Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބައްސާމްގެ ޝަރީއަތް

ޝަރީއަތް ނިމެންދެން ބައްސާމްގެ ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރުކޮށްފި

20 މެއި 2024 | ހޯމަ 09:31

ދިފާއީ ވަކީލު ވިދާޅުވީ، ބައްސާމް ރާއްޖެއިން ފިލައިގެން ގޮސްދާނެ ފަަދަ ސަބަބެއް ދައުލަތަށް ބުނެދެވިފައިނުވާ ކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 މެއި 2024 | ހޯމަ 09:31
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅޭ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ހޯމަ ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

Advertisement - newsAdvertisement

އިބްތިދާއީ މަރުޙަލާ ހޯމަ ދުވަހު ކުރިއަށް ނުގެންދެވުނު:

މި އަޑުއެހުމުގައި ގާޒީ ވިދާޅުވީ، މައްސަލަ ދިރާސާ ކުރުމަށް އިތުރު ވަގުތު ބޭނުންވާކަމަށް ބުނެ ބައްސާމްގެ ވަކީލު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެގޮތުން މައްސަލައިގެ ބައެއް ލިއެކިއުންތައް ނުލިބޭކަމަށް ދިފާއުން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން، މަދުވާ ލިއުންތަކަކީ ކޮބައިކަން ލިއުމުން ހިއްސާ ކުރުމަށް ގާޒީ ދެންނެވިއެވެ. ގާޒީ ވިދާޅުވީ، އިބްތިދާއީ މަރުޙަލާ ކުރިއަށް ގެންދަވާނީ އެއަށްފަހު ކަމަށެވެ.

ޕީޖީ އޮފީހުން ހުށަހަޅާފައިވާ ޕާސްޕޯޓު ހިފެހެއްޓުމާ ގުޅޭ ހުށަހެޅުމާ ގުޅިގެން ދެކެވުނު ވާހަކަ:

މި އަޑުއެހުމުގައި ދެން ކުރިއަށް ދިޔައީ ޕީޖީ އޮފީހުން ހުށަހަޅާފައިވާ ޕާސްޕޯޓު ހިފެހެއްޓުމާ ގުޅޭ ހުށަހެޅުމުގެ ބައެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ޝަރީއަތް ނުނިމެނީސް ބައްސާމް ފިލައިގެން ގޮސްދާނެކަމަށް ބެލެވޭތީ ޝަރީއަތް ނިމެންދެން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ދައުލަތުން އެދޭ ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލައިގެ ދައުވާތަކުގައި ބޭރުގެ ފަރާތްތަކުން ދިން ފައިސާއާ ގުޅޭ ބައިތައް ހިމެނިފައިވުމާއި، ބައްސާމްގެ ކުރީގެ އަންހެނުންނާއި ދަރިއަކު ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާއިރު، އޭނާއާ ކުރެވިފައިވާ މާލީ މުއާމަލާތްތަކަށް ބަލާއިރުވެސް ބައްސާމްއަކީ ރާއްޖެއިން ބޭރުގައި ގޮސް ދިރިއުޅުމުގެ މާލީ ޤާބިލުކަން ހުރި ފަރާތެއްކަން އެނގިގެންދާ ކަމަށެވެ.

އެހެންކަމުން އޭނާ ގޮސްފިނަމަ އަނބުރާ ނައުމުގެ ފުރުސަތު އޮތުމުން، އޭނާގެ ޕާސްޕޯޓު ހިފަަހައްޓަން އެދޭކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ދިފާއީ ވަކީލު ވިދާޅުވީ، ބައްސާމް ރާއްޖެއިން ފިލައިގެން ގޮސްދާނެ ފަަދަ ސަބަބެއް ދައުލަތަށް ބުނެދެވިފައިނުވާ ކަމަށެވެ.

އަދި ބައްސާމްގެ ކުރީގެ އަންހެނުންނާމެދު ކުރެވިފައިވާ މާލީ މުއާމަލާތްތަކަކީ އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ދާނެކަން ދަލާލަތުކޮށްދޭ ކަމެއް ނޫންކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

ތަހުގީހުގެ ބޭނުމަށް ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ 5 ޑިސެމްބަރު 2023ން 5 ޖޫން 2024އަށެވެ.

ދިފާއީ ވަކީލު ވިދާޅުވީ، ތަހުގީގުގެ ބޭނުމަށް މިހާރުވެސް އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށާއި، އެހެންކަމުން ދައުލަތުން ދައުވާއެއް ކޮށްފައި އޮތުމަކީ ޕާސްޕޯޓު ހިފަހައްޓަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އެ އަމުރުގެ މުއްދަތު އިތުރުކޮށްދިނުން އެދި ތަހުގީގީ އިދާރާއިން ހުށަހަޅާފައި ނެތްކަންވެސް ވަކީލު ފާހަގަ ކުރެއްވިއެވެ.

އެކަމަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލު ވިދާޅުވީ، ފުލުހުންގެ އެދުމުގެ މަތިން އޭރު ނެރެފައިވާ އަމުރު ބަދަލުކުރަންޖެހޭ ފަދަ ޙާލަތެއް މިހާރުވެސް ނެތް ކަމަށާއި، ޕީޖީ އޮފީހުންވެސް އެދެނީ ޝަރީއަތް ނިމެންދެން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކަމަށެވެ.

މި މައްސަލަ މިހާރު ތަހުގީގީ މަރުޙަލާއިން ޝަރީއަތުގެ މަރުޙަލާއަށް ގޮސްފައިވާއިރު، ކުރިން އޮތް ޙާލަތު މިހާރުވެސް ދެމިއޮތްކަން ދައުލަތުން ފާހަގަކުރިއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލައާ ގުޅިގެން ތަހުގީގު ހިނގަމުންދާ މައްސަލަތަކުގެ ތެރޭގައި 1 މިލިއަން ޑޮލަރު ހިމެނޭ މައްސަލައަކާއި އަދިވެސް އިތުރު މައްސަލަތަކެއް ހިމެނޭކަމަށެވެ.

ވަކީލު އިތުރަށް ވިދާޅުވީ، އެކައުންޓް ސްޓޭޓްމަންޓުތަކަށް ބަލާއިރު، ގިނަ އަދަދެއްގެ ފައިސާ އެކި އެކައުންޓުތަކަށް ފޮނުވައި ދައުރުކޮށްފައިވާކަން އެނގޭ ކަމަށާއި، ބައްސާމްއަށް ރާއްޖެއިން ބޭރަށް ގޮސް ދިރިއުޅުމުގެ ޤާބިލުކަން ލިބިފައިވާކަމަށް ފެންނަން އޮތްކަމަށެވެ.

މި އަޑުއެހުމުގައި ވާހަކަ ދައްކަމުން ބައްސާމް ވަނީ އޭނާ ރާއްޖެއިން ބޭރަށް ގޮސް ފިލައިގެން ދިއުމުގެ ވިސްނުމެއް ނެތްކަން ބަޔާން ކޮށް، އޭނާ އެފްއޭއެމްގެ ރައީސްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސައްކަތްތައް އަދާކުރުމަށް ފުރުސަތު ދެއްވުމަށް އެދިފައެވެ.

މި މައްސަލަ ބައްލަވާ ގާޒީވެސް ވަނީ ދައުލަތާއި ދިފާއަށް ބައެއް ސުވާލުތައް އަމާޒު ކުރައްވާފައެވެ. ދެފަރާތުން ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކުރައްވައި ގާޒީ ޝަފީއު ވަނީ ޝަރީއަތް ނިމެންދެން ބައްސާމްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ނިންމަވާފައެވެ.

ބައްސާމްގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ސިޓީއާ ގުޅިގެން ދެކެވުނު ވާހަކަ:

މި މައްސަލައިގައި ޕީޖީ އޮފީހުން އަމަލުކުރަމުންދާ ގޮތަށް ބަލާއިރު، ބައްސާމްގެ އަސާސީ ޙައްޤަށް އުނިކަން އަންނަކަން ބަޔާންކޮށް ބައްސާމްގެ ފަރާތުން ވަނީ ކޯޓަށް ސިޓީއެއް ހުށަހަޅާފައެވެ. އެ ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމަށް މި އަޑުއެހުމުގައި ދިފާއީ ވަކީލު އަލިއަޅުވާލެއްވިއެވެ.

ސިޓީގައި ބަޔާންކޮށްފައިވަނީ ބައްސާމްއާ ގުޅޭގޮތުން މިހާތަނަށް އާންމުކޮށްފައިވާ މައުލޫމާތު ޕީޖީ އޮފީހުގެ ވެބްސައިޓުން އުނި ކުރުމަށް އެދޭ ކަމަށެވެ. އެގޮތުން ޕީޖީ އޮފީހުގެ ނިއުސްލެޓަރ "އުންސުރު" ގައި އެފްއޭއެމްގެ ގިނަ އަދަދެއްގެ ފައިސާއަށް ބައްސާމް ހިޔާނަތްތެރިވެފައިވާކަމަށް ބަޔާންކޮށް، ބައްސާމްއަކީ ކުށްވެރިއެއްކަމަށް ދޭހަވާގޮތަށް މައުލޫމާތު ޝާއިއުކޮށްފައިވާތީ އެކަން ކުށްވެރިކުރާކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ބައްސާމްގެ ފަރާތުން ވަނީ ނޫސް ކޮންފަރެންސްތަކުގައާއި ނޫސް މެދުވެރިކޮށް އެގޮތަށް މައުލޫމާތު ނުފެތުރުމަށް އެދިފައެވެ.

އެކަމަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލު ވިދާޅުވީ، އާންމު މަސްލަޙަތު ބޮޑު މައްސަލަތަކާ ގުޅޭ ހޯދުންތަކުގެ މައުލޫމާތު ހާމަ ކުރުމުގެ ބާރު ޕީޖީ އޮފީހަށް އޮންނާނެ ކަމަށެވެ.  

މިއީ މިހާރުވެސް ތަހުގީގު ކުރިއަށްދާ ބޮޑު މައްސަލައެކެވެ.

މި މައްސަލައިގައި މިހާރު ތަޙްޤީޤު ކުރިއަށް ދިޔަ ހިސާބުން 2 ދަޢުވާއެއް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ. އެއީ ހިޔާނަތްތެރިވުމުގެ ކުށުގެ ދައުވާއާއި، މަނީ ލޯންޑަރިންގ ގެ ދައުވާއެވެ. ޕީޖީ އޮފީހުން ވަނީ ލޯންޑަރކުރުމަށް ބޭނުންކޮށްފައިވާ 10،000.00 (ދިހަހާސް އެމެރިކާ ޑޮލަރު) ދައުލަތަށް ނަގައިދިނުމަށްވެސް އެދިފައެވެ.

ބައްސާމް އަދީލް ޖަލީލްކްރިމިނަލް ކޯޓްފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް