Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓޮޓެންހަމް

ޕޮސްޓެކޮގްލޫ ބޭނުން ވަނީ އެޓޭކުގައި ކުޅޭނެ ރަނގަޅު ކުޅުންތެރިން!

ކުލަބަށް ބޭނުންވާ ކަންކަމާމެދު މަޝްވަރާކޮށް، އެކަންކަން ދެނެގަނެގެން ކުރިއަށް ދާން ޖެހޭކަން ޕޮސްޓެކޮގްލޫ ވަނީ ފާހަގަކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 މެއި 2024 | ބުރާސްފަތި 02:22
ޓޮޓެންހަމްގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ

ޓޮޓެންހަމްގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ

އައު ސީޒަނަށް އޭނާ ބޭނުން ވަނީ އެޓޭކުގައި ކުޅޭނެ ރަނގަޅު ކުޅުންތެރިން ކަމަށް، ޓޮޓެންހަމަށް އިރުޝާދު ދެމުން އަންނަ އަންގޭ ޕޮސްޓެކޮގްލޫ ބުނެފި އެވެ.

އޭނާ މިހެން ބުނީ، ކުރިއަށް އޮތް އައު ސީޒަނަށް ތައްޔާރުވުމަށް ކުރަމުން އަންނަ މަސައްކަތާއި، ގެންގުޅޭ ވިސްނުންތަކާ ގުޅޭ ގޮތުން މީޑިއާ އަކުން ކުރި ސުވާލަށް ޖަވާބު ދެމުންނެވެ.

ޕޮސްޓެކޮގްލޫ ބުނީ، ޔަގީނުން ވެސް ޓޮޓެންހަމަށް ބޭނުން ވަނީ އެޓޭކުގައި ކުޅޭ ރަނގަޅު ކުޅުންތެރިން ކަމަށެވެ. އެކަން ކުލަބުގެ ޓެކްނިކަލް ޓީމާއި، އިސްވެރިންނަށް ވެސް އެނގޭނެ ކަމުގައި ޕޮސްޓެކޮގްލޫ ބުންޏެވެ. އެހެންކަމުން، އަންނަ ސީޒަނަށް ޓީމު ތައްޔާރުވާއިރު، އެކަމަށް ވަރަށް ބޮޑަށް އިސްކަން ދޭން ޖެހޭ ކަމަށް ޤަބޫލު ކުރާ ކަމުގައި ޕޮސްޓެކޮގްލޫ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އޭނާ ބުނީ، އެއްވެސް ކަމެއް ސިއްރު ކޮށްފައި ބޭއްވުމުގެ ބޭނުމެއް ނެތް ކަމަށެވެ. ކުލަބަށް ބޭނުންވާ ކަންކަމާމެދު މަޝްވަރާކޮށް، އެކަންކަން ދެނެގަނެގެން ކުރިއަށް ދާން ޖެހޭކަން ޕޮސްޓެކޮގްލޫ ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން އުންމީދު ކުރަނީ، އަންނަ ސީޒަނުގައި ޓީމަށް ރަނގަޅު ބަދަލެއް އައުން ކަމަށް އޭނާ ބުންޏެވެ.

ޕޮސްޓެކޮގްލޫ ފާހަގަ ކުރި ގޮތުގައި، ޓްރާންސްފާ މާކެޓުގައި ވީ އެންމެ އަވަހަކަށް ޓްރާންސްފާގެ ކަންކަން ނިންމުމަށް ވެސް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ އެވެ. އެއީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ރޭވުންތެރިކަމާއެކު، އިންތިޒާމުވެގެން ކަންކަން ކުރާ ނަމަ، އެ މަސައްކަތުގައި ވެސް ބޮޑު ފަސޭހައެއް ލިބޭނެކަމަށް ޤަބޫލު ކުރެވޭ ކަމަށް ޕޮސްޓެކޮގްލޫ ބުންޏެވެ.

ޓޮޓެންހަމްގެ ކޯޗުކަމާ އުމުރުން 58 އަހަރުގެ ޕޮސްޓެކޮގްލޫ ހަވާލުވީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. އެ ކުލަބާ ހަވާލުވެ، އޭނާ ވަނީ ރަނގަޅު މަސައްކަތްތަކެއްކޮށް، ނަތީޖާ ނެރުމަށް މަސައްކަތް ކޮށްފަ އެވެ. ޕޮސްޓެކޮގްލޫގެ އިރުޝާދުގެ ދަށުން ޓޮޓެންހަމުން ވަނީ 41 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ 21 މެޗުންނެވެ. 13 މެޗުން ބަލިވެފައިވާއިރު، ހަތް މެޗު ވަނީ އެއްވަރުވެފަ އެވެ. ޓޮޓެންހަމުން މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގު ނިންމާލީ ފަސް ވަނައިގަ އެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ
09 ފެބުރުއަރީ 2017

ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

09 ފެބުރުއަރީ 2017
ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ
08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު