އައިޖީއެމްއެޗް ކައިރިން ފުލުހުން ހޮވި އަތްދަބަހެއްގެ ވެރިފަރާތް ހޯދަނީ
8 އޯގަސްޓު 2017 | އަންގާރަ 16:39ފުލުހުން ހޮވީ އަންހެން އަތްދަބަހެއް

އަހުމަދު މުހުސިނު | 8 އޯގަސްޓު 2017 | އަންގާރަ 16:39

ފުލުހުން ހޮވި އަތްދަބަސް
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ކައިރިން ފުލުހުން ހޮވި އަތްދަބަހެއްގެ ވެރިފަރާތް ފުލުހުން ހޯދަން ފަށައިފިއެވެ.
ފުލުހުން އަންގާރަ ދުވަހު ކުރި ޓްވީޓެއްގައި ބުނީ އައިޖީއެމްއެޗް ކައިރިން އަތްދަބަހެއް ހޮވާފައިވާ ކަމަށާއި އޭގެ ވެރިފަރާތުން މާފަންނު ޕޮލިސް ޑިއުޓީ ނަމްބަރ 9790085 އާއި ގުޅައިގެން އެދަބަހާ ހަވާލުވުމަށް އެދޭ ކަމަށެވެ.
މުށި ކުލައިގެ މިދަބަހުގެ ފޮޓޯއެއް އެޓްވީޓުގައި އެޓޭޗް ކޮށްފައިވާއިރު ދަބަހާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ގެންދަނީ ފުލުހުން ހޮވާ މިފަދަ ތަކެތި މިގޮތައް ހަވާލު ކުރުމަށް މައުލޫމަތު ހާމަ ކުރަމުންނެވެ.








