Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެލްސީ

ޗެލްސީން ގެންނަން ބޭނުންވާ ކޯޗުންގެ ލިސްޓުގައި ތޯމަސް ފްރޭންކް

މިވަގުތު ފްރޭންކް އިރުޝާދު ދެމުން އަންނަނީ ބްރެންޓްފޯޑަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 މެއި 2024 | ބުދަ 02:21
ތޯމަސް ފްރޭންކް

ތޯމަސް ފްރޭންކް

ހުސްވެފައިވާ ޗެލްސީގެ ކޯޗުކަމުގެ މަގާމަށް ގެންނަން ބޭނުންވާ މީހުންގެ ލިސްޓުގައި ޑެންމާކުގެ ތޯމަސް ފްރޭންކް ހިމެނޭ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

ޗެލްސީގެ ކޯޗުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ ކޯޗުކަމުން ވަކިވާން ނިންމުމުންނެވެ. ޗެލްސީގެ ކޯޗުކަމުން އޭނާ ވަކިވާން ނިންމީ ކުލަބުގެ އިސްވެރިންނާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު އެވެ. އެއީ އޭނާގެ އިރުޝާދުގެ ދަށުން އެ ކުލަބުގެ ނަތީޖާތައް ވެސް ދަށްވެފައި ވަނިކޮށެވެ.

ޗެެލްސީން އަންނަނީ އައު ސީޒަނަށް ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށާއި، ޗެލްސީން ބޭނުންވާ ކޯޗުންގެ ލިސްޓެއް އެބަ އޮތް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން އެ ލިސްޓުގައި ބްރެންޓްފޯޑަށް އިރުޝާދު ދެމުން އަންނަ، ޑެންމާކަށް ނިސްބަތްވާ އުމުރުން 50 އަހަރުގެ ފްރޭންކް އޮތް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ފްރޭންކްގެ އިތުރުން ބައެއް އެހެން ކޯޗުންގެ ނަން ވެސް އެ ކުލަބުން ބޭނުންވާ މީހުންގެ ލިސްޓުގައި އޮތް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެ ލިސްޓުގައި ދެން އޮތީ އިނގިރޭސިވިލާތުގެ އިޕްސްވިޗް ޓައުން އަށް އިރުޝާދު ދެމުން އަންނަ އުމުރުން 38 އަހަރުގެ ކިއެރަން މެކްކެންނާ ވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ޗެލްސީން އައު ކޯޗެއް ހޯދުމުގައި ވަރަށް ބޮޑަށް މަޝްވަރާ ކުރާނެ އެވެ. އަދި ޗެލްސީގެ ސިސްޓަމަށް ފެތޭ، ޗެލްސީގެ ނަތީޖާތައް ރަނގަޅުކޮށް، ކުލަބު ހަމަ މަގަށް އެޅުވޭނެ މީހަކަށް ޗެލްސީން ބަލާނެ ކަމުގައި ވެސް ރިޕޯޓުތައް ބުނެ އެވެ.

ޗެލްސީތޯމަސް ފްރޭންކް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު ވަަގުތު މޮޅުވެ، ޗެލްސީ ސެމީ ފައިނަލަށް

ފަހު ވަަގުތު މޮޅުވެ، ޗެލްސީ ސެމީ ފައިނަލަށް

17 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު