Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކްރޫސް ކުޅުން ހުއްޓާލުން

ޔޫރޯ އަށް ފަހު ކްރޫސް ކުޅުން ހުއްޓާލަން ނިންމައިފި

ރެއާލްގައި 10 އަހަރު ހޭދަކުރި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 21 މެއި 2024 | އަންގާރަ 12:04
ރެއާލަށް ކުޅެމުން އަންނަ ކްރޫސް

ރެއާލަށް ކުޅެމުން އަންނަ ކްރޫސް

އަންނަ މަހު ޖަރުމަނުގައި ފަށާ ޔޫރަޕިއަން ޗެމްޕިއަންޝިޕަށްފަހު ފުޓްބޯޅަ ކުޅުން ހުއްޓާލާނެކަން ރެއާލް މެޑްރިޑްގެ މިޑްފީލްޑަރ ޓޯނީ ކްރޫސް އިއުލާނު ކޮށްފިއެވެ.

ކްރޫސްގެ ނިންމުމަކީ ޗެމްޕިއަންސް ލީގު ފައިނަލް މެޗަކީ ޕްރޮފެޝަނަލް ކްލަބް ފުޓްބޯޅައިގަ އޭނާގެ ފަހު މެޗަށް ހެދުމެވެ. ޗެމްޕިއަންސް ލީގު ފައިނަލް މެޗު ކުޅޭނީ އަންނަ ޖޫން މަހުގެ 2 ވަނަ ދުވަހު އެވެ. ފައިނަލްގައި ރެއާލް މެޑްރިޑް ވާދަކުރާނީ ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމަންޑާ އެވެ. އޭގެ ފަހުން ޔޫރޯގައި ވާދަކޮށް ފަހު ފަހަަރަށް ގައުމީ ޓީމް ތަމްސީލް ކުރާނެއެވެ. ޔޫރޯގައި ޓޯނީ ކްރޫސް ކުޅެނީވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިގެން ހުރުމަށްފަހު ހަމައެކަނި އެ މުބާރާތަށް އެނބުރި އައިހެވެ. އަމިއްލަ ގައުމުގައި ކުޅޭ ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި ކުޅެން ކްރޫސް ނިންމީ ކޯޗިންގ ސްޓާފުންގެ ވަރަށް ބޮޑު އެދުމާވެސް އެކު މަޝްވަރާތަކަށް ފަހުއެވެ.

ކުޅުން ހުއްޓާލިކަން އިއުލާނު ކުރަމުން ކްރޫސް ބުނީ މިއީ އެކަމަށް އެންމެ ރަނގަޅު ވަގުތުކަން އަމިއްލަ ނަފްސަށް ވިސްނައިދީފައިވާ ކަމަށެވެ. އަދި އަބަދުވެސް ކުޅުން ހުއްޓާލަން ބޭނުންވީ ޕީކްގައި ހުރެކަމަށް ބުންޏެވެ. ކުޅުން ހުއްޓާލާއިރު ކްރޫސްގެ އެންމެ ބޮޑު ޝުކުރެއް އޮތީ ރެއާލް މެޑްރިޑާއި, އެ ކުލަބްގެ ސަޕޯޓަރުންނަށެވެ. އޭނާ ބުނީ 2014 ވަނަ އަހަރުގެ ޖުލައި މަހު ރެއާލް މެޑްރިޑަށް ބަދަލުވުމަކީ އޭނާގެ މުޅި ކެރިއަރާއި ދިރިއުޅުން ބަދަލުކޮށްލި ނިންމުމަށް ކަމަށެވެ. ދުނިޔޭގެ އެންމެ ބޮޑު ކްލަބްގައި ކާމިޔާބު 10 އަހަރު ހޭދަކުރުމަށްފަހު މިއީ ނިންމާލަންވީ ވަގުތުކަމަށް ގަބޫލުކުރާކަމަށް ކްރޫސް އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓްގައި ބުނެފައި ވެއެވެ. ކްރޫސް ބުނީ އޭނާ ކުޅުން ހުއްޓާލަން ބޭނުންވީ ރެއާލް މެޑްރިޑްގައި ކަމަށާއި އިތުރު ކްލަބަކަށް ދެން ކުޅެން ބޭނުން ނުވާ ކަމަށެވެ. 34 އަހަރުގައި ކުޅުން ހުއްޓާލާއިރު ކްރޫސް ވަނީ ރެއާލްއާ އެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގު އަދި ހަތަރު ފަހަރު ލަލީގާ އުފުލާލާފައެވެ.

ކްރޫސް ކުޅުން ހުއްޓާލާކަން އިއުލާނުކުރުމާ ގުޅިގެން ރެއާލް މެޑްރިޑްގެ ރައީސް ފިޔޮރެންޓީނާ ޕެރޭޒް ވިދާޅުވީ ކްރޫސް އަކީ ރެއާލް އަށް ކުޅުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށެވެ. އަދި ރެއާލް އަކީ އަބަދުވެސް ކްރޫސްގެ ގެ ކަމަށް ޕެރޭޒް ވިދާޅުވިއެވެ.

ޓޯނީ ކްރޫސް

ކޮމެންޓް

އިތުރަށް ކިޔާލަން

ކްރޫސްގެ ވިސްނުން ޔޫތު އެކަޑަމީ އަށް!

ކްރޫސްގެ ވިސްނުން ޔޫތު އެކަޑަމީ އަށް!

08 ޖޫން 2024
ރިޓަޔާކުރަން ނިންމުމުން، މޮޑްރިޗްގެ މެސެޖެއް ކްރޫސް އަށް!

ރިޓަޔާކުރަން ނިންމުމުން، މޮޑްރިޗްގެ މެސެޖެއް ކްރޫސް އަށް!

22 މެއި 2024
ކްރޫސްއާ މެދު ބުނާނެ އެއްޗެއް އަންޗެލޮޓީ އަށް ނޭނގުނު!

ކްރޫސްއާ މެދު ބުނާނެ އެއްޗެއް އަންޗެލޮޓީ އަށް ނޭނގުނު!

01 މެއި 2024
ކްރޫސްގެ ކުޅުމަށް ނާގަލްސްމަންގެ ހުއްޓުމެއް ނެތް ތައުރީފު

ކްރޫސްގެ ކުޅުމަށް ނާގަލްސްމަންގެ ހުއްޓުމެއް ނެތް ތައުރީފު

25 މާރިޗު 2024
ދެ މަސް ދުވަހުގެ ތެރޭގައި ކްރޫސް، މުސްތަޤުބަލާމެދު ގޮތެއް ނިންމަނީ

ދެ މަސް ދުވަހުގެ ތެރޭގައި ކްރޫސް، މުސްތަޤުބަލާމެދު ގޮތެއް ނިންމަނީ

25 މާރިޗު 2024

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު