Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕާސްޕޯޓް ނެގުމަށް އޮންލައިންކޮށް ނަންބަރު ދޫކުރުން

ވާކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓް ނެގުމަށް އޮންލައިންކޮށް ނަންބަރު ދޫކުރަން ނިންމައިފި

އޭންޓް ކިޔޫ އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެ ވެސް އޮންލައިންކޮށް ނަންބަރު ނެގޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 18 މެއި 2024 | ހޮނިހިރު 06:18
އިމިގްރޭޝަންގެ އޮފިސަރުންތަކެއް ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދެނީ

އިމިގްރޭޝަންގެ އޮފިސަރުންތަކެއް ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދެނީ

ވާކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓް ނެގުމަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން އޮންލައިންކޮށް ނަންބަރު ނަގައި ޚިދުމަތް ހޯދޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

މީގެ ކުރިން ވަރކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ދޫކުރަމުން ދިޔައީ އިމިގްރޭޝަނަށް ހާޒިރުވުމުންނެވެ. މިގޮތަށް ޚިދުމަތް ދިނުމުން ގިނަ ބަޔަކަށް އުދަނގޫތަކާއި ކުރިމަތިވެއެވެ. އަދި ގިނަ ވަގުތު ކިޔުގައި އިމިގްރޭޝަންގައި މަޑުކުރަންޖެހެއެވެ.

މިމައްސަލަ ހައްލުކުރުމުގެ ގޮތުން އޮންލައިންކޮށް ނަންބަރު ނަގައި ޚިދުމަތް ދިނުމަށް އިމިގްރޭޝަނުން ވަނީ ނިންމާފައެވެ.

މި ޚިދުމަތާއި ގުޅޭގޮތުން އިމިގްރޭޝަނުން ބުނީ މިމަހުގެ 19 ވާ އާދިއްތަ ދުވަހުން ފެށިގެން "އޭންޓް ކިޔޫ" އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެ ވެސް އޮންލައިންކޮށް ނަންބަރު ނެގޭނެ ކަމަށެވެ. އަދި ކިއުގެ ޚިދުމަތް ދެމުންދާ ތަރުތީބު ބަލާލެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން ބުނީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކޮށް، ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން ޚިދުމަތް ހޯދަން އަންނަ ރައްޔިތުމީހާގެ ވަގުތުތައް ސަލާމަތް ކޮށްދިނުމަށް އިސްކަންދޭ ކަމަށެވެ. އަދި މި ޚިދުމާތައެކު ވެސް ގިނަ ބަޔަކަށް ލުއިފަސޭހަކަން ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން ބުނީ ވޯކް ވިސާ ޖެހުމަށްފަހު ފަހެއް ނުވަތަ އެއަށްވުރެ މަދު ޕާސްޕޯޓަށް ނަންބަރު ދޫކުރަނީ ހެނދުނު 9:00 ން 10:30 ދެމެދު ކަމަށެވެ. އަދި އެ ނަންބަރުތަކަށް ޚިދުމަތް ދޭނީ ހެނދުނު 10:00ން މެންދުރުފަހު 3:00 ދެމެދު ކަމަށެވެ. މީގެ އިތުރުން ހައެއް ނުވަތަ އެ އަދަދަށްވުރެ ގިނަ ޕާސްޕޯޓު ނެގުމަށް ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 11:30ން 12:30 ކަމަށެވެ. އަދި އެ ގަޑީގައި ނަގާ ނަންބަރުތަކަށް މެންދުރު 1:15ން މެންދުރުފަހު 3:00ގެ ނިޔަލަށް ޕާސްޕޯޓު ދޫކުރާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މި އެޕްލިކޭޝަން ގޫގުލް ޕްލޭ އަދި އެޕް ސްޓޯއިން ވެސް ޑައުންލޯޑް ކުރެވޭނެއެވެ.

އިމިގްރޭޝަން

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ

04 ޑިސެމްބަރު 2025
ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ
23 ސެޕްޓެމްބަރު 2025

ރާއްޖެ އިސްލާމްވިތާ 900 އަހަރު: މުނާސަބަތަކީ މިޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަސް - ރައީސް

23 ސެޕްޓެމްބަރު 2025
ރާއްޖެ އިސްލާމްވިތާ 900 އަހަރު: މުނާސަބަތަކީ މިޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަސް - ރައީސް
07 އޯގަސްޓު 2025

" އިނގިރޭސިވިލާތުގައި ޖިންސީ ގޯނާގެ މައްސަލަ އެއްގައި ދިވެއްސަކަށް ޙުކުމް ކުރި ކަމަށް ބުނެ ފެތުރެނީ ދޮގެއް " : އިމިގްރޭޝަން

07 އޯގަސްޓު 2025
" އިނގިރޭސިވިލާތުގައި ޖިންސީ ގޯނާގެ މައްސަލަ އެއްގައި ދިވެއްސަކަށް ޙުކުމް ކުރި ކަމަށް ބުނެ ފެތުރެނީ ދޮގެއް "  : އިމިގްރޭޝަން
29 ޖޫން 2025

އިމިގްރޭޝަންގެ ގުދަނަކުން ވައްކަންކުރި ދިވެއްސަކު ހައްޔަރުކޮށްފި

29 ޖޫން 2025
އިމިގްރޭޝަންގެ ގުދަނަކުން ވައްކަންކުރި ދިވެއްސަކު ހައްޔަރުކޮށްފި
13 މެއި 2025

ކުރީގެ ކޮންޓްރޯލާ، ޝަމްއާން ހިމެނޭހެން ފަސް މީހަކަށް ދައުވާ ކުރަން ފޮނުވައިފި

13 މެއި 2025
ކުރީގެ ކޮންޓްރޯލާ، ޝަމްއާން ހިމެނޭހެން ފަސް މީހަކަށް ދައުވާ ކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު