްރީން ބުރާސްފަތި ދުވަހު ބާއްވަން ނިންމި ނޫސްވެރިންގެ ބައްދަލުވުން ފަސްކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ، އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން އެންމެފަހުގެ މައުލޫމާތު ހިއްސާކުރުމަށް ބާއްވަން ނިންމި ނޫސްވެރިންގެ ބައްދަލުވުން ފަސްކޮށްފައިވާ ކަމަށެވެ. ފަހުން ނޫސްވެރިން ބައްދަލުވުން ބާއްވާނެ ދުވަހެއް އަންގާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ނޫސްވެރިންގެ ބައްދަލުވުން ފަސްކުރި ވަކި ސަބަބެއް ހާމަކޮށްފައިނުވެއެވެ.

މި ނޫސްވެރިންގެ ބައްދަލުވުން ފުރަތަމަ ބާއްވަން ނިންމާފައިވަނީ މިމަހުގެ 23 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00 ގައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ކުރެވޭނީ އެންމެ ސުވާލެއް ކަމަށް އެ މިނިސްޓްރީން ވަނީ މީޑިޔާތަކަށް އަންގާފައެވެ.

މިކަމާއި ގުޅިގެން ގިނަ ނޫސްވެރިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ހައުސިން މިނިސްޓްރީން ހަދާފައިވާ ވަޓްސްއަޕް ގުރޫޕްގައި ވެސް ނޫސްވެރިން ވަނީ އެކަމާއި ދެކޮޅަށް ހިޔާލު ފާޅުކޮށްފައެވެ. ބައެއް ނޫސްވެރިން ވަނީ ހައުސިން މިނިސްޓަރަށް ވަގުތުވުމުން ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުމަށް އެދިފައެވެ. އަދި ނޫސްވެރިން ކޮންޓްރޯލް ކުރުމަށް ގެންގުޅޭ އުކުޅެއް ކަމަށް ވެސް ބައެއް ނޫސްވެރިން ބުނެފައިވެއެވެ.

ހައުސިން މިނިސްޓްރީގެ ނޫސްވެރިންގެ ބައްދަލުވުން ފަސްކޮށްފައިވާއިރު، އެ މިނިސްޓްރީން ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވާތާ ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. ނަމަވެސް އެންމެފަހުން ވެސް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައިވަނީ ކޮންމެ ހަފްތާއަކު ވެސް ސަރުކާރުގެ މިނިސްޓްރީތަކާއި، މުއައްސަސާތަކުގެ މަސައްކަތްތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަވުންތައް ބާއްވަމުން ގެންދާނެ ކަމަށެވެ. އަދި ނޫސްވެރިންނާ ވަރަށް ގާތުން މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ހައުސިން މިނިސްޓްރީއަކީ ރައްޔިތުންނާ ގުޅުންހުރި ގިނަ މަޝްރޫއުތަކާއި މަސައްކަތްތައް ކުރިއަށް ގެންދާ މިނިސްޓްރީއަކަށްވާއިރު، މި މަސައްކަތްތަކުގެ ފަހުގެ މައުލޫމާތުތައް ގިނަ ރައްޔިތުން ބޭނުންވެއެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
30 ޖެނުއަރީ 2017

އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

30 ޖެނުއަރީ 2017
އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު