Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ލެވަންޑޯސްކީ ހުރީ އަންނަ ސީޒަން ކާމިޔާބުކުރުމުގެ އުންމީދުގައި

23 މެއި 2024 | ބުރާސްފަތި 02:20

ޖިސްމާނީ ގޮތުން ވެސް އޭނާ އަށް ރަނގަޅު އިޙުސާސެއް ކުރެވޭ ކަމަށް ލެވަންޑޯސްކީ ވަނީ ބުނެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 މެއި 2024 | ބުރާސްފަތި 02:20
ބާސެލޯނާ އަށް ކުޅެމުން އަންނަ ރޮބާޓް ލެވަންޑޯސްކީ

ބާސެލޯނާ އަށް ކުޅެމުން އަންނަ ރޮބާޓް ލެވަންޑޯސްކީ

ސްޕެެއިންގެ ބާސެލޯނާ އާއެކު އަންނަ ސީޒަނަކީ ކާމިޔާބު ސީޒަނަކަށް ހަދަން ބޭނުންވާ ކަމަށް، އެ ކުލަބަށް ކުޅެމުން އަންނަ ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ބުނެފި އެވެ.

އޭނާ މިހެން ބުނީ ބާސެލޯނާގައި އޭނާގެ ކުރިމަގާ ގުޅޭ ގޮތުން މީޑިއާ އަކަށް ދިން އިންޓަވިޔުއެއްގަ އެވެ. މި ނިމުނު ސީޒަނަކީ ބާސެލޯނާ އަށް ނާކާމިޔާބު ސީޒަނެކެވެ. ބާސެލޯނާ އިން ސީޒަން ނިންމާލަން ޖެހުނީ އެއްވެސް ތައްޓެއް ކާމިޔާބު ނުކުރެވި، ހުސް އަތާ އެވެ.

ލެވަންޑޯސްކީ ބުނީ އަންނަ ސީޒަނުގައި ވެސް އޭނާ ކުޅޭނީ ބާސެލޯނާ އަށް ކަމަށާއި، ކުލަބު ދޫކޮށްލަން އޭނާ ބޭނުން ނުވާ ކަމަށެވެ. އެކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށާއި، އެކަމާ ޝައްކު ކުރާނެ ކުޑަ ވެސް ޖާގައެއް ނޯންނާނެ ކަމަށް ވެސް ލެވަންޑޯސްކީ ވަނީ ބުނެފަ އެވެ. މީގެ ކުރިން ވެސް އޭނާ ވަނީ ބާސެލޯނާ ދޫކޮށްލަން އުޅޭ ކަމަށް ދެކެވެމުން އަންނަ ވާހަކަތައް ދޮގު ކޮށްފަ އެވެ. އަބަދު ވެސް ލެވަންޑޯސްކީ ބުނަމުން އަންނަނީ އޭނާ ހުންނާނީ ބާސެލޯނާގައި ކަމަށެވެ.

މީގެ އިތުރުން ލެވަންޑޯސްކީ ބުނީ، އޭނާ އަށް އުމުރުގެ އެއްވެސް މައްސަލައެއް ދިމާ ނުވާ ކަމަށެވެ. ޖިސްމާނީ ގޮތުން ވެސް އޭނާ އަށް ރަނގަޅު އިޙުސާސެއް ކުރެވޭކަން ފާހަގަކޮށް ލެވަންޑޯސްކީ ބުނީ، މީގެ ތިން އަހަރު ނުވަތަ ހަތަރު އަހަރު ކުރިން ވެސް އޭނާ ހުރީ މިހާރު ހުރި ފެންވަރުގައި ކަމަށެވެ. އެކަން ފާހަގަކޮށް ލެވަންޑޯސްކީ ބުނީ، ބާސެލޯނާ އާއެކު އައު ސީޒަނަކަށް ތައްޔާރަށް ހުރި ކަމަށެވެ.

ބަޔާން މިއުނިކް ދޫކޮށްލުމަށްފަހު، އުމުރުން 35 އަހަރުގެ ކުޅުންތެރިޔާ ބާސެލޯނާ އަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކުރީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ލެވަންޑޯސްކީ ވަނީ މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން 94 މެޗުން 58 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ސްޕެނިޝް ލީގު އަދި ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ. ލެވަންޑޯސްކީ އަކީ ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް އެންމެ އިސްކަން ދެމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނޭ ކުޅުންތެރިޔެކެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ގައުމީ ވޮލީ ޓީމުގެ ފަރިތަކުރުން އަންނަ ހަފްތާގައި ފަށަނީ

09 ފެބުރުއަރީ 2017
ގައުމީ ވޮލީ ޓީމުގެ ފަރިތަކުރުން އަންނަ ހަފްތާގައި ފަށަނީ
31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް